ދެ ވަނަ ޑިވިޝަން ފެށިގެން ކުރިއަށް، މިއަދު ވިކްޓްރީ ކުޅޭނެ

Advertisement

ދެ ވަނަ ޑިވިޝަން ފެށިގެން ކުރިއަށް، މިއަދު ވިކްޓްރީ ކުޅޭނެ

ފަހުމިނެޓް
ވިކްޓްރީގެ ޕްރެކްޓިސް ސެޝަނެއްގައި އަކޫ އާއި އެހެން ބައެއް ކުޅުންތެރިން ބައިވެރިވަނީ. ފޮޓޯ: ސިޑިބަރި

މިދިޔަ ބުދަ ދުވަހު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފެށީގެން ކުރިއަށް ދާއިރު، ވިކްޓްރީ ސްޕޯޓްސް ކްލަބް މިއަހަރު ކުޅޭ ފުރަތަމަ މެޗު މިއަދު ހަވީރު ކުޅޭނެ އެވެ.

ކުރީގެ ކުޅުންތެރިޔާ އަދި ކުރިއަރަމުން އަންނަ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ގެ ކޯޗު ކަމުގައި މުބާރާތަށް ތައްޔާރުވި ވިކްޓްރީގެ ޓީމުގައި، ގައުމީ ޓީމަށް 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ސޮބާއާ އެކު 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ނެގި ޓީމުގައި ހިމެނުނު މުހައްމަދު އުމެއިރު ހިމެނެ އެވެ.

Advertisement

ވިކްޓަރީން ވަނީ މީގެ 10 މަސް ކުރިން، ކޯޗަކަށް ސޮބާ ހަމަޖައްސައި، އަކޫ އާއި އުމެއިރުގެ ސޮއި ހޯދައި، މުބާރާތަށް ތައްޔާރުވާން ފަށައިފަ އެވެ.

ވިކްޓަރީ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު 4 ޖަހާއިރު ނުކުންނާނީ ކްލަބް ޕީކޭއާ ދެކޮޅަށެވެ.

މިއަހަރުގެ ދެ ވަނަ ޑިވިޝަންގައި ޖުމްލަ 15 ޓީމު ވާދަކުރާއިރު، ޓީމުތައް ވަނީ ތިން ގުރޫޕަކަށް ބަހާލައިފަ އެވެ. ވިކްޓަރީ އާއި ޕީކޭ މިއަދު ބައްދަލުކުރާ މެޗަކީ ގުރޫޕް ސީގެ ފުރަތަމަ މެޗެވެ.

އިއްޔެ ވަނީ ގުރޫޕް ބީގެ ފުރަތަމަ މެޗު ކުޅެފަ އެވެ. އެ މެޗުގައި 1-0 އިން ޓެންޓް ސްޕޯޓްސް ކްލަބް ވަނީ ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއެއް ބީޖީގެ މުޒްދާން ހަސަން ފޮނުވާލި ނަމަވެސް ޓެންޓްގެ ކީޕަރު މުހައްމަދު ޝިފާން ދިފާއު ކުރި އެވެ. ޓެންޓް ސްޕޯޓްސްއިން މެޗުގައި ޖެހި ހަމައެކަނި ގޯލު 79 ވަނަ މިނިޓުގައި ޖަހައިދިނީ މުހައްމަދު އަހަދުﷲ އެވެ. މެޗުގެ 87 ވަނަ މިނިޓުގައި ޓެންޓްގެ ފޯވާޑް ހުސެއިން މިފްރާހް ވަހީދަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ބައްދަލުކުރީ މަހިބަދޫ ސްޕޯޓްސް ކްލަބާއި، މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަންގެ ރަނަރަޕް މަސްއޮޑި ސްޕޯޓްސް ކްލަބެވެ. އެ މެޗު 4-0 އިން ކާމިޔާބު ކުރީ މަސްއޮޑި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެޓީމަށް ލީޑު ނަގައިދިނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. މިއީ މިއަހަރު ކްލަބް ވެލެންސިއާ އަށް ސޮއިކުރި ނަމަވެސް އެޓީމުގައި ރަޖިސްޓްރީ ނުކުރެވިގެން ފުރަތަމަ ޑިވިޝަންގައި މިއަހަރު ނުކުޅެވުނު އިއްބެ، މިދިޔަ ސީޒަނަށް ފަހު ގަލޮޅު ދަނޑޫގައި ކުޅުނު ފުރަތަމަ މެޗެވެ.

ދެ ވަނަ ހާފުގައި އިއްބެގެ އެސިސްޓަކުން އެޓީމަށް ލީޑު ފުޅާ ކޮށްދިނީ އަބްދުﷲ ޒިޔާން (ޖަންކީ) އެވެ. އޭގެ މިނިޓެއް ފަހުން ލިބުނު ޕެނަލްޓީއަކުން ތިން ވަނަ ގޯލު ޖަހައިދިނީ ބިދޭސީ ޑިފެންޑަރު އިސްލާމް ގަބާލާ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އެޓީމުގެ ހަތަރުވަނަ ގޯލު ޖަހައިދިނީ ހުސެއިން ޝަރީފް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *