ޔުނައިޓެޑް އަނެއްކާވެސް ބަލިވެއްޖެ، ލިވަޕޫލް އާއި އާސެނަލް އެއްވަރު

Advertisement

ޔުނައިޓެޑް އަނެއްކާވެސް ބަލިވެއްޖެ، ލިވަޕޫލް އާއި އާސެނަލް އެއްވަރު

ފަހުމިނެޓް

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ މެންޗެސްޓާ ޔުނައިޓެޑް ރަށުން ބޭރުގައި 0-2 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވިއިރު ލިވަޕޫލާއި އާސެނަލްގެ ވާދަވެރި ކުރިމަތިލުން 1-1 އިން އެއްވަރުވެއްޖެ އެވެ.

ޔުނައިޓެޑް ކޮޅަށް ވެސްޓް ހޭމްގެ ގޯލުތައް ޖެހީ މެޗުގެ ފަހުކޮޅު އެވެ. ފުރަތަމަ ގޯލު 72 ވަނަ މިނެޓުގައި ޖެރޮޑް ބޮވެން ޖެހިއިރު ދެ ވަނަ ގޯލު އޭގެ ހަ މިނެޓު ފަހުން ޖެހީ މުހައްމަދު ކުޑޫސް އެވެ. މެޗުގައި ޔުނައިޓެޑަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވި އެވެ.

Advertisement

މި ސީޒަނުގައި ޔުނައިޓެޑް ވަނީ ހުރިހާ މުބާރާތެއްގައި މިހާތަނަށް 13 މެޗުން ބަލިވެފަ އެވެ. ޑިސެމްބަރު މަސް ނިމުމުގެ ކުރިން މީގެކުރިން އެހާ ދަށް ރެކޯޑަށް އެޓީމަށް ލިބުނީ 31-1930 ސީޒަނުގަ އެވެ. އެފަހަރު 16 މެޗުން ބަލިވި އެވެ.

ލީގުގައި ޔުނައިޓެޑް މިހާރު އޮތީ 18 މެޗުން ލިބުނު 28 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުގެ ކުރީކޮޅު އާސެނަލް އަށް ލީޑު ނަގައިދިނީ ގެބްރިއަލް މަގަޅޭސް އެވެ. ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު ފުރަތަމަ ހާފުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހް އެވެ.

ދެ ވަނަ ހާފުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތުތައް ލިބުނެވެ. ލިވަޕޫލަށް ލިބުނު ހުސް ފުރުސަތެއްގައި ޓްރެންޓް އަލެކްޒަންޑަ އާނޯލްޑް ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ނިއުކާސަލް ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި ލޫޓަން ޓައުން އަތުން 0-1 އިން ބަލިވެފަ އެވެ. ޓޮޓެންހަމް ވަނީ އަމިއްލަ ދަނޑުގައި އެވަޓަން އަތުން 1-2 އިން މޮޅުވެފަ އެވެ. ބާންލީ ވަނީ ރަށުން ބޭރުގައި ފުލަމް 2-0 އިން ބަލިކޮށްފަ އެވެ.

މިހާރު ލީގުގެ އެއް ވަނައިގައި 40 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލާއި ތިން ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވަނީ 39 ޕޮއިންޓް ލިބިފަ އެވެ. މޮޅާ އެކު ޓޮޓެންހަމް ވަނީ 36 ޕޮއިންޓް ހަމަކޮށް ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *