ބައިކޮޅަށް ގޯލެއް ވެސް ނުވަދެ މިލަންދޫ އަށް ހާއްސަ ޝަރަފެއް

Advertisement

ބައިކޮޅަށް ގޯލެއް ވެސް ނުވަދެ މިލަންދޫ އަށް ހާއްސަ ޝަރަފެއް

ފަހުމިނެޓް
ސަތޭކަ ޕަސެންޓް ރެކޯޑާ އެކު ގްރޫޕް ސްޓޭޖް ނިންމާލުމަށް ފަހު މިލަންދޫ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: މިލަންދޫ ސްޕޯޓްސް ކްލަބް

މިލައުތުރު ފުޓްސަލް މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި މިލަންދޫ އިން ބައިކޮޅަށް އެންމެ ގޯލެއް ވެސް ނުވަދެ ހުރިހާ މެޗެއް ކާމިޔާބުކޮށް ގްރޫޕް ސްޓޭޖް ނިންމާލައިފި އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިލަންދޫ އިން މިއަދު ހަވީރު ވަނީ ނަރުދޫ 0-4 އިން ބަލިކޮށްފަ އެވެ. މެޗުގައި މިލަންދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިސްމާއީލް ފަތުހީ އާއި އަލީ އީނާސްގެ އިތުރުން އިބްރާހީމް ޒާހީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ފަތުހީ ދެ ގޯލު ޖެހި އެވެ.

މިލަންދޫއާ އެކު އެ ގްރޫޕުން ކުއާޓާ ފައިނަލްގެ ޖާގަތައް ކަށަވަރުކުރީ ފުނަދޫ އާއި ޅައިމަގު އަދި ނަރުދޫ އެވެ.

މިލަންދޫ އިން ނަރުދޫ ބަލިކުރި މެޗުގެ ތެރެއިން. ގްރޫޕް ސްޓޭޖުގައި މިލަންދޫ އިން ތަފާތު މޮޅު ކުޅުމެއް ދެއްކި. ފޮޓޯ: މިލަންދޫ ސްޕޯޓްސް ކްލަބް

މިލަންދޫ ގްރޫޕުގެ އެއް ވަނަ ހޯދިއިރު ހަ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ސަތޭކަ އިންސައްތަ ރެކޯޑް އެޓީމުން ހޯދީ ބައިކޮޅަށް ގޯލެއް ނުވަދެ އެވެ. އެއީ މިފަހަރުގެ މުބާރާތުގެ ރެކޯޑެކެވެ.

ގްރޫޕް ސްޓޭޖުގެ ހަ މެޗުގައި މިލަންދޫ އިން 30 ގޯލު ޖެހި އެވެ. އެޓީމުން ހޯދި އެންމެ ބޮޑު މޮޅުގައި ފުރަތަމަ މެޗުގައި ޅައިމަގު 0-7 އިން ބަލިކުރި އެވެ. ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްގައި ވެސް މިލަންދޫ އިން މޮޅު ކުޅުމެއް ދެއްކި އެވެ.

މިއަދު ފުނަދޫ އިން ވަނީ ގްރޫޕް ބީގެ މެޗުތައް ހޯސްޓްކުރި މާއުނގޫދޫ 2-5 އިން ބަލިކޮށްފަ އެވެ. މެޗުގައި ފުނަދޫގެ އަބްދުﷲ ޒަމީން ވަނީ ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އަނެއް ދެ ގޯލު ޖެހީ އަހުމަދު ހަމީޝް އެވެ. މާއުނގޫދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިސްމާއީލް ޝިނާން އާއި ހަސަން ހާއިދު އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޅައިމަގުން ވަނީ 2-3 އިން މަރޮށި ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޅައިމަގު ޓީމުގެ މުހައްމަދު އަލީފް ދެ ގޯލު ޖެހި އެވެ. އެ ޓީމުގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ފަސީލް އެވެ. މަރޮށި ޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް ނިޔާޒް އާއި ޝަހުދީ ޔޫސުފް އެވެ.

ގްރޫޕް ބީގެ މެޗުތައް ނިމުނުއިރު ޓީމުތައް އެތުރިފައިވާ ގޮތް. ފޮޓޯ: މާއުނގޫދޫ ފުޓްސަލް

ގްރޫޕް ބީއިން މިލަންދޫގެ ފަހަތުން ދެ ވަނަ ލިބުނީ އެންމެ ފަހުގެ ޗެމްޕިއަން ފުނަދޫ އަށެވެ. ޅައިމަގު ވަނީ ފަހު މެޗުން މޮޅުވެ ތިން ވަނަ ހޯދައިފަ އެވެ. އެންމެ ފަހުގެ ރަނަރަޕް ނަރުދޫ އަށް ލިބުނީ ހަތަރު ވަނަ އެވެ. އެ ގްރޫޕުން ކެޓީ ކޮމަންޑޫ އާއި މަރޮށި އަދި މެޗުތައް ކުޅުނު މާއުނގޫދޫ އެވެ. ތިން ޕޮއިންޓާ އެކު ފުލަށް ދިޔަ މާއުނގޫ ގްރޫޕް ސްޓޭޖުން ކެޓިއިރު ގެއްލުން 17 ގޯލު އޮތެވެ.

މިއަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދިޔައީ މާއުނގޫދޫގެ އިތުރުން ގޮއިދޫގަ އެވެ. ގޮއިދޫ ގްރޫޕުން ކުއާޓާ ފައިނަލަށް ދަތުރުކުރީ އެރަށުގެ އިތުރުން ފޯކައިދޫ، ކަނޑިތީމު އަދި ފޭދޫ އެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު ގޮއިދޫ އާއި މާއުނގޫދޫގައި ވެސް ފޯރިގަދަ ވާދަވެރި މެޗުތަކެއް ވަނީ ކުޅެފަ އެވެ. ށ. އަތޮޅުގެ ހުރިހާ ރަށަކުން ވާދަކުރި ގްރޫޕް ސްޓޭޖުގައި ޒުވާން ހުނަރުވެރި ކުޅުންތެރިން ވެސް ވަނީ ފާހަގަކުރެވިފަ އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ މުބާރާތް އިންތިޒާމުކުރާ ށ. އަތޮޅު ކައުންސިލެކެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *