ފުނަދޫ، ޅައިމަގު އަދި ނަރުދޫ ކުއާޓާ ފައިނަލަށް
މިލައުތުރު ފުޓްސަލް މުބާރާތުގެ ގްރޫޕް ބީ އިން ކުއާޓާ ފައިނަލުގެ ޖާގަތައް ޗެމްޕިއަން ފުނަދޫ އާއި ރަނަރަޕް ނަރުދޫ އަދި ޅައިމަގުން ހޯދައިފި އެވެ.
ގްރޫޕް އޭގައި މިއަދު އޮންނާނީ ފަހު މެޗުތަކެވެ. އެކަމަކު އޭގެކުރިން އެ ގްރޫޕުން ކުއާޓާ ފައިނަލަށް ދަތުރުކުރާ ހަތަރު ޓީމު ވަނީ ކަށަވަރުވެފަ އެވެ. އެ ތިން ޓީމުގެ އިތުރުން ކުއާޓާ ފައިނަލް ކަށަވަރުކުރީ މިލަންދޫ އެވެ.
ގްރޫޕް ބީގެ މެޗުތައް ހޯސްޓްކުރާ މާއުނގޫދޫ ވަނީ ކަޓައިފަ އެވެ. މާއުނގޫދޫގެ އިތުރުން އެ ގްރޫޕުން ކެޓީ ކޮމަންޑޫ އާއި މަރޮށި އެވެ.
އިއްޔެ ހަވީރު މިލަންދޫ ވަނީ 0-7 އިން މަރޮށި ބަލިކޮށްފަ އެވެ. މުބާރާތުގައި ސަތޭކަ ޕަސެންޓް ރެކޯޑް ދަމަހައްޓަމުން އަންނަ ހަމައެކަނި ޓީމު މޮޅުވި މެޗުގެ މޮޅު ކުޅުންތެރިއަކީ ދެ ގޯލު ޖެހި އިބްރާހީމް ޒާހީ އެވެ.
ޒާހީގެ އިތުރުން ގޯލުތައް ޖެހީ ހެޓްރިކް ހެދި އިބްރާހީމް ސިޔާމް އާއި އިސްމާއީލް ފަތުހީ އަދި އަލީ ސަމޫހު އެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި ފުނަދޫ އާއި ނަރުދޫގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުނަދޫގެ ގޯލު ޖެހީ އަހުމަދު ހަމީޝް އަރީފް އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެސް އޭނާ އެވެ. ނަރުދޫގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަރުޝަދު ރަޝީދު އެވެ.
ކޮމަންޑޫ އިން ވަނީ މޮޅު ކުޅުމެއް ދައްކައި މާއުނގޫދޫ 6-1 އިން ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކޮމަންޑޫގެ އިސްމާއީލް އާޒިމް ހެޓްރިކް ހެދި އެވެ. އަނެއް ގޯލުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިނާޒް އާއި ނާހިޒް އަލީ އެވެ. މެޗުގައި އިނާޒް ދެ ގޯލު ޖެހި އެވެ.
މިއަދު ހަވީރު އޮންނާނީ މިލަންދޫ އާއި ނަރުދޫ ވާދަކުރާ މެޗާއި ފުނަދޫ އާއި މާއުނގޫދޫ ވާދަކުރާ މެޗެވެ. ރޭގަނޑު މަރޮށި ނުކުންނާނީ ޅައިމަގާ ދެކޮޅަށެވެ. ފަހު މެޗުތަކަށް ދާއިރު ކުއާޓާ ފައިނަލުގެ ހަތަރު ޓީމު ކަށަވަރުވެފައިވާތީ ފޯރި ކުޑަވާނެ އެވެ.
މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ މުބާރާތް އިންތިޒާމުކުރާ ށ. އަތޮޅު ކައުންސިލެވެ. އޮފިޝަލް މީޑއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.
Advertisement
Leave a Reply