ގޮއިދޫ އާއި ފޯކައިދޫ އެއްވަރު، ފީވަށް ފުރަތަމަ މޮޅު ހޯދައިފި

Advertisement

ގޮއިދޫ އާއި ފޯކައިދޫ އެއްވަރު، ފީވަށް ފުރަތަމަ މޮޅު ހޯދައިފި

ފަހުމިނެޓް
ފޯކައިދޫ ކޮޅަށް ގޯލު ޖެހުމަށް ފަހު ގޮއިދޫ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ. ވާދަވެރި ދެ ޓީމުގެ މެޗު ނިމުނީ އެއްވަރުވެގެން. ފޮޓޯ: ގޮއިދޫ ފުޓްސަލް ޓީމް

މިލައުތުރު ފުޓްސަލް މުބާރާތުގައި މިއަދު ވާދަވެރި ގޮއިދޫ އާއި ފޯކައިދޫ ވާދަކުރި މެޗު އެއްވަރުވިއިރު ނޫމަރާ ބަލިކޮށް ފީވަކުން މުބާރާތުގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެ އެވެ.

އަމިއްލަ ސަޕޯޓަރުން ކުރިމަތީ ގޮއިދޫ އިން ފޯކައިދޫއާ ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގޮއިދޫ ޓީމުގެ އިބްރާހީމް އަލީ އެވެ.

ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބުނު ފީވަކުން މިއަދު ވަނީ 1-4 އިން ނޫމަރާ ބަލިކޮށްފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ފީވަށް ބަލިވީ ކަނޑިތީމާ ވާދަކޮށެވެ. އެކަމަކު ދެ ވަނަ މެޗުގައި ފޭދޫއާ ވާދަކޮށް އެއްވަރުވީ އެވެ. ފުރަތަމަ މޮޅާ އެކު ކުއާޓާގެ ޖާގައެއް ހޯދުމުގެ އުއްމީދު އެޓީމަށް ވަނީ ލިބިފަ އެވެ.

ނޫމަރާ ބަލިކުރި މެޗުގައި ފީވަކު ކުޅުންތެރިއަކު ބޯޅަ ހިފައިގެން. ފޮޓޯ: ގޮއިދޫ ފުޓްސަލް

ނޫމަރާ އަތުން މޮޅުވި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފީވަކު ޓީމުގެ މުހައްމަދު ފާރިޝް އެވެ.

ގްރޫޕް އޭގައި މިރޭ ކަނޑިތީމުން ވަނީ 2-5 އިން ފޭދޫ ބަލިކޮށްފަ އެވެ.

ގޮއިދޫ އާއި ފޯކައިދޫ އަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެ ގްރޫޕުގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓް ހޯދާފައިވާ ކަނޑިތީމެވެ. ނޫމަރާ އަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު ފީވަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދާފަ އެވެ.

ގޮއިދޫ އާއި ފޯކައިދޫ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ގޮއިދޫ ފުޓްސަލް

ގޮއިދޫގައި ކުރިއަށްދާ ގްރޫޕް އޭގައި މާދަމާ ވެސް ތިން މެޗު ކުޅޭނެ އެވެ. މާދަމާ ކުޅޭނީ ނޫމަރާ އާއި ބިލެތްފަހި ވާދަކުރާ މެޗާއި ކަނޑިތީމާއި ފޯކައިދޫ ވާދަކުރާ މެޗުގެ އިތުރުން ފީވަށް އަދި ގޮއިދޫ ވާދަކުރާ މެޗެވެ.

މިފަހަރުގެ މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. މުބާރާތް އިންތިޒާމުކުރަނީ މެއިން ސްޕޮންސަރގެ ގޮތުގައި ހަމަޖައްސާފައިވާ ށ. އަތޮޅު ކައުންސިލުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *