ކޯލީގެ އުފަންދުވަހު ދުނިޔޭގެ ރެކޯޑަކާ ހަމަކޮށްފި

Advertisement

ކޯލީގެ އުފަންދުވަހު ދުނިޔޭގެ ރެކޯޑަކާ ހަމަކޮށްފި

ފަހުމިނެޓް
ސައުތު އެފްރިކާ މެޗުގައި ކޯލީ އުފާފާޅުކުރަނީ

އިންޑިއާގައި މިވަގުތު ހުރި އެންމެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ އަދި އެގައުމުގެ ކެޕްޓަން ވިރާތު ކޯލީ އޭނާގެ 35 ވަނަ އުފަންދުވަހު ބައިނަލްއަގްވާމީ އެއްދުވަހުގެ ކްރިކެޓްގައި އެންމެ ގިނަ ސެންޗަރީ ހަދާފައިވާ އެ ގައުމުގެ ކުރީގެ ތަރި ސަޗިން ޓެންޑުލްކާރުގެ ރެކޯޑާ ހަމަކޮށްފި އެވެ.

ބައިނަލްއަގްވާމީ އެއްދުވަހުގެ ކްރިކެޓްގައި 49 ސެންޗަރީ ހަމަކޮށްގެން ސަޗިން ޓެންޑުލްކާރު މީގެ ކުރިން ހަދާފައިވާ ރެކޯޑާ ވިރާތު ކޯލީ ހަމަކޮށްފައިވަނީ މިހާރު އިންޑިއާގައި ކުރިއަށްދާ ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާ އާއި ސައުތު އެފްރިކާ ބައްދަލުކުރި މެޗުގަ އެވެ. މި މެޗުގައި ވިރާތު ކޯލީ ވަނީ ނުބައި ނުވެ 121 ބޯޅައިން 101 ލަނޑު ހަދައިފައެވެ.

ކޯލީގެ ކެރިއަރުގައި ބޮޑު ކާމިޔާބެއް ހޯދި މެޗުގައި އިއްޔެ ބައްދަލުކުރި އިންޑިއާ އާއި ސައުތު އެފްރިކާ އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ރަގަޅު ނަތީޖާތައް ހޯދަމުން އަންނަ ދެ ޓީމެވެ. އިންޑިއާ އިން މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާއިރު ސައުތު އެފްރިކާ އިއްޔެގެ މެޗަށް ނުކުތްއިރު ބަލިވެފައި އޮތީ އެންމެ މެޗަކުންނެވެ. އެހެން ނަމަވެސް އިއްޔެގެ މެޗުގައި އެވަރުގެ ދެ ޓީމުގެ ދެމެދުގައި އޮންނަންޖެހޭ ވަރުގެ ވާދަވެރިކަމެއް ނުފެނުނެވެ.

އިއްޔެގެ މެޗުގައި ޓޮސް ދިމާވެގެން އިންޑިއާއިން ގަސްދުކުރީ ކުޅޭށެވެ. އިންޑިއާއިން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި 326 ލަނޑު ހެދިއިރު ނުބައިވީ ފަސް ކުޅުންތެރިންނެވެ. ޖަވާބުގައި ސައުތު އެފްރިކާއިން ކުޅެން އަރާ އެންމެން ނުބައިވެގެން ހެދުނީ އެންމެ 83 ލަނޑެވެ. އޭރު އަދި ބާކީ ނުކުޅެ 22 އޯވަރު އޮތެވެ. މި މެޗުގައި އިންޑިއާއިން އެންމެ މޮޅަށް އުކީ 33 ލަނޑަށް 5 ވިކެޓް ނެގި ޖަޑޭޖާ އެވެ.

ކްރިކެޓް ވޯލްޑް ކަޕްގެ ލީގު ބުރުގައި އިންޑިއާ އާއި ސައުތު އެފްރިކާގެ ފަހަތުން ތިން ވަނައިގައި އޮތީ އޮސްޓްރޭލިއާ އެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް އޮސްޓްރޭލިއާ ވަނީ މޮޅުވެފަ އެވެ. ހަތަރު ވަނައިގައި އޮތީ ނިއު ޒީލެންޑެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *