މުބާރާތްތައް ހުއްޓޭނެ ގޮތަކަށް ތަހުގީގު ބައްޓަމެއް ނުކުރާނެ: ފުލުހުން

Advertisement

މުބާރާތްތައް ހުއްޓޭނެ ގޮތަކަށް ތަހުގީގު ބައްޓަމެއް ނުކުރާނެ: ފުލުހުން

ފަހުމިނެޓް
ލީގު މެޗެއްގައި އީގަލްސްގެ ފޭދޫ އިއްބެ ބޯޅަ ފޮނުވާލަނީ. އެފްއޭއެމްގެ ތަހުގީގާ ގުޅިގެން ލީގު އޮތީ ހުއްޓިފަ. ފޮޓޯ: އެފްއޭއެމް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ގުޅޭ ތަހުގީގެއް ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދިއަޔަސް އެފްއޭއެމް އިން ހިންގާ މުބާރާތްތައް ހުއްޓޭނެ ގޮތަކަށް ތަހުގީގު ބައްޓަން ނުކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ މާލީ މުއާމަލާތްތަކާއި ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް، ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 22 ވަނަ ދުވަހު ފުލުހުން ވަނީ އެ އިދާރާ އަށް ވަދެފަ އެވެ. އަދި، ތަހުގީގުގެ ބޭނުމަށް އެފްއޭއެމްގެ ބައެއް އާލާތްތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

Advertisement

މި މަހުގެ 26 ވަނަ ދުވަހު އެފްއޭއެމް އިން އާއްމުކުރި ނޫސް ބަޔާނުގައި ބުނެފައިވަނީ ތަހުގީގުގެ ބޭނުމަށް ބައެއް ތަކެތި ގެންދިއުމާ އެކު އެފްއޭއެމް އިން ކުރިއަށް ގެންދާ ދިވެހި ޕްރިމިއާ ލީގާއި އެހެނިހެން މުބާރާތްތައް މިވަގުތަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މިއަދު މީޑިއާތަކާ އެފްއޭއެމް އިން ހިއްސާކުރި މެސެޖުގައި ބުނީ ތަހުގީގާ ގުޅިގެން އެފްއޭއެމްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓިފައިވާތީ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކޮށްފައިވާ ކަމަށެވެ. ގާތްގަނޑަކަށް ދެ މަހުގެ މެދުކެނޑުމަކަށް ފަހު ލީގުގެ ކުޅުން އަލުން ފަށާގޮތަށް އޮތީ މިއަދު އެވެ.

“ތަހުގީގެއް ބައްޓަމެއް ނުކުރާނެ މުބާރާތެއް ނުވަތަ އެހެން އެއްވެސް ކަމެއް ހުއްޓޭނެ ގޮތަކަށް” އެފްއޭއެމްގެ މައްސަލައިގެ ތަހުގީގުގައި ހިމެނޭ ފުލުހުންގެ އޮފިޝަލަކު މި ނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މުބާރާތްތައް ކުރިއަށް ނުގެންދެވާ މައްސަލައިގައި އެފްއޭއެމްއާ އެކު މަޝްވަރާތައް ކުރަމުންދާކަމަށެވެ. ފުލުހުންގެ ތަހުގީގާ ގުޅިގެން މުބާރާތެއް ކުރިއަށް ގެންދަން އެފްއޭއެމް އަށް ދަތިވާނަމަ އެކަމެއް އަވަސްކޮށްދެއްވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މުބާރާތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެފްއޭއެމް އިން އަންނަނީ ފުލުހުންނާ މަޝްވަރާކުރަމުންނެވެ.

ލީގުގެ ކުޅުން މިއަދު އަލުން ފަށަން އޮތީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ މެޗުންނެވެ. ލީގު މެޗެއް އެންމެ ފަހުން ކުޅުނީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ. އޭގެފަހުން ކުޅުން މެދުކަނޑާލީ ގައުމީ ފުޓްބޯޅަ ޓީމުގެ މެޗުތަކަށާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އޭއެފްސީ ކަޕްގެ މެޗުތަކަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *

  • ފުރަތަމަ ސުވާލަކީ ރާއްޖޭގައި ތިބުނާ “ލީގެއް” ކުޅޭތޯ. ނޫނީ އެއީ ހަމަ ނަމެއްގަ ކޮށްލާ ކަމެއްތޯ؟ ދިވެހި ފުޓުބޯޅަ އަލުން އިޔާދަ ކުރުމަށް ރައްޔިތުން މަގުމަށްޗަށް މިހާރު ނުކުންނަން ވެއްޖެ. ރާއްޖޭގައި މަގުމަތިން ނޫނީ އެއްވެސް ކަމެއް ނުވޭ ވިއްޔަ