މާޒިޔާގެ ބޮޑު ބައްޔާ އެކު ދިވެހި ފުޓުބޯޅައަށް އިތުރު ފަޅުކަމެއް

Advertisement

މާޒިޔާގެ ބޮޑު ބައްޔާ އެކު ދިވެހި ފުޓުބޯޅައަށް އިތުރު ފަޅުކަމެއް

ފަހުމިނެޓް
އޭއެފްސީ ކަޕްގައި އޮޑީޝާއާ ދެކޮޅަށް މާޒިޔާ ބައްދަލުކުރި މެޗުތެރެއިން. ފޮޓޯ: އޭއެފްސީ

އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ވަނީ ހޯމަ ދުވަހު އިންޑިއާގެ އޮޑީޝާ އެފްސީއާ ވާދަކޮށް 6-1 އިން ބަލިވެފަ އެވެ.

މިއަހަރު މުޅިން އަލަށް އޭއެފްސީ ކަޕްގައި ވާދަކުރަމުން އަންނަ އޮޑީޝާ، މުބާރާތުގެ ތާރީހުގައި ހޯދި ފުރަތަމަ މޮޅު ވެގެން ދިޔައީ މާޒިޔާއަށް މުބާރާތުގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ބައްޔަށެވެ.

Advertisement

އޭއެފްސީ ކަޕްގައި 2013 އިން ފެށިގެން ކުޅެމުން އަންނަ މާޒިޔާ މީގެ ކުރިން މުބާރާތުގައި އެންމެ ބޮޑު ބައްޔެއް ވީ 2014 އަދި 2021 ވަނަ އަހަރު އެވެ.

2014 އޭއެފްސީ ކަޕްގައި މާޒިޔާ 5-1 އިން ހަނޯއީ ޓީ އެންޑް ޓީ އަތުން ބަލިވި މެޗުގެ ތެރެއިން.

ވިއެޓްނާމްގެ ހަނޯއީ ގައި، ހަ ނޯއީ ޓީ އެންޑް ޓީ އާ 2014 ވަނަ އަހަރު ކުޅުނު މެޗުން 5-1 އިން މާޒިޔާ ބަލިވި އިރު، 2021 ވަނަ އަހަރު މާލޭގައި ސެންޓްރަލައިޒްޑް ކޮށް ކުޅުނު ގުރޫޕް ސްޓޭޖުގައި އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ވަނީ 6-2 އިން ބަލިވެފަ އެވެ. ދެ މެޗުން ވެސް ބަލިވީ ހަތަރު ގޯލުގެ ތަފާތުންނެވެ. ނަމަވެސް އޮޑީޝާ ވަނީ ފަސް ގޯލުގެ ތަފާތުން މާޒިޔާ ބަލިކޮށް، ތާރީހީ މޮޅެއް ހޯދައިފަ އެވެ.

ގައުމީ ޓީމުގެ މެޖޯރިޓީ ކުޅުންތެރިން ތިބީ މާޒިޔާގަ އެވެ. ހަމަ އެއާ އެކު އޭއެފްސީ ކަޕްގައި ބިދޭސީ ހަ ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު އޮތުމާ އެކު ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ވަނީ ރާއްޖޭގެ ކްލަބްތަކުގައި އެ އަދަދަށް ބިދޭސީ ކުޅުންތެރިން ހިމަނަން ފުރުސަތު ދީފަ އެވެ.

މާޒިޔާ މި ސީޒަނާ ކުރިމަތިލީ އޭއެފްސީ ކަޕްގައި ނަތީޖާ ރަނގަޅު ކުރަން ބިދޭސީ ކުޅުންތެރިންގެ ސްލޮޓްތައް ވެސް ހަމަކޮށްގެންނެވެ. ސީޒަން ފެށިއިރު ގެނައި ކޯޗު އިވާން ވެންކޯވް ކޮލޭވް ހަމަޖެއްސިތާ ހަތަރު މަސް ނުވެ، އޭނާ މަގާމުން ވަކިކޮށް އޭއެފްސީ ކަޕަށް ޓީމު ތައްޔާރުވީ ބޮސްނިއާގެ މިލޯމިރް ސެސިލިއާ (މިލޯ) އާއެކު އެވެ.

2021 އޭއެފްސީ ކަޕް ގައި ބެންގަލޫރު އަތުން 6-2 އިން މާޒިޔާ ބަލިވި މެޗު ތެރެއިން. ފޮޓޯ: ބެންގަލޫރު އެފްސީ

އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ބަށުންދަރާ ކިންގްސް 3-1 އިން ގަލޮޅު ދަނޑުގައި ބަލި ކުރި ނަމަވެސް، އިންޑިއާގައި ކުޅުނު ދެ މެޗުން ބަލިވީ އެވެ. ވަރުގަދަ މޯހަން ބަގާނާ ދެކޮޅަށް ކޮލްކަތާގައި ކުޅުނު މެޗުން 2-1 އިން ބަލިވި ނަމަވެސް ބުބަނޭޝްވަރުގައި އޮޑީޝާ އަތުން ވީ ބޮޑު ބައްޔެކެވެ. އޮޑީޝާ އަތް ދަށުވުމުން މާޒިޔާ އަށް ވަނީ ގުރޫޕްގެ އެއްވަނަ ހޯދައިގެން ނޮކައުޓް ބުރަށް ދިޔުމުގެ ފުރުސަތު ވެސް ހަނިވެފަ އެވެ.

އޮޑީޝާއާ ދެކޮޅަށް މާޒިޔާ ކުޅުނު ދުވަހުގެ ރޭ މި ގުރޫޕުގައި ހިމެނޭ މޯހަން ބަގާނާއި ބަޝުންދަރާ ކިންގްސް ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ. އެއްވަނައިގައި މޯހަން ބަގާން އޮތީ ހަތް ޕޮއިންތް ހޯދައިގެންނެވެ. ހަތަރު ޕޮއިންޓާ އެކު ބަޝުންދަރާ ކިންގްސް ދެވަނައިގައި އޮތްއިރު، އޮޑީޝާ އާއި މާޒިޔާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ގޯލުގެ ތަފާތުން ކުރީގައި އޮތީ އޮޑީޝާ އެވެ. ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ތިން މެޗު އޮެފައި، އަނެއް ބުރަށް ދާނީ އެއްވަނަ ޓީމެވެ.

ވޯލްޑް ކަޕްކޮލިފައިން ޕްރިލިމިނަރީގައި ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ފާހަގަ ކުރި ފަދައިން ގައުމީ ޓީމު ބަރޯސާ ވަނީ މާޒިޔާ އަށެވެ. ކޮލިފައިންގައި ގައުމީ ޓީމު ބަންގްލަދޭޝް އަތުން ބަލިވެގެން ކުރިއަކަށް ނުދެވުނެވެ. އޭޝިއަން ކަޕްގައި ދެކުނު އޭޝިއާ ސަރަހައްދުގެ ގުރޫޕްގައި ގައުމު ތަމްސީލު ކުރާ މާޒިޔާ އަށް ވަނީ ކުރިއަށް ދާން އޮތް މަގު ގާތްގަނޑަކަށް ބަންދު ވެފަ އެވެ. އެހެންވެ ސަޕޯޓަރުން އިތުރަށް އުންމީދު ކުރާނެ ކަމެއް ނެތެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *

  • ދިވެހި ފުޓުބޯޅާގައި ނާކާމިޔާބު ނޫން އެހެން ވާހަކައެއް ދެއްކޭކަށް ނެތް. މި ކަމަށް ޙައްލެއް ބޭނުންވޭ. ދިވެހި ރައްޔިތުން މަގުމައްޗަށް ނުކުމުގެންވެސް މިކަން ރަނގަޅު ކުރަން ވެއްޖެ. ކުޅިވަރަށާއި ފުޓުބޯޅައަށް އެތައް މިލިޔަން ރުފިޔާ އަހަރެމެން ނިކަމެތި ރައްތިޔުންގެ ފައިސާ އިން ޚަރަދުކޮށް، އެތުލީޓުންނާއި ހަވާލުވެގެން އުޅޭ ސިޔާސީ މީހުން އުޅެނީ މަޖާ ނެގުމުގަ