އޮސްޓްރޭލިއާ މުބާރާތެއްގެ ސެމީ ފައިނަލްގައި ނަބާހާ މިއަދު ވާދަކުރަނީ

Advertisement

އޮސްޓްރޭލިއާ މުބާރާތެއްގެ ސެމީ ފައިނަލްގައި ނަބާހާ މިއަދު ވާދަކުރަނީ

ޢަބްދުﷲ އަޝްރަފް
ނަބާ އޭޝިއަން ގޭމްސްގެ މެޗެއްގެ ތެރެއިން. ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ސިޑްނީ އިންޓަނޭޝަނަލް 2023 ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ބައިގެ ސެމީ ފައިނަލުން ރާއްޖޭގެ އެއްވަނަ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ (ނަބާ) ޖާގަ ހޯދައިފިއެވެ.

މިއަހަރުގެ އޯގަސްޓް މަހު މަޑަގަސްކަރައިގައި އޮތް އިންޑިއަން އައިލެންޑް ގޭމްސްގެ އެންހެން ސިންގަލްސް އިން ރިހި މެޑަލް ހޯދި ނަބާހާ އޮސްޓްރޭލިއާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ މުބާރާތުގެ ކުއާޓާ ފައިނަލްގައި އޮސްޓްރޭލިއާގެ ކާއި ކީއާ އާ ވާދަކޮށް 2 ސެޓް 1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

Advertisement

މެޗު ނަބާހާ ކާމިޔާބުކުރީ ފުރަތަމަ ސެޓް 17-21 އިން އޮސްޓްރޭލިއާގެ ކުޅުންތެރިޔާ ގެންގޮސްފައި ވަނިކޮށެވެ. ވާދަވެރި ކުޅުމެއް ފެނުނު އެ މެޗު ނަބާހާ އަނބުރާލީ ފަހު ދެ ސެޓް 20-22 އަދި 21-12 އިން ކާމިޔާބުކޮށްގެންނެވެ. އެ މެޗުގައި ނަބާހާއާ ވާދަކުރި އޮސްޓްރޭލިއާގެ ކުޅުންތެރިޔާއަކީ މި މުބާރާތުގެ އަންހެން ސިންގަލްސްގައި ދެ ވަނައަށް ރޭންކްކޮށްފައިވާ ކުޅުންތެރިޔާ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ނަބާހާ ވާދަކުރާނީ ދެ ވަނައަށް ސީޑްކޮށްފައިވާ އޮސްޓްރޭލިޔާގެ ޝައުނާ ލީ އާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ރާއްޖެ ގަޑިން މެންދުރުގެ ވަގުތެއްގަ އެވެ.

ނަބާހާ ވަނީ ދާދިފަހުން އޮސްޓްރޭލިއާގައި ކުރިއަށްދިޔަ އެހެން އެހެން މުބާރާތެއްގައި ވެސް ވާދަކޮށްފަ އެވެ. “އޮނެކްސް ބެންޑިގޯ އިންޓަނޭޝަނަލް” ނަމުގައި ކުރިއަށްދިޔަ އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ނަބާހާ ވަނީ ކުޅެފައެވެ.

ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައިވާ ނަބާހާ އަކީ މިވަގުތު ދުނިޔޭގެ އަންހެން ބެޑްމިންޓަން ރޭންކިންގެ 122 ވަނައިގައި ހުރި ކުޅުންތެރިޔާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *