ފާޑުނުކިޔާ، އަސްލު ވީގޮތަކީ މިއީ

Advertisement

ފާޑުނުކިޔާ، އަސްލު ވީގޮތަކީ މިއީ

ފަހުމިނެޓް
ޗޯޓު ގޯލުޖެހުމަށް ފަހު އުފާފާޅުކުރަނީ. އޭނާގެ ސޯޓު ނަންބަރާއި ޖޯޒީ ނަންބަރު ދިމާނުވާކަން އެނގުނީ އެހިސާބުން. ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، މިދުވަސްވަރު ފުޓްބޯޅައިން ފެންނަ ގިނަ ކަންކަމަށް އާއްމުންގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. އޭގެ އެއް ސަބަބަކީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މާލީ އަނދަވަޅަކަށް ވެއްޓި، ހިންގުން ދޯދިޔާވެ، ފުޓްބޯޅައިން ރަނގަޅު އެއްވެސް ކަމެއް ފެންނަން ނެތުމެވެ.

ރާއްޖޭގެ ކްލަބް ފުޓްބޯޅައިގެ ދިރުމެއް ނެތްއިރު ގައުމީ ފުޓްބޯޅަ ޓީމުގެ ނަތީޖާތަކަށް ވެސް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފް ފުރަތަމަ ލެގްގެ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭގެ ޓީމު އަމިއްލަ ދަނޑުގައި 1-1 އިން އެއްވަރު މެޗާ އެކު ވެސް ފެނުނީ އެމަންޒަރެވެ.

އެ މެޗުން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ ރާއްޖޭގެ ހަމައެކަނި ގޯލު ޖެހި ހަސަން ނަޒީމް (ޗޯޓް) ލައިގެންހުރި ސޯޓާއި ޖާޒީގައި ތަފާތު ދެ ނަންބަރެއް އިނުމެވެ. ސޯޓުގައި ނަންބަރު 14 އިންއިރު ޖާޒީގައި އިނީ 15 އެވެ. ޗޯޓު ދެ ނަންބަރެއްގައި ކުޅުނުކަން ފާހަގަވީ ގޯލަށް ފަހު އުފާފާޅުކުރަނިކޮށް ނަގާފައި ހުރި ފޮޓޯތައް އާއްމުވުމުންނެވެ. އުއްމީދީ ކުޅުންތެރިޔާ ޖެހި މުހިއްމު ގޯލުގެ އުފާވެރިކަން ފަރުދާގެ ފުރަގަހަށް ދިޔައީ އެހިސާބުންނެވެ. އެކަމުގައި ގިނަ ބަޔަކު ފާޑުކިޔަމުން އަންނަނީ އެފްއޭއެމް އަށެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ނުކުތް ރާއްޖޭގެ ޓީމު. މެޗުގައި ޗޯޓު ގޯލު ޖެހީ ބެންޗުން ކުޅެން އަރައި. ފޮޓޯ: އެފްއޭއެމް

އެކަމާއި ގުޅިގެން އެފްއޭއެމުން ބުނީ ޗޯޓު ދެ ނަންބަރެއްގައި ފެނުނީ ކުޅުންތެރިޔާ އަށް އެރި އޮޅުމަކުން ކަމަށެވެ. ޗޯޓުގެ ސޯޓުގައި އިން 14 ނަންބަރަކީ މާޒިޔާގައި އޭނާ ބޭނުންކުރާ ނަންބަރެވެ. އެކަމަކު ގައުމީ ޓީމުން ޗޯޓު އަށް ލިބުނީ ނަންބަރު 15 އެވެ. އެކަމާއި ގުޅިގެން މައްސަލައެއް ދިމާނުވާ ކަމަށާއި، މެޗު އޮފިޝަލުންނަށް ވެސް އެކަން ފާހަގަނުވާކަމަށް އެފްއޭއެމުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނެފައިވެ އެވެ.

ކޮންމެއަކަސް ޗޯޓު އަށް ދިމާވި ހާދިސާއަކީ ފުޓްބޯޅައިގެ ތާރީހުގައި މީގެކުރިން ވެސް ފެނިފައިވާ ކަންކަމެވެ. މާ ދުރުނޫން ތާރީހަކަށް ޖެހިލާއިރު ރާއްޖޭގައި 2021 ވަނަ އަހަރު ކުޅުނު ސާފް ޗެމްޕިއަންޝިޕުން ވެސް އެ މަންޒަރު ފެނުނެވެ. ސްރީ ލަންކާ އާއި ބަންގްލަދޭޝް ކުޅުނު މެޗުގައި، ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ކުޅެން އެރި ޖާޒީ ނަންބަރާއި ސޯޓުގެ ނަންބަރު ހުރީ ތަފާތުކޮށެވެ. ޖާޒީގައި ހަ ނަންބަރު އިންއިރު ސޯޓުގައި އިނީ ނަންބަރު ފަހެކެވެ. މެޗު ތެރެއިން އެކަން ފާހަގަވުމުން ޖަމާލް ވަނީ ސޯޓުގެ ނަންބަރު ފަހުން ބަދަލުކޮށްފަ އެވެ.

2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް. އެ މެޗުގައި ޖާޒީ ނަންބަރާއި ސޯޓު ނަންބަރު އޮޅުނު

ޗޯޓުއަށް ދިމާވި ހާލަތާއި ގުޅިގެން ސޯޝަލް މީޑީއާގެ ޕްލެޓްފޯމްތަކުގައި ހޫނު ބަހުސްތަކެއް ދިޔައެވެ.

“މިއީ ބައްސާމް ނޫނީ އެފްއޭއެމްގެ މައްސަލައެއް ނޫން. މެޗު އޮފިޝަލުންނަށް އެކަން ނޭނގި އޮތުން އެއީ މައްސަލައެއް. މެޗު އޮފިޝަލުން ހަމަޖައްސަނީ އޭއެފްސީ އިން” ސީދާ އެފްއޭއެމަށް ފާޑުކިޔަން ފެށުމުން ސޯޝަލް މީޑިއާގައި މީހަކު އާއްމުކުރި މެސެޖުގައި ބުނެފައިވެ އެވެ.

ރައްދުގައި ބައެއް ސަޕޯޓަރުންގެ ސުވާލު އުފެއްދީ މެޗު އޮފިޝަލުން މޮނިޓަރ ކުރުމާއި މެޗު ތެރޭގައި ހިނގާ ކަންކަން މޮނިޓަރ ކުރުމުގެ އެއްވެސް ދައުރެއް އެފްއޭއެމްގެ ނެތީތޯ ކަމަށް ބުނެ އެވެ.

“އެއީ ޗޭންޖިން ރޫމްގަ ތަކެތި ބެހެއްޓި އިރު އޮޅުވާލާފަ. ކުޅުންތެރިޔާ ބަލާނީ ޖާޒީ ނަންބަރަށް. މައްސަލައަކީ އެޔެއް ނޫން. މައްސަލައަކީ ގައުމީ ޓީމު މޮޅުނުވާތީ” ސަޕޯޓަރަކު ބުނެފައިވެ އެވެ.

ކޮންމެއަކަސް ޗޯޓު އަށް ދިމާވި ބަދުނަސީބު ހާލަތަކީ އޭނާ އަށް އެރި އޮޅުމެކެވެ. އެކަމުގައި އެއްވެސް ސަޕޯޓަރަކު އޭނާ ގޯހެއް ނުކުރެ އެވެ. ސަޕޯޓަރުން ނުތަނަވަސްވީ ފުޓްބޯޅައިގެ ދަށް ހާލަތުގައި ވެސް މޮޅަކަށް ބޭނުންވެފައި ވަނިކޮށް ރާއްޖެ އަށް އެކަން ނުވީމަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *

  • މީގެ ޒިންމާނަގަންޖެހޭ ވަރަށްގިނަ ފަރާތްއެބަވޭ. ހަމައެކަނި އެފްއޭއެމްއެއްވެސްނޫން. އޭގެތެރޭގައި ފާހަގަކޮށްލަން މީޑިއާ، ދިވެހިންނަކީ މާމޮޅުބައެއްކަމަށް ދެއްކިދެއްކީނުންގޮސް އެންމެން އެމަޅީގައިޖެހި ބޫޓާނުކަހަލަ ދުނިޔޭގެ އެންމެ ދަށްފަންތީގެ ޓީމަކަށް މިހާރު ދިވެިރާއްޖެ މިއޮތީވެފައި.

  • ބެލި ބެލުމުން އަހަރެންގެ ޚިޔާލު ނަމްމަރު7 ޖަހާފައިވާ ޖާޒީ ލައިގެން ހުރި ކުޅުންތެރިޔާ މުހިންމުވެފައި ވާތަން ޓީމުން ފެނުނެވެ.
    އެއަށްވުރެން ރަނގަޅު ކުޅުންތެރިން ދިވެހިޓީމުގައި ތިބޭނެކަން ޔަޤީނެވެ.