މާލެ ޒޯންގެ ފައިނަލްގައި މާފަންނު އާއި ވިލިމާލެ

Advertisement

މާލެ ޒޯންގެ ފައިނަލްގައި މާފަންނު އާއި ވިލިމާލެ

ފަހުމިނެޓް
ރޭ މާފަންނު އާއި ވިލިމާލެ ވާދަކުރި މެޗުގެ ތެރެއިން. - ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ސޯނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މާލެ ޒޯންގެ ފައިނަލަށް މާފަންނު އާއި ވިލިމާލެ ދަތުރުކޮށްފި އެވެ.

މާލޭ ޒޯންގައި ރޭ މާފަންނު އާއި ވިލިމާލެ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މަންޗަންގޯޅިން ވަނީ 7-0 އިން ހުޅުމާލެ ބަލިކޮށްފަ އެވެ. މާލެ ޒޯން ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ފަސް ޕޮއިންޓާ އެކު ހޯދީ މާފަންނު އާއި ވިލިމާލެ އެވެ. ތިން ވަނަ ލިބުނީ ހަތަރު ޕޮއިންޓް ހޯދި މަންޗަންގޯޅި އަށެވެ. ފުލަށް ދިޔަ ހުޅުމާލެ އަށް ލިބުނީ އެއް ޕޮއިންޓެވެ.

Advertisement

ރޭ ވިލިމާލޭގެ ލަނޑުތައް ޖަހައިދިނީ އަހުމަދު ވަޖީހު (ވައްޖެ) އާއި އަލީ ޝިޔާހު (ޝިޔަޅޭ) އެވެ. މާފަންނުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހުސައިން ސުހެއިލް (ސޮކޭ) އާއި މުހައްމަދު ޔަފާހު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޝިޔާހު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ވިލިމާލެ ޓީމުގެ ޝިޔާހް. ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

މާލެ ޒޯންގެ އަނެއް މެޗުގައި ރޭ ކުޅުނީ ޒޯން ފައިނަލުން ފުރުސަތު ގެއްލުނު މަންޗަންގޯޅި އާއި ހުޅުމާލެ އެވެ. މެޗުގައި މަންޗަންގޯޅީގެ ގޯލުތައް ކާމިޔާބުކޮށްދިނީ ދެ ގޯލު ޖެހި ހުސައިން ސަވީލް އާއި މުހައްމަދު ޝާހު، އިސްމާއީލް ޒާން އާމިރު، މުހައްމަދު ފާރިޝް އާދަމް، ރިލްވާން ވަހީދު އަދި ހުސައިން ޝާވިން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރިލްވާން އެވެ.

ޒޯން ބުރަށް ދަތުރުކުރި މާފަންނު ވަނީ 2018 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. މާލެ ޒޯނުން ހެންވޭރު ވަނީ 2017 ވަނަ އަހަރު ޗެމްޕިއަންކަން ހޯދާފަ އެވެ. އެކަމަކު މިހާރު އެޓީމު މުބާރާތުގައި ވާދަނުކުރެ އެވެ.

މާލެ ޒޯންގެ ފައިނަލަށް ދަތުރުކުރި ދެ ޓީމުގައި ވެސް ފުޓްސަލްގެ މަޝްހޫރު ކުޅުންތެރިން ހިމެނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *