ށ. ކަނޑިތީމު އަތޮޅު ސެމީ އިން ޖާގަ ހޯދައިފި
މިހާރު ކުރިއަށްދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ށ. އަތޮޅު ސެމީ ފައިނަލުގެ ޖާގައެއް މިދިޔަ އަހަރު އަތޮޅު ޗެމްޕިއަންކަން ހޯދި ށ. ކަނޑިތީމުން ހޯދައިފި އެވެ.
ށ. އަތޮޅު ގްރޫޕް އެކެއްގައި ރޭ ކަނޑިތީމު ކުޅުނު މެޗުގައި މަރޮށި އަތުން މޮޅުވީ 6-2 އިންނެވެ. ގްރޫޕް އެކެއްގެ އަނެއް މެޗުގައި މިލަންދޫއާ ވާދަކޮށް ބިލެތްފަހި ވަނީ 4-2 އިން މޮޅުވެފަ އެވެ. ކަނޑިތީމު ވަނީ ގްރޫޕުގެ ފުރަތަމަ މެޗުން ވެސް މޮޅުވެފަ އެވެ.
ކަނޑިތީމުގެ އިތުރުން ގއ. އަތޮޅު ސެމީ އިން އެ އަތޮޅު ކަނޑުހުޅުދޫ އާއި ދެއްވަދޫ ވަނީ ފުރުސަތު ހޯދާފަ އެވެ. ގްރޫޕް ދޭއްގައި ރޭ ކަނޑުހުޅުދޫ މޮޅުވީ ނިލަންދޫއާ ވާދަކޮށް 5-1 އިންނެވެ. މި ގްރޫޕުގައި ދެން ކުޅުނު މެޗުގައި ކޮނޑޭ އާއި ދާއްދޫ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ދެއްވަދޫ ސެމީގެ ޖާގައެއް ކަށަވަރުކުރީ ވިލިނގިލި 2-0 އިން ބަލިކޮށްގެންނެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ގެމަނަފުއްޓާ މާމެންދޫ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ދެއްވަދޫ ސެމީގެ ޖާގައެއް ކަށަވަރުކުރީ ފުރަތަމަ ދެމެޗުން މޮޅުވެގެންނެވެ.
އިއްޔެ ކުޅުނު އއ. އަތޮޅުގެ މެޗުތަކުގެ ތެރެއިން މަތިވެރި އާއި ބޮޑުފޮޅުދޫގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެ އަތޮޅުގެ އަނެއް މެޗުގައި ރަސްދޫ އާއި ތޮއްޑޫގެ މެޗު ނިމުނީ 2-2 އިންނެވެ.
އދ. މަހިބަދޫ ވަނީ 4-0 އިން ފެންފުށި ބަލިކޮށްފަ އެވެ. މަހިބަދޫ ގްރޫޕުގައި ހިމެނޭ ހަންޏާމީދޫ އާއި ދަނގެތި ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ރޭ ކުޅުނު ރ. އަތޮޅު ބުރުގެ މެޗުތަކުން މޮޅުވީ އަލިފުއްޓާއި އިނގުރައިދޫ އެވެ. މެދުކެނޑުމަކަށް ފަހު މުބާރާތުގައި ވާދަކުރަމުން އަންނަ އަލިފުށި ރޭ މޮޅުވީ އިންނަމާދޫއާ ވާދަކޮށް 5-1 އިންނެވެ. އަލީ ހާފިޒް (ހާއްޕެ) ނިސްބަތްވާ އިނގުރައިދޫ ވަނީ ރޭ މީދޫއާ ވާދަކޮށް 7-1 އިން މޮޅުވެފަ އެވެ.
މުބާރާތުގައި މިރޭ ވެސް 8 މެޗު ކުޅޭނެ އެވެ. އޭގެތެރޭގައި ހިމެނެނީ ހދ. އަތޮޅު ގްރޫޕް ސްޓޭޖުގެ ހަތަރު މެޗާއި ހއ. އަތޮޅުގެ ކުއާޓާ ފައިނަލް މެޗުތަކެވެ.
Advertisement
Leave a Reply