ގޯލްޑަން ފުޓްސަލް ޗެލެންޖް: ޗެމްޕިއަން ތިމަރަފުށި ފެށީ ބޮޑު މޮޅަކުން

Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: ޗެމްޕިއަން ތިމަރަފުށި ފެށީ ބޮޑު މޮޅަކުން

ޢަލީ ޝަހީމް
ތ. ތިމަރަފުއްޓާ ދެކޮޅަށް ތ. ބުރުނި ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ތ. ތިމަރަފުށިން މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ތ. ބުރުނި އަތުން 8-1 އިން ހޯދީ ބޮޑު މޮޅާއެކު ފަށައިފިއެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ތިމަރަފުށިން ޖެހި 8 ލަނޑުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިބްރާހިމް ހަމްދާން ފަސް ގޯލްޖެހިއިރު، އަލީ ޝިފާއު (ރޮނާ) ދެ ލަނޑުޖެހިއެވެ. އަނެއް ލަނޑުޖަހައިދިނީ ކެޕްޓަން އިބްރާހިމް ސިނާހު އެވެ. ބުރުނީގެ ހަމައެކަނި ލަނޑުޖަހައިދިނީ މުހައްމަދު ސަލީމް އެވެ.

Advertisement

އެންމެ ފަހުގެ މުބާރާތުގެ ރަނަރަޕް އަދި މިއަހަރު މުޅިން އަލަށް ބޭއްވި ޗެރިޓީ ޝީލްޑްގެ ޗެމްޕިއަންކަން ހޯދީ ކ. ގާފަރުން ވަނީ އިއްޔެ ކުޅުނު މެޗުގައި ކ. ގުރައިދޫ އަތުން 2-1 އިން ހޯދީ މޮޅާއެކު އަތޮޅު ބުރުގެ ސެމީން ޖާގަ ހޯދައިފައެވެ. މި މެޗުގައި ގާފަރުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް ރިމާހު (ރިމޭ) އާއި އަލީ މާއިސް (މައްޓު) އެވެ. ގުރައިދޫން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މުހައްމަދު މުސްއަފް އިބްރާހިމް އެވެ.

ކ. އަތޮޅުގެ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ކ. ތުލުސްދޫ އަތުން 6-1 ގެ ނަތީޖާއަކުން ހޯދީ ބޮޑު މޮޅާއެކު ކ. ދިއްފުށި ވަނީ ސެމީ އަށް ދަތުރުކޮށްފައެވެ. ކ. ހިންމަފުށި އަތުން ކ. މާފުށި މޮޅުވީ 2-1 އިންނެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށްފަހު ހއ. އަތޮޅުގެ ތިން ގްރޫޕުގެ ކުޅުން ވަނީ ނިމި، ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތައް ވަނީ ކަށަވަރުވެފައެވެ. އެއީ، ގްރޫޕް އެކަކުން؛ ކެލާ، ބާރަށް އަދި މާރަންދޫ އެވެ. ދެވަނަ ގްރޫޕުން ވަށަފަރާއި އުތީމު އަދި ހޯރަފުށި އެވެ. ގްރޫޕު ތިނަކުން؛ ދިއްދޫ އާއި ފިއްލަދޫ އަދި މުރައިދޫ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ހއ. ކެލާ އިން 2-1 އިން ހއ. ތުރާކުނު ބަލިކުރިއިރު، ހއ. މާރަންދޫން ވަނީ 3-2 އިން ހއ. ބާރަށުގެ މައްޗަށް ކުރިހޯދާފައެވެ. ހއ. ހޯރަފުށްޓާއި ދެކޮޅަށް ހއ. އިހަވަންދޫ ކުޅުނު މެޗު 2-2 އިން އެއްވަރުވެގެން ނިމުނުއިރު، ހއ. މުރައިދޫއާ ހއ. ދިއްދޫ ބައްދަލުކުރި މެޗު ނިމުނީ ވެސް ހަމަ އެނަތީޖާއިންނެވެ. ހއ. ފިއްލަދޫން ވަނީ 3-2 އިން ހއ. ތަކަންދޫ ބަލިކޮށްފައެވެ.

މ. އަތޮޅުގެ މެޗުތަކަށް ބަލާއިރު، މ. ނާލާފުށިން 4-1 ގެ ނަތީޖާއަކުން މުލަކު ބަލިކުރިއިރު، މ. ދިއްގަރުގެ މައްޗަށް މ. ކޮޅުފުށިން ކުރިހޯދީ 3-2 އިންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *