ބާވީސް އަހަރަށް ފަހު އިނިއެސްޓާ، ބާސެލޯނާ ދޫކޮށްލަން ނިންމައިފި

Advertisement

ބާވީސް އަހަރަށް ފަހު އިނިއެސްޓާ، ބާސެލޯނާ ދޫކޮށްލަން ނިންމައިފި

ޢަލީ ޝަހީމް

ސްޕެއިންގެ ބާސެލޯނާއަށް ކުޅޭ ހުނަރުވެރި މިޑްފީލްޑަރ އެންދްރެސް އިނިއެސްޓާ 22 އަހަރަށް ފަހު އެކްލަބް ދޫކޮށްލަން ނިންމައިފި އެވެ. ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އިނިއެސްޓާ ބާސެލޯނާ ދޫކޮށްލި ނަމަވެސް ކުޅޭނެ ވަކި ކްލަބެއް އަދި ނުނިންމައެވެ.

ބާސެލޯނާ ދޫކޮށްލުމާ ގުޅޭގޮތުން ބޭއްވި ނޫސް ކޮންފަރެންސްގައި އޭނާ ބުނީ، ބާސެލޯނާއާ ދެކޮޅަށް ކުޅެން ބޭނުންނުވާތީ ޔޫރަޕްގެ އެއްވެސް ޓީމަކުން އަންނަ ސީޒަނުގައި ނުފެންނާނެ ކަމަށެވެ. މި ނޫސް ކޮންފަރެންސް ގައި އިނިއެއްސްޓާގެ އާއިލާގެ އިތުރުން ކުޅުންތެރިންނާއި ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑަ ވެސް ވަނީ ބައިވެރި ވެފައެވެ.

Advertisement

” އަހަރެން ބާސެލޯނާއާ ދެކޮޅަކަށް ނުކުޅޭނަން. އެހެންވީމަ ޔޫރަޕުން އަހަރެން ނުފެންނާނެ. އަދިވެސް ބައިވަރު ކަންކަމާ ވާހަކަ ދައްކަން އެބަހުރި. މި ސީޒަން ނިމުން ކުޅޭނެ ކްލަބެއް އެނގޭނެ” ފުރަތަމަ ފަހަރަށް ސްޕެއިން އިން ވޯލްޑްކަޕް ހޯދި ލަނޑު 2010 ވަނަ އަހަރު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާ ބުންޏެވެ.

“އަހަރެންގެ މުޅި ދިރިއުޅުން ހޭދަކުރި ތަނަކާ ވަކިވުމަކީ އުނދަގޫކަމެއް. ވަރަށް ގިނަ މީހުންނާ ވާހަކަ ދެއްކިން. ކުޅުންތެރިން. ކޯޗުން. އަހަންނަށް އެނގޭ އެމީހުން ބޭނުންވާ ގޮތް. އެކަމު އަހަރެން މަސައްކަތް ކުރީ އަމިއްލަ ނަފްސަށާ ކްލަބަށް ތެދުވެރިވާން” އުމުރުން 12 އަހަރުން ފެށިގެން ބާސެލޯނާގެ އެކި އުމުރުފުރާ ތަކަށް ކުޅެފައިވާ އިނިއެސްޓާ ބުންޏެވެ.

އުމުރުން 33 އަހަރުގެ އިނިއެސްޓާ ވަނީ 16 ސީޒަނުގައި ބާސެލޯނާއަށް 669 މެޗު ކުޅެދީފައެވެ. މި މުއްދަތުގައި އެޓީމާއެކު 31 ތަށި ހޯދިއިރު 2010 ވަނަ އަހަރު އޭނާ ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. މީގެ އިތުރުން ސްޕެއިން އާއެކު އޭނާ ވަނީ 2008 އާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން 2010 ވަނަ އަހަރުގެ ވޯލްޑްކަޕްވެސް ކާމިޔާބު ކޮށްފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *