ބޮޑު އީދަށް މޫދު ކުޅިވަރު ސާމާނު ސީ ގިއަރ އިން އަގުހެޔޮ ކޮށްފި

Advertisement

ބޮޑު އީދަށް މޫދު ކުޅިވަރު ސާމާނު ސީ ގިއަރ އިން އަގުހެޔޮ ކޮށްފި

ޢަލީ ޝަހީމް

ސީ ގިއަރ އިން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ އީދު ސޭލް މިއަހަރުވެސް ފަށައިފި އެވެ.

މިދިޔަ ޖޫން 27 އިން ފެށިގެން ޖުލައި 7 ގެ ނިޔަލަށް “އީދު ސޭލް 2022” ގެ ނަމުގައި ކުރިޔަށްދާ މި ސޭލްގައި މޫދަށް އެރުމަށް ބޭނުންކުރާ ތަފާތު އެކި ސާމާނުގެ އިތުރުން މޫދު ކުޅިވަރުގައި ހަރަކާތަތެރިވާނެ ސާމާނުވެސް ހިމެނެ އެވެ. މިގޮތުން ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ މޫދު ކުޅިވަރާއި ގުޅޭ ސާމާނު ހެޔޮ އަގުގައި ސީ ގިއަރ އިން ލިބޭނެ އެވެ.

މި ސޭލްގެ މަގްސަދަކީ އީދުގެ ފޯރި ގަދަ ކުރުމަށް ދިވެހިންގެ އެންމެ ގަޔާވާފަދަ މޫދު ކުޅިވަރު ކުޅޭ އާލާތްތައް ހެޔޮއަގެއްގައި ކަސްޓަމަރުންނަށް ގަތުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށް ސީ ގިއަރ އިން ބުނެ އެވެ. ސާރފް ކައިޓްއިން ފެށިގެން ކުޑަކުދިންގެ ފިންސްއާއި މާސްކްވެސް މިފަހަރުގެ ސޭލްގައި ވަނީ ވަރަށް އަގުހެޔޮވެފަ އެވެ.

އަކުއާލަންގް ފިންސް އަދި މާސްކް އަދި މީގެ އިތުރުން ސްވިމިންގ ބޯޑާއި، މޫދަށް އެރޭނެ ރޭޝްގާޑާއި، ސްވިމިން ސޫޓް، ޓީޝާޓާއި ސޯޓު އަދި ކުޑަކުދިންގެ މޫދު ކުޅިވާރާއި ބެހޭ ގިނަ ސާމާނު ހީވެސް ނުކުރާފަދަ ހެޔޮ އަގެއްގައި ސީ ގިއަރގެ ސޭލްގައި ވަނީ ހިމަނައިފަ އެވެ. މިގޮތުން ކުޑަކުދިންގެ އަދި ބޮޑެތި މީހުންގެ ބޮޑީ ބޯޑާއި، ސާރފް ބޯޑު (ސޮފްޓް އަދި ހާޑޫ ބޯޑު) ޑައިވިން ސާމާނު މި ސޭލްގައި ވަރަށް ހެޔޮ އަގުގައި ލިބެން ހުންނާނެ އެވެ. ހަވައިއާނާސް ފައިވާން 150 ރުފިޔާއިން ފެށިގެން 250 ރުފިޔާއާއި ދެމެދުގެ އަގަކަށް ލިބޭއިރު، ޓީޝާޓެއް 150 ރުފިޔާ އަދި ސޯޓެއް 200 ރުފިޔާއަށް މި ސޭލްގައި ލިބޭނެ އެވެ.

އީދު ސޭލް 2022 ގެ އިތުރުން މި ނިމިގެންދިޔަ ހަފްތާގައި ސީ ގިއަރ އިން ވަނީ ދިވެހިރާއްޖެއަށް މުޅިން އަލަށް އައު ޕްރޮޑަކްޓް އެއް ތައާރަފް ކޮށްފަ އެވެ. އެއީ ނިއުޒިލެންޑްގެ މަޝްހޫރު މަންޓާ 5 ގެ މޫދު ބައިސްކަލެވެ. https://manta5.com/

ސީގިއަރ އަކީ މޫދު ކުޅިވަރާއި މޫދާ ގުޅުންހުރި ސާމާނު އަދި އޮޑި ދޯނި ފަހަރަށް ބޭނުނުންވާ ސާމާނު އެއް ފުރާޅެއްގެދަށުން ލިބެން ހުންނަ ފިހާރައެކެވެ. ސީ ގިއަރ އިން އީދު ސޭލް 7 ޖުލައިގައި ނިންމާލި ކަމުގައިވިޔަސް މެރިން ސޭލެއް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ. އޮޑިދޯނި ފަހަރާއި، ސަފާރި ލޯންޗު އަދި ޑިންގީއަށް ބަނުމަށް ބޭނުންވާ އަދި، މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާނެ އެންމެހާ ސާމާނު ވަރަށް ހެޔޮ އަގެއްގައި ސީ ގިއަރ އިން ލިބޭނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *