ބ. އަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ދަރަވަންދޫގައި ބާއްވަނީ

Advertisement

ބ. އަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ދަރަވަންދޫގައި ބާއްވަނީ

ޢަލީ ޝަހީމް
ދަރަވަންދޫ ފުޓްސަލް ދަނޑު. އަތޮޅަށް އަމާޒުކޮށްގެން އެރަށުގައި އަގުބޮޑު ފުޓްސަް

ބ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން “ބ. ސެންޓްރަލް ޗެލެންޖް” ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވަން ދަރަވަންދޫ ތައްޔާރުވާން ފަށައިފި އެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 20 އިން 29 އަށް ދަރަވަންދޫ ޓާފް ފުޓްސަލް ދަނޑުގަ އެވެ. ދަރަވަންދޫ އެކުވެރި ޒުވާނުންގެ އިސްނަގައިގެން މި މުބާރާތް އިންތިޒާމުކުރަނީ ދަރަވަންދޫ ކައުންސިލާއި އެރަށުގެ ހަރަހެރި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެމްޕަވާމެންޓް ގުޅިގެންނެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުން 4500 ދައްކަން ޖެހޭއިރު ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް ދޭނީ 10000 ރުފިޔާ އެވެ. ފައިސާގެ މި އިނާމާއެކު ބ. ސެންޓްރަލް ޗެލެންޖް ވެގެންދާނީ ބ. އަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތަށެވެ.

މުބާރާތުގައި ބައިވެރިކުރަން ނިންމާފައިވަނީ ޖުމްލަ 12 ޓީމެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖް ކުރިއަށްދާނީ 12 ޓީމު ހަތަރު ގްރޫޕަށް ބަހާލައިގެންނެވެ. ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ޓީމެވެ.

މުބާރާތުގައި ގަވާއިދުގައިވާ ގޮތުން ބ. އަތޮޅަށް ނިސްބަތްވާ ކޮންމެ ކުޅުންތެރިއަކަށް ވެސް އުފަން ރަށް ނޫން އެހެން ރަށަކަށް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު އެގޮތަށް ލިސްޓުގައި ޖެހޭނީ އަތޮޅަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. މީގެ އިތުރުން އަތޮޅުން ބޭރުން އިތުރު ދެ ކުޅުންތެރިން ޖެހުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ލިބިގެންދާނެ އެވެ. ރިސޯޓުތަކުން ބައިވެރިވާ ޓީމުތަކަށް ރިސޯޓުގެ ކޮންޓްރެކްޓްގައި ނެތް ދެ ކުޅުންތެރިން ޖެހުމުގެ ފުރުސަތު ލިބޭނެ އެވެ.

މުބާރާތުގެ އިންތިޒާމު ކޮމިޓީން ބުނީ މިބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ފުޓްސަލް އަކީ މިހާރު ރާއްޖޭގައި އެންމެ ފޯރީގައި ކުޅޭ ކުޅިވަރަށް ވެފައި އަތޮޅުގެ ރަށްތަކުގެ މެދުގައި ވާދަވެރި ފޯރިގަދަ މުބާރާތެއް ބޭއްވުން ކަމަށެވެ. ދަރަވަންދޫގައި ފެންވަރު ރަނގަޅު ފުޓްސަލް ދެ ދަނޑު އޮވެ އެވެ. ސެންޓްރަލް ޗެލެންޖް ކުރިއަށްދާނީ އެތަނުން އެއް ދަނޑުގަ އެވެ. އަނެއް ދަނޑު ބޭނުންކުރާނީ ޓީމުތައް މެޗުތަކަށް ތައްޔާރުވުމަށް ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. މުޅި ރާއްޖެ އަށް ހުޅުވާލައިގެން މިހާރު ކުޅެމުންދާ ޓެކާސް ފުޓްސަލް މުބާރާތުގެ ބ. އަތޮޅު ބުރުގެ މެޗުތަކާއި ޒޯން މެޗުތަކުގެ އިތުރުން އުތުރުގެ ފައިނަލް މެޗު ވެސް ކުޅުނީ ދަރަވަންދޫގަ އެވެ. މި މެޗުތަކުގައި ދަރަވަންދޫގެ އިންތިޒާމުތައް ވަރަށް ރަނގަޅެވެ.

ފޯރިގަދަ ފުޓްސަލް މުބާރާތަކަށް ދަރަވަންދޫ ތައްޔާރުވަމުން އަންނައިރު މި މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. މުބާރާތް ސްޕޮންސަރ ކުރުމަށް ގުޅުން ޖެހޭނީ 7725775، 7686363 އަދި 7817800 ނަންބަރަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *