އަލަވެސް ބަލިކޮށް އެއް ވަނައިގައި ރެއާލުން ލީޑު ފުޅާކޮށްފި

Advertisement

އަލަވެސް ބަލިކޮށް އެއް ވަނައިގައި ރެއާލުން ލީޑު ފުޅާކޮށްފި

ޢަލީ ޝަހީމް

އަމިއްލަ ދަނޑުގައި 0-3 އިން އަލަވެސް ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ރޭގެ މޮޅާ އެކު ރެއާލް އެއް ވަނައިގައި އޮތީ 25 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ 24 މެޗުން 50 ޕޮއިންޓް ލިބިފައިވާ ސެވިއްޔާ އެވެ. ތިން ވަނައިގައި އޮތީ 24 މެޗުން 43 ޕޮއިންޓް ލިބިފައިވާ ރެއާލް ބެޓިސް އެވެ. 25 މެޗުން 42 ޕޮއިންޓް ހަމަކޮށްފައިވާ އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ ރަށުން ބޭރުގައި 3-0 އިން އޮސަސޫނާ ބަލިކޮށްފަ އެވެ. އަނެއްކޮޅުން ރޭ ރަށުން ބޭރުގައި 4-1 އިން ގްރަނާޑާ ބަލިކޮށް ވިޔަރެއާލް ވަނީ 39 ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ހަ ވަނައިގައި އޮތީ ބާސެލޯނާ އެވެ.

Advertisement

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އަލަވެސް ކޮޅަށް ރެއާލަށް ގޯލެއް ނުޖެހުނެވެ. އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުންހިފުނީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 63 ވަނަ މިނެޓުގައި މާކޯ އަސެންސިއޯ ކާމިޔާބުކޮށްދިންއިރު ދެ ވަނަ ލަނޑު މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ވިނީޝަސް ޖޫނިއާ އެވެ. އިތުރު ވަގުތުގައި ރެއާލްގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ކަރީމް ބެންޒެމާ އެވެ.

ރޭގެ މެޗުގެ ކުރިން މިދިޔަ ހަފްތާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގްގައި ރެއާލް ވަނީ ޕީއެސްޖީ އަތުން 0-1 އިން ބަލިވެފަ އެވެ. ސްޕެނިޝް ލީގުން ޗެމްޕިއަންސް ލީގުގައި ވާދަކުރާ އެތުލެޓިކޯ މެޑްރިޑް މި ހަފްތާ ނުކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ.

ލީގުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ރެއާލްއާ ވާދަކުރަމުން އަންނަ ސެވިއްޔާ އިން މިރޭ އެސްޕަންޔޯލްއާ ދެކޮޅަށް ނުކުންނާނެ އެވެ. އެ މެޗުން މޮޅުވެއްޖެ ނަމަ އެޓީމަށް ރެއާލްއާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *