ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ފަށައިފި

Advertisement

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ފަށައިފި

ޢަލީ ޝަހީމް
މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމު، ތިމަރަފުށިގެ ކެޕްޓަން ތަށި ހިފައިގެން. - ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު ރޭ ފަށައިފި އެވެ. މިއީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މި މުބާރާތް ބާއްވާ ހަ ވަނަ އަހަރެވެ.

މުބާރާތް ފެށުމުގެ ކުރިން ރޭ ވަނީ މިއަހަރުގެ ރަސްމީ ލަވަ އާއްމުކޮށްފަ އެވެ. ހުޅުވުމުގެ ރަސްމިއްޔާތުގެ މުބާރާތް ސްޕޮންސަރ ކޮށްފައިވާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ރޭ ވަނީ ތިން އަތޮޅެއްގެ ހަ މެޗު ކުޅެފަ އެވެ. އެއީ ހއ، ހދ، އަދި ށ އަތޮޅުގެ ގްރޫޕް އޭގެ މެޗުތަކެވެ.

ފުރަތަމަ މެޗުގައި ހއ. ހޯރަފުށިން ވަނީ 3-1 އިން ހއ. ވަށަފަރު ބަލިކޮށްފަ އެވެ. މި ގްރޫޕުގައި ހިމެނޭ ހއ. ދިއްދޫ ވަނީ 8-1 ގެ ބޮޑު ތަފާތަކުން ހއ. މާރަންދޫ ބަލިކޮށްފަ އެވެ. ހދ. އަތޮޅުގެ ގްރޫޕް އޭގައި ނޭކުރެންދޫ އާއި ނައިވާދޫ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި ގްރޫޕުގައި ހިމެނޭ ކުމުންދޫ އަތުން ފިނޭ ވަނީ 2-4 އިން މޮޅުވެފަ އެވެ. ށ. އަތޮޅުގެ ގްރޫޕް އޭގައި ރޭ މިލަންދޫ އިން ވަނީ 2-0 އިން ބިލެތްފަހި ބަލިކޮށްފަ އެވެ. ހަމަ އެ ގްރޫޕުގައި ހިމެނޭ ފޯކައިދޫ އިން ވަނީ 3-1 އިން ކޮމަންޑޫ ބަލިކޮށްފަ އެވެ.

May be an image of 5 people, people standing and crowd

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖު ކުރިއަށްދަނީ ގިނަ ސްޕޮންސަރުންތަކަކާ އެކު އެވެ. ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖައްސާފައިވާއިރު ގޯލްޑެން ޕާޓްނަރަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. މުބާރާތުގެ ބެވަރެޖް ޕާޓްނަރުގެ ގޮތުގައި ވެސް ހަމަޖައްސާފައިވަނީ ކޮކާ ކޯލާ އެވެ. މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ. ސިލްވާ ޕާޓްނަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ އަލްޝާލީ މެރިން އާއި ފެންސީ ފުޑް އަދި މައި ކޮލެޖެވެ. އެހެން ޕާޓްނަރުންގެ ތެރޭގައި ރީޖަނަލް އެއާޕޯޓްސް، އެލައިޑް، ޕިއްޒާ ބޯނާ، ކޭވް ކެފޭ، ޔޫތު އޮންދަ މޫވް އަދި ޒުއްރާ ހިމެނެ އެވެ. އޮފިޝަލް ޖާޒީ ޕާޓްނަރަކަށް ޖާޒިއާ ހަމަޖައްސާފައިވާއިރު ޕްރިންޓިން ޕާޓްނަރަކީ ހަވާސާ ޕްރިންޓެވެ.

މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަތަރު މީޑިއާ އެއް ވަނީ ހަމަޖައްސައިފަ އެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިން އެވެ. ސްޕޯޓްސް މީޑިއާ ޕާޓްނަރުގެ ގޮތުގައި ފަހުމިނެޓް ހަމަޖައްސާފައިވާއިރު ޕީއާރު ޕާޓްނަރަކީ އަދަދު ނޫހެވެ. ބްރޯޑްކާސްޓިން ޕާޓްނަރަކީ ޕީއެސްއެމް އެވެ.

މުބާރާތުގައި މިރޭ ވެސް 6 މެޗު ކުޅޭނެ އެވެ. އެއީ ހއ އަތޮޅާއި ހދ އަދި ށ އަތޮޅުގެ ގްރޫޕް ބީގެ މެޗުތަކެވެ.

މިރޭ ކުޅޭ މެޗުތައް

20:15 ބާރަށް – އިހަވަންދޫ

20:15 ކުޅުދުއްފުށި – ވައިކަރަދޫ

 

21:15 މުރައިދޫ – ކެލާ
21:15 ނެއްލައިދޫ – މަކުނުދޫ

 

22:15 މަރޮށި – ކަނޑިތީމު

22:15 ފީވަށް – ގޮއިދޫ

 

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *