މޮރީނިއޯއާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް: ޕޮގްބާ

Advertisement

މޮރީނިއޯއާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް: ޕޮގްބާ

ޢަލީ ޝަހީމް

އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓުގެ ކޯޗު ހޯސޭ މޮރީނިއޯއާ އެއްވެސް މައްސަލައެއް ނެތްކަމަށް އެޓީމުގެ ޕައުލް ޕޮގްބާ ބުނެފިއެވެ. ފްރާންސްގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ވަނީ މޮރީނިއޯއާ މައްސަލައެއް ނޫޅޭ ކަމަށާއި ކްލަބް ބަދަލު ކުރުމުގެ ވިސްނުމެއް ނެތްކަމަށް ވެސް ބުނެފައެވެ.

“އޭނާ (މޮރީނިއޯ) އަކީ ކޯޗު. ގޮތް ނިންމާނީ އޭނަ. އަހަންނަކީ ކުޅުންތެރިއެއް. އަހަރެން އެކަން ގަބޫލުކޮށް ޖެހޭނީ ދަނޑުމަތީގަ ޖަވާބު ދޭން. އަހަރެން ކްލަބް ބަދަލު ކުރުމާ ގުޅޭ އެއްވެސް ވިސްނުމެއް ނެތް” އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ބުންނެވެ.

Advertisement

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕޮގްބާ ޔުނައިޓެޑާ ގުޅުނީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުއެވެ. ޔުނައިޓެޑަށް ބަދަލު ވުމަށްފަހު އޭނާ ވަނީ މިދިޔަ ސީޒަނުގައި ޔޫރަޕާ ލީގާއި ލީގު ކަޕް ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ނަމަވެސް މި ސީޒަނުގައި ފަހަކަށް އައިސް ޕޮގްބާއަށް ވަނީ ޔުނައިޓެޑްގެ މުހިއްމު ބައެއް މެޗުތަކުގައި ފުރަތަމަ އެގާރައިގެ ފުރުސަތު ގެއްލިފައެވެ. މީގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ބުރުގައި ސްޕެއިންގެ ސެވިއްޔާއާ ދެކޮޅަށް ކުޅުނު ދެމެޗުވެސް ހިމެނެއެވެ.

“މޮރީނިއޯ ވަނީ އަހަންނަށް ކެޕްޓަން ކަމުގެ ޒިންމާވެސް ދީފަ. މެންޗެސްޓަރ ޔުނައިޓެޑް ފަދަ ބޮޑު ކްލަބެއްގެ ޒިންމާތައް އޭނާ އަހަންނާ ހަވާލު ކުރޭ. މިވަގުތު އަހަރެން މިހުރީ މެންޗެސްޓަރ ޔުނައިޓެޑްގަ އަދި މިވަގުތު ވިސްނަނީ މިހާރަށް. އަހަރެމެން މިއޮތީ އެފްއޭކަޕް ފައިނަލުގަ އަދި އަހަންނަށް ވޯލްޑް ކަޕްވެސް ކުރިއަށް އެބައޮތް” ޕޮގްބާ ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *