ޔޫތު ޗެމްޕިއަންޝިޕް: ޔުނައިޓެޑް ވިކްޓްރީ އަތުން ބަލިވެ ވެލެންސިއާ ކަޓައިފި

Advertisement

ޔޫތު ޗެމްޕިއަންޝިޕް: ޔުނައިޓެޑް ވިކްޓްރީ އަތުން ބަލިވެ ވެލެންސިއާ ކަޓައިފި

ޢަލީ ޝަހީމް
ލަނޑު ޖެހުމަށް ފަހު ޔޫވީގެ ކުޅުންތެރިން އުފާފާޅުކުރަނީ. - ފޮޓޯ: އެފްއޭއެމް

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކްލަބް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 3-1 އިން ބަލިވެ ކްލަބް ވެލެންސިއާ މުބާރާތުން ކަޓައިފި އެވެ.

މިއަދުގެ މޮޅާ އެކު ޔުނައިޓެޑް ވިކްޓްރީ ވަނީ ހަތަރު ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނަ އަށް އަރައިފަ އެވެ. ދެ ވަނައިގައި އޮތީ ތިން ޕޮއިންޓް ލިބިފައިވާ ޓީސީ ސްޕޯޓްސް ކްލަބެވެ. ތިން ވަނައިގައި އޮތް މަހިބަދޫ ސްޕޯޓްސް ކްލަބަށް ޕޮއިންޓެއް ލިބިފައިވާއިރު ވެލެންސިއާ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ. ވެލެންސިއާ ފުރަތަމަ މެޗުގައި ބަލިވީ ޓީސީ އަތުންނެވެ. ގްރޫޕް ސްޓޭޖުގައި ވެލެންސިއާ އަށް ބާކީ އޮންނާނީ މަހިބަދޫއާ ދެކޮޅަށް ކުޅޭ މެޗެވެ.

May be an image of 3 people, people playing football, people standing and grass

ވެލެންސިއާ އާއި ޔޫވީ ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް

މިއަދުގެ މެޗުގައި 20 ވަނަ މިނެޓުގައި ލީޑު ނެގީ ވެލެންސިއާ އިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަބްދުﷲ ފާސިރު އެވެ. އަބްދުﷲ ފާސިރު އަކީ ކްލަބް ވެލެންސިއާ ސީނިއާ ޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ގެ ކޮއްކޮ އެވެ. އަބްދުﷲ ފާސިރުގެ އިތުރުން ބ. އޭދަފުއްޓަށް އުފަން އިތުރު ކުޅުންތެރިންތަކެއް ވެސް ވެލެންސިއާ ޓީމުގައި ހިމެނެ އެވެ.

May be an image of 5 people, people playing football, people standing and outdoors

ލަނޑު ޖެހުމަށް ފަހު ޔޫވީގެ ކުޅުންތެރިން އުފާފާޅުކުރަނީ. – ފޮޓޯ: އެފްއޭއެމް

ޔޫވީ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޒައިޝަން އަޝްރަފް ޖެހި ލަނޑުންނެވެ. އެޓީމު މޮޅުވީ ދެ ވަނަ ހާފުގައި ޖެހި ދެ ލަނޑުންނެވެ. ޔޫވީ ލީޑު ނެގި ލަނޑު 52 ވަނަ މިނެޓުގައި އަބްދުއްރަހްމާން ތިބްޔާން އަލީ ސައީދު ޖެހިއިރު ތިން ވަނަ ލަނޑު 73 ވަނަ މިނެޓުގައި ޖެހީ ވެސް ޒައިޝަން އެވެ. ޔޫވީ އިން ތިން ވަނަ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ވެލެންސިއާގެ ހުސައިން އަޒުމީ ކުރި ކުށަކަށް ރެފްރީ ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އަދި މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޔޫވީގެ މުހައްމަދު ރާއިފް ފަޒީލަށް ވެސް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މަހިބަދޫ އާއި ޓީސީ އެވެ. މެޗުން މޮޅުވެގެން ޓީސީ އަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރެވޭނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *