ސިޓީގެ ޑިބްރޭނާގެ މައްޗަށް ލިވަޕޫލްގެ ސަލާހް ކާމިޔާބު ހޯދައިފި

Advertisement

ސިޓީގެ ޑިބްރޭނާގެ މައްޗަށް ލިވަޕޫލްގެ ސަލާހް ކާމިޔާބު ހޯދައިފި

ޢަލީ ޝަހީމް

ޕްރޮފެޝަނަނަލް ފުޓްބޯލާރސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވާ އިނގިރޭސި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އާ ވާދަކޮށް ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ހޯދައިފިއެވެ.

މި ސީޒަނުގައި ލިވަޕޫލަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުނަރުވެރި ކުޅުންތެރިޔާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި 33 މެޗުން 31 ލަނޑު ޖަހައި ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ ލުއިސް ސުއަރޭޒް ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފައެވެ. ސުއަރޭޒްގެ އިތުރުން 38 މެޗުގެ ސީޒަނަކު އެންމެ ގިނަ ލަނޑު ޖަހާފައިވާ އަނެއް ދެކުޅުންތެރިންނަކީ ޕްރިމިއަރ ލީގުގެ ކުރީގެ ލެޖެންޑް އެލަން ޝިއަރާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ލީގުގައި ލިވަޕޫލް އަށް ބާކީ އަދި ސްޓޯކް ސިޓީ އާއި، ޗެލްސީ އާއި، ބްރައިޓަން އާއި ދެކޮޅަށް ކުޅެން އޮތްއިރު އެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ސަލާހު އަށް ވަރަށް ވެސް ބޮޑެވެ.

ޕީއެފްއޭ އިން ހޮވި މި އެވޯޑަށް ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ތިން ކުޅުންތެރިން ކަމަށްވާ ކެވިން ޑިބްރޭނާ، ލެރޯއީ ސާނޭ އަދި ޑޭވިޑް ސިލްވާގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވެސް ވާދަކޮށްފައިވެއެވެ.

ޕީއެފްއޭ އިން ހޮވި އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކީ ސިޓީގެ ޖަރުމަނު ކުޅުންތެރިޔާ ލެރޯއީ ސާނޭ އެވެ.

ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި މެންޗެސްޓަރ ސިޓީގެ ލެރޯއީ ސާނޭ

ކުރިން ޕްރިމިއަރ ލީގުގެ ޗެލްސީގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ސަލާހް ބުނެފައިވަނީ، “އެވޯޑް ލިބުމުން ވަރަށް ވެސް އުފާވެ، ފަޚުރުވެރިވާ ކަމަށެވެ. އަދި ޗެލްސީގައި އެންމެ އެދެވޭ ފުރުޞަތު ނުލިބި ކުޅުން ނުދެއްކުމުން އަލުން އެނބުރި ޕްރިމިއަރ ލީގުގައި ހުނަރު ދައްކަން ބޭނުންވި ކަމަށާއި، އެކަން ހާޞިލްވެއްޖެކަމަށެވެ.”

ސަލާހު ވަނީ މިއަހަރު އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އަރަބި ގައުމުތަކުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އޭގެ އިތުރުން އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޕްލެޔާރ އޮފް ދަ މަންތު އެވޯޑު ހަތަރު ފަހަރު ހޯދާފައެވެ.

ސަލާހު ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައިވެސް 8 ޖޯލް ޖަހާފައެވެ. އަދި މި ސީޒަންގެ ހުރިހާ މުބާރާތެއްގައި 41 ގޯލު ޖަހައިފަ އެވެ.

މާދަމާ ރޭ ޗެމްޕިއަންސް ލީގް ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލް އަމިއްލަ ދަނޑުގައި ނިކުންނާނީ ސަލާހުގެ ކުރީގެ ކުލަބު އިޓަލީގެ ރޯމާއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *