އާ ފުޓްބޯޅަ ފޯމެޓްގެ ކޮލިފިކޭޝަން މާޗް މަހު ފަށަނީ

Advertisement

އާ ފުޓްބޯޅަ ފޯމެޓްގެ ކޮލިފިކޭޝަން މާޗް މަހު ފަށަނީ

ޢަލީ ޝަހީމް
ދިވެހި ޕްރިމިއާ ލީގުގައި ނިލަންދޫ އާއި ފޯކައިދޫ ވާދަކުރި މެޗެއްގެ ތެރެއިން. - ފޮޓޯ: އެފްއޭއެމް

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ 2024/2023 ވަނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މެޗުތައް މާޗް މަހުގެ އެއް ވަނަ ދުވަހު ފަށަން ތާވަލުކޮށް މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އެފްއޭއެމުން މިއަދު ހުޅުވާލައިފި އެވެ.

ހަތަރު ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފުޓްބޯޅައިގެ އާ ފޯމެޓް އިއުލާންކުރީ މިދިޔަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު އެވެ. އާ ފޯމެޓްގެ އެންމެ ބޮޑު ބަދަލަކީ ކޮންމެ ޒޯނެއްގައި ތިން ޑިވިޝަން އޮތުމެވެ. ތިން ޑިވިޝަނުގެ ކުރިން ކޮންމެ ޒޯނެއްގައި ވެސް އެންމެ ފުރަތަމަ ބާއްވާނީ އޯޕަން ޑިވިޝަނެވެ. މިހާރު ރާއްޖޭގައި ތިން ޑިވިޝަނަށް ބަހާލައިގެން ފުޓްބޯޅަ ކުޅެނީ ހަމައެކަނި މާލެ ސަރަހައްދުގަ އެވެ.

Advertisement

ޒޯން އެކެއް: ހއ، ހދ، ށ، ނ، ރ

ޒޯން ދޭއް: ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ

ޒޯން ތިނެއް: ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ

ޒޯން ހަތަރެއް: ވިލިމާލެ، މާލެ، ހުޅުމާލެ

އެފްއޭއެމުން މިއަދު ކުރި އިއުލާންގައި ބުނީ އާ ލީގު ފޯމެޓުގެ ދަށުން މާޗް އެއް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މުބާރާތުގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ 2022 ފެބްރުއަރީ 07 ވަނަ ދުވަހުގެ 14:00 އެވެ. މުބާރާތުގައި ރަޖިސްޓްރީވާން ލިޔުމަކުން ހުށަހަޅަން ޖެހޭނީ އެފްއޭއެމް އަށެވެ. އީމެއިލްގެ ޒަރިއްޔާއިން ނަމަ league@famaldives.com އަށް އީމެއިލް ކުރެވޭނެ އެވެ. ރަޖިސްޓްރީވާން ހުށަހަޅާއިރު ކްލަބްގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންޖެހެ އެވެ. މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކްލަބްތަކަށެވެ.

އާ ފޯމެޓާއެކު 2024/2023 ވަނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާނީ 12 ޓީމެކެވެ. އެއީ މިހާރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ޓީމުގެ އިތުރުން ކޮލިފިކޭޝަން ބުރުގެ ހަތަރު ޒޯނުގެ ޗެމްޕިއަނުންނެވެ. ހަތަރު ޒޯނު ޗެމްޕިއަނުންނަކީ އަތޮޅުތެރޭގެ ތިން ޒޯނާއި މާލެ ސަރަހައްދު ޒޯންގެ ޗެމްޕިއަން އެވެ. މާލެ ސަރަހައްދުގެ ޗެމްޕިއަނަކަށް ފުރަތަމަ ސީޒަނުގައި ވާނީ މިއަހަރު އޮންނަ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމެވެ.

ދިވެހި ފުޓްބޯޅައިގެ އާ ފޯމެޓް: އުއްމީދީ ބަދަލުގެ ވާހަކަ އަލިފުން ޔާ އަށް

ހަތަރު ޒޯނުގެ ޗެމްޕިއަނުންނަށް 2024-2023 ވަނަ ސީޒަނުގެ ލީގުން ސީދާ ޖާގައެއް ލިބުނަސް، އޭގެ އަނެއް ސީޒަނުން ފެށިގެން މި ހަތަރު ޓީމަށް ފުރުސަތު ލިބޭ އުސޫލު ތަފާތެވެ. އޭރުން ލީގަށް ކޮލިފައިވާނީ 2024-2023 ވަނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ 12 ޓީމުގެ ތެރެއިން ފުލަށްދާ 4 ޓީމާއި، ހަތަރު ޒޯންގެ ޗެމްޕިއަނުންނާއި ދެމެދު ކުޅޭ ޕްލޭއޮފް މެޗުތަކުން މޮޅުވާ ހަތަރު ޓީމެވެ. ރެލިގޭޝަން/ޕްރޮމޯޝަން ގޮތަށް ކުރިއަށްގެންދާ މި ޕްލޭއޮފް މެޗުތައް ކުޅޭނީ ދެ ލެގުގެ އުސޫލުންނެވެ. ޕްލޭއޮފް މެޗުތަކުން ބަލިވާ ހަތަރު ޓީމު އަނެއްކާވެސް ވާދަކުރަން ޖެހޭނީ އެ ކްލަބެއް ނިސްބަތްވާ ޒޯންގެ ފުރަތަމަ ޑިވިޝަނުގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *