މަހިބަދޫ ބަލިކޮށް ދަ ގޭންގުން ސެމީގެ ފުރުޞަތު ބޮޑުކޮށްފި

Advertisement

މަހިބަދޫ ބަލިކޮށް ދަ ގޭންގުން ސެމީގެ ފުރުޞަތު ބޮޑުކޮށްފި

ޢަލީ ޝަހީމް

އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ދޭއްގައި ދަ ގްރޭންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް) އިން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް ސެމީ ފައިނަލްގެ ފުރުޞަތު ބޮޑުކޮށްފިއެވެ.

އިއްޔެ ހަވީރު އެފް.އޭ.އެމް އެއް ނަންބަރު ޓާފުގައި ކުޅެވުނު ގްރޫޕްގެ ދެވަނަ މެޗު ދަ ގޭންގުން ކާމިޔާބުކުރީ މަހިބަދޫ ސްޕޯޓްސް ގެ މައްޗަށް 1-5 ގެ ބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މުބާރާތުގައި ކޮންމެ ޓީމަކަށްވެސް އަދި ބާކީ އެއްމެޗު އޮތްއިރު، ކުޅުނު ދެ މެޗުންވެސް ބަލިވެ މަހިބަދޫ ވަނީ މުބާރާތުން ކަޓާފައެވެ.

އިއްޔެ ކުޅެވުނު މެޗުގެ ފުރަތަމަ ހާފްގެ 35 ވަނަ މިނެޓުގައި މަހިބަދޫގެ ޖޯޒީ ނަންބަރު 17 އިސްމާއީލް ނަޒީރު އެޓީމަށް ލީޑު ނަގައިދިންތާ މާގިނަ އިރެއްނުވެ ދަ ގޭންގުންވަނީ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިމިގެންދިޔަ ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ތިލަފުށި ޓީމުގެ ކެޕްޓަން އަދި ޓީމުގެ މުހިއްމު ކުޅުންތެރިޔާ ހުސައިން ޝަރީފް (އޮންލީ) އެވެ.

މެޗުގެ ދެވަނަ ހާފްގައި ދަ ގޭންގު ފެނިގެންދިޔައީ ވަރަށްވެސް ވަރުގަދަ ކޮށެވެ. ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދެއްކި ދަ ގޭންގަށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ އެޓީމުގެ ޖޯޒީ ނަންބަރު 7 އަހުމަދު ހަލީމް (އައްމަޑޭ) އެވެ. އަދި އޭގެ 9 މިނެޓު ފަހުން އައްމަޑޭ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކުރިއިރު، ބިދޭސީ ކުޅުންތެރިޔާ ސޯޒާ ސަންޓޯސް އަދި އަބްދުލް މުހައިމިން (ބިއްދެ) ވަނީ އިތުރު ލަނޑުތަކެއް ޖަހައި މެޗުގެ ނަތީޖާ 5-1 އަކަށް ބަދަލުކޮށްލާފައެވެ.

މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ. ގްރޫޕް އެކެއްގައި ކުޑަހެންވޭރު ޔުނައިޓެޑާއި ބީޖީގެ އިތުރުން ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ޕީކޭ ހިމެނޭއިރު ގްރޫޕް ދޭއްގައި ޖޭޖޭ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބުގެ އިތުރުން ދަ ގޭންގާއި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ޒެފްރޯލް ހިމެނެއެވެ.

ގްރޫޕް ދޭއްގެ އެއްވަނަ ހޯދުމަށް މަހުގެ 28 ވަނަ ދުވަހު ދަ ގޭންގުން ނިކުންނާނީ ޖޭޖޭ ސްޕޯޓްސް ކްލަބް އާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *