ދީމާ އަށް އަނެއްކާވެސް ބައިނަލްއަގްވާމީ ބޮޑު ކާމިޔާބީއެއް

Advertisement

ދީމާ އަށް އަނެއްކާވެސް ބައިނަލްއަގްވާމީ ބޮޑު ކާމިޔާބީއެއް

ޢަލީ ޝަހީމް

ތައިލެންޑުގައި ކުރިއަށްދިޔަ އޯލް ތައިލެންޑް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ ހިމެނުނު ޕެއާ އިން އެ މުބާރާތުގެ ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

15 އަހަރުގެ ކުޅުންތެރިންނަށް ހާއްސަ ކެޓަގަރީގައި ދީމާގެ ޕެއާގައި ހިމެނުނީ ތައިލެންޑުގެ ފެންގް އެވެ. މި ދެކުޅުންތެރިންގެ ޕެއާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ތައިލެންޑަށް ނިސްބަތްވާ ޕެއާއަކާ ވާދަކޮށް ސީދާ ގޭމުން މޮޅުވެގެންނެވެ. މެޗުގެ ސެޓުތައް ދީމާގެ ޕެއާ ގެންދިޔައީ 11-08، 11-09 އަދި 11-07 އިންނެވެ.

Advertisement

ޑަބަލްސް ބައިގެ ޗެމްޕިއަނުންގެ އިތުރުން ދީމާ ވަނީ އެ މުބާރާތުގެ 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް ބައިގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. 17 އަހަރުން ދަށުގެ ބައިގެ ކުއާޓާގައި ދީމާ 1-3 އިން ބަލިވީ ތައިލެންޑުގެ ކުޅުންތެރިއެއް އަތުންނެވެ.

ދީމާ ތައިލެންޑް މުބާރާތުގެ ތައްޓާ އެކު

ކޮވިޑްގެ ބަލިމަޑުކަމާ އެކު ވެސް މިދިޔަ އަހަރު ދީމާ އަންނަނީ ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުންހިފައި ތަފާތު ދަށްކަމުންނެވެ. މިދިޔަ އަހަރު ޕޯޗުގަލްގައި ބޭއްވި ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށް މިކްސް ޑަބަލްސްގެ ކުއާޓާ ފައިނަލަށް ދީމާ ވަނީ ދަތުރުކޮށްފަ އެވެ. އެ މުބާރާތުގެ އަންހެން ޑަބަލްސް ބައިގައި ވާދަކުރުމުގެ ފުރުސަތު ދީމާ އަށް ގެއްލުނީ އޭނާގެ ޕެއާގައި ހިމެނުނު އަނެއް ކުޅުންތެރިޔާ އަށް ޕޯޗުގަލަށް ނުދެވުމުންނެވެ. ޕޯޗުގަލް މުބާރާތުގެ އިތުރުން މިދިޔަ އަހަރު ދީމާ ވަނީ އޮމާންގައި ކުރިއަށްދިޔަ ވޯލްޑް ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ ބައިގައި ވާދަކޮށް ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ.

ދީމާއަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި އެންމެ ޒުވާން އުމުރުގައި އެންމެ ގިނަ ކާމިޔާބީތައް ހޯދައިދެމުން އަންނަ އެތުލީޓެވެ. ޓޭބަލް ޓެނިސްގެ 15 އަހަރުން ދަށުގެ ދުނިޔޭގެ ރޭންކިންގައި ދީމާ އަކީ މިހާރު 20 ވަނަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *