ވިމެންސް އިންވިޓޭޝަން ކަޕް: ފައިނަލުގައި އެޕެކްސް އާއި ޑޮޓްކޮމް

Advertisement

ވިމެންސް އިންވިޓޭޝަން ކަޕް: ފައިނަލުގައި އެޕެކްސް އާއި ޑޮޓްކޮމް

ޢަލީ ޝަހީމް
އެޕެކްސް ޓީމުގެ ކުޅުންތެރިއަކު ބޯޅަ ފޮނުވާލަނީ. - ފޮޓޯ: އެފްއޭއެމް

ނައިފަރުގައި މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް އިންވިޓޭޝަން ކަޕް ފައިނަލުގެ ޖާގަތައް ނައިފަރު އެޕެކްސް ސްޕޯޓްސް ކްލަބާއި ޑޮޓްކޮމް ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

މި މުބާރާތުގެ ފައިނަލަށް މި ދެޓީމު ދަތުރުކުރީ ފަސް ޓީމު ވާދަކުރި ލީގު ބުރުގެ އެންމެ ކުރި ހޯދައިގެންނެވެ. އެޕެކްސް އާއި ޑޮޓްކޮމްގެ އިތުރުން މުބާރާތުގައި ވާދަކުރީ ކުރެންދޫ އެފްސީ އާއި އައިޑިއަލް މޫވްމަންޓް އާއި ބަޒޫކާ އެވެ.

Advertisement

ގޯލު ޖެހުމަށް ފަހު ޑޮޓްކޮމް ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ. – ފޮޓޯ: ޑޮޓްކޮމް ސްޕޯޓްސް ކްލަބް

ލީގު ބުރުން އެންމެ ކުރި ހޯދި ތިން ޓީމަށް ވެސް ނުވަ ޕޮއިންޓް ލިބުނެވެ. ގޯލުގެ ތަފާތުން އެޕެކްސް އަށް އެއް ވަނަ ލިބުނުއިރު ދެ ވަނަ ލިބުނީ ޑޮޓްކޮމް އަށެވެ. އެޕެކްސް އަށް ފައިދާ 19 ގޯލު ލިބުނުއިރު ޑޮޓްކޮމް އަށް ލިބުނީ އަށް ގޯލެވެ. ތިން ވަނަ ލިބުނު ކުރެންދޫ ޓީމަށް ލިބުނީ ފައިދާ ތިން ގޯލެވެ. އެޕެކްސް އެއް ވަނަ ކަށަވަރުކުރީ ލީގު ބުރުގެ ފަހު މެޗުގައި އިއްޔެ ހަވީރު 14-0 ގެ ބޮޑު ތަފާތަކުން ބަޒޫކާ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.

މުބާރާތުގެ ފައިނަލް މެޗު ނައިފަރު ޓާފް ފުޓްބޯޅަ ދަނޑުގައި އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *