މެސީ ގޮވައިގެން ރާމޯސް ރެއާލް މެޑްރިޑާ ދެކޮޅަށް

Advertisement

މެސީ ގޮވައިގެން ރާމޯސް ރެއާލް މެޑްރިޑާ ދެކޮޅަށް

ޢަލީ ޝަހީމް
ރެއާލް އާއި ބާސެލޯނާގެ މެޗެއްގެ ތެރެއިން ރާމޯސް (ކ) އާއި މެސީ. އެދުވަސްވަރު މި ދެކުޅުންތެރިންގެ ވާދަވެރިކަން ބޮޑުވިނަމަވެސް މިހާރު ކުޅެނީ އެއް ކްލަބަކަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ވާދަކުރަން ޖެހީ ޝައުގުވެރިކަން އިތުރުވެއްޖެ އެވެ.

މިއަދު ނެގި ފުރަތަމަ ގުރުގައި ރެއާލް އާއި ބެންފީކާ ލައްވާލިއިރު ޕީއެސްޖީ ވާދަކުރަން ޖެހުނީ މެންޗެސްޓަރ ޔުނައިޓެޑާ އެވެ. އެކަމަކު ޓެކްނިކަލް މައްސަލައެއް ދިމާވެ ޔޫއެފާއިން އަލުން ގުރު ނަގަން ނިންމައި، މިރޭ ނެގި ދެ ވަނަ ގުރުގައި ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ވާދަކުރަން ޖެހުނީ އެވެ.

Advertisement

ވަރުގަދަ ދެ ބާރުގެ ކުރިމަތިލުން ހާއްސަވާ އެތައް ސަބަބެއް އެބައޮތެވެ. އެންމެ ފާހަގަކޮށްލެވެނީ ރެއާލް މެޑްރިޑްގައި 15 އަހަރު ހޭދަކޮށް މިދިޔަ ސީޒަނަށް ފަހު އެ ކްލަބް ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ޑިފެންޑަރު ސާޖިއޯ ރާމޯސް އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ނުކުތުމެވެ. ރެއާލްގެ ކެޕްޓަން ބޭންޑް އަޅައިގެން އެތައް ކާމިޔާބީއެއް ރާމޯސް ހޯދިއިރު އޭރު އިދިކޮޅުން ކުޅުނު އެންމެ ވާދަވެރި ކުޅުންތެރިއަކީ މިހާރު ޕީއެސްޖީ އަށް ކުޅެމުން އަންނަ ލިއޮނަލް މެސީ އެވެ. މިފަހަރު ރާމޯސް އާއި މެސީ ޕީއެސްޖީގައި ތިބެ ނުކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. އެހެންވެ މި މެޗުގެ ހާއްސަކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

2005 ވަނަ އަހަރު ސެވިއްޔާ އިން ރެއާލަށް ބަދަލުވެ މިއަހަރު ރެއާލް ދޫކޮށްލުމާ ހަމައަށް ރާމޯސް ވަނީ އެޓީމާއެކު ފަސް ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ތަށި ހަތަރު ފަހަރު އުފުލާލައިފަ އެވެ. މީގެ އިތުރުން ކޮޕަ ޑެލް ރޭ އާއި ޔޫއެފާ ސުޕަ ކަޕްގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ރާމޯސް ރެއާލްގެ ޖާޒީގައި ހޯދި އެވެ.

މެސީ އާއި ރާމޯސް ވަނީ ދެޓީމުގައި ތިބެގެން އެލް ކްލަސިކޯގައި 45 މެޗު ކުޅެފަ އެވެ. މެސީ ވަނީ ރެއާލްއާ ދެކޮޅަށް ކުޅުނު 45 މެޗުގައި 25 ގޯލު ޖަހައި 14 އެސިސްޓް ހަދައިފަ އެވެ. މެސީ އަކީ އެލް ކްލަސިކޯގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

Messi and Ramos' relationship at PSG revealed: You can't erase 10 years of  Clasicos just like that | Marca

ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު ރާމޯސް އާއި މެސީ އެއް ސްޓޭޖެއްގައި

ގަދަ 16 ގައި ޔުނައިޓެޑް ލައްވާލީ އެތުލެޓިކޯ މެޑްރިޑާ އެވެ. މެންޗެސްޓަރ ސިޓީ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއާ ދެކޮޅަށް ނުކުންނައިރު ލިވަޕޫލް ވާދަކުރާނީ އިންޓަ މިލާނާ ދެކޮޅަށެވެ. ޗެމްޕިއަން ޗެލްސީ އާއި ފްރާންސްގެ ލިލް ބައްދަލުކުރާއިރު ޔުވެންޓަސް ކުޅޭނީ ވިޔަރެއާލްއާ އެވެ. ސާލްޒްބާގް އާއި ބަޔާން މިއުނިކް ވާދަކުރާއިރު އަޔަކްސް ނުކުންނާނީ ބެންފީކާއާ ދެކޮޅަށެވެ.

ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގެ މެޗުތައް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 15، 16 އާއި ފެބްރުއަރީ 22، 23 ވަނަ ދުވަހު އެވެ. ދެ ވަނަ ލެގްގެ މެޗުތައް ކުޅޭނީ މާޗް 8،9 އާއި މާޗް 15، 16 ގަ އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އަހަރުގެ މެއި 28 ވަނަ ދުވަހު ރަޝިއާގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *