ޓެކްނިކަލް މައްސަލައެއް ދިމާވުމުން ޗެމްޕިއަންސް ލީގު ގުރު އަލުން ނަގަނީ

Advertisement

ޓެކްނިކަލް މައްސަލައެއް ދިމާވުމުން ޗެމްޕިއަންސް ލީގު ގުރު އަލުން ނަގަނީ

ޢަލީ ޝަހީމް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ގުރު މިއަދު ހަވީރު ނެގިއިރު ޓެކްނިކަލް މައްސަލައެއް ދިމާވުމުން، ގުރު އަލުން ނަގަން ޔޫއެފާއިން ނިންމައިފި އެވެ.

ގުރުގައި އެންމެ ފުރަތަމަ މައްސަލަ ޖެހުނީ ވިޔަރެއާލް ޖެހޭނެ ޓީމެއްގެ ގޮތުގައި ޔުނައިޓެޑް ލައްވާލުމުންނެވެ. ޔުނައިޓެޑާ ވިޔަރެއާލް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ އެއް ގްރޫޕެއްގައި އޮތުމުން އެ ދެޓީމު ގަދަ 16 ގައި ޖެހޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. މި އޮޅުން އެރުމުން ޔުނައިޓެޑްގެ ބަދަލުގައި ވިޔަރެއާލްއާ ވާދަކުރަން ޖެހުނީ މެންޗެސްޓަރ ސިޓީއާ އެވެ. ދެން ޖެހުނު މައްސަލައަކީ އެތުލެޓިކޯ މެޑްރިޑް ޖެހޭނެ ޓީމެއް ބެލިއިރު އެތަނުގައި ޔުނައިޓެޑްގެ ނަން ނެތުމެވެ. ލައިވްކޮށް ނެގި ޑްރޯގައި ބުނީ ޔުނައިޓެޑްގެ ނަން މީގެ ކުރިން ނަގާފައިވުމުން (ވިޔަރެއާލްގެ ނަން ނެގިއިރު) އެތުލެޓިކޯއާ ޖެހުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އެކަމަކު އުސޫލެއްގެ ގޮތުން ޔުނައިޓެޑާ އެތުލެޓިކޯ ދެ ވަނަ ބުރުގައި ކުޅުމުގެ ހުރަހެއް ނެތެވެ. އެގޮތަށް ކުރިއަށްގެންދިޔަ ޑްރޯގައި މައްސަލަތައް ފާހަގަކުރީ ޑްރޯއަށް ފަހު ކްލަބްތަކުންނެވެ. ޑްރޯ ނިންމާލިއިރު އެތުލެޓިކޯ އާއި ބަޔާން މިއުނިކް ކުޅެން ޖެހި ޔުނައިޓެޑް ކުޅެން ޖެހުނީ ޕީއެސްޖީއާ އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ޑްރޯ ހިނގާދިޔަ ގޮތަށް ބަލައި ޔޫއެފާއިން ނިންމީ މުޅި ޑްރޯ އަލުން ނަގާށެވެ.

އަލުން ޑްރޯ ނެގުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 7 ޖަހާއިރު އެވެ.

އެންމެ ފުރަތަމަ ނެގި ޑްރޯގައި ޓީމުތައް ޖެހުނުގޮތް

ބެންފީކާ – ރެއާލް މެޑްރިޑް

ޕީއެސްޖީ – މެންޗެސްޓަރ ޔުނައިޓެޑް

ސާލްޒްބާގް – ލިވަޕޫލް

އެތުލެޓިކޯ މެޑްރިޑް – ބަޔާން މިއުނިކް

ސްޕޯޓިން ލިސްބަން – ޔުވެންޓަސް

ޗެލްސީ – ލިލް

އިންޓަ މިލާން – އަޔަކްސް

ވިޔަރެއާލް – މެންޗެސްޓަރ ސިޓީ

އަލުން ނަގާ ގުރާ އެކު ދެ ވަނަ ބުރުގައި ޓީމުތައް ޖެހޭނެގޮތް ތަފާތުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމުން ގަދަ 16 ގެ ޝައުގުވެރިކަން އިތުރުވެއްޖެ

ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގެ މެޗުތައް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 15، 16 އާއި ފެބްރުއަރީ 22، 23 ވަނަ ދުވަހު އެވެ. ދެ ވަނަ ލެގްގެ މެޗުތައް ކުޅޭނީ މާޗް 8،9 އާއި މާޗް 15، 16 ގަ އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އަހަރުގެ މެއި 28 ވަނަ ދުވަހު ރަޝިއާގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *