ޗެމްޕިއަން ޒެފްރޯލް ބަލިކޮށް އަމީގޯސް އަށް ރަނގަޅު ފެށުމެއް

Advertisement

ޗެމްޕިއަން ޒެފްރޯލް ބަލިކޮށް އަމީގޯސް އަށް ރަނގަޅު ފެށުމެއް

ޢަލީ ޝަހީމް

އެފް.އޭ.އެމް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ކްލަބް ޒެފްރޯލް 0-1 ނަތީޖާއަކުން ބަލިކޮށް، ގްރޫޕް ދޭއްގައި ދަ ގްރޭންޑް އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯރޓްސް ކްލަބް (ދަ ގޭންގް) ކުޅުނު ފުރަތަމަ މެޗުންވެސް މޮޅު ވެއްޖެއެވެ.

ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފުގައި ދަ ގޭންގްގެ ފަރާތުން ގިނަ ހަމަލާތަކެއް ޒެފްރޯލްގެ ގޯލަށް އަމާޒުކުރިއެވެ.

ނަތީޖާއެއްގެ ގޮތުން މެޗު ނިމެން 11 މިނެޓަށް ވެފައިވަނިކޮށް ދަ ގޭންގުގެ އަބްދުލް މުހައިމިން ބޮލުން ގޯލެއް ކާމިޔާބުކޮށް މި މެޗުން ދަ ގޭންގަށް 3 ޕޮއިންޓް ކަށަވަރު ކޮށްދިނެވެ.

މި މުބާރާތުގައި އަންނަ އާދީއްތަ ދުވަހު ހަވީރު ދަ ގޭންގު ނިކުންނާނީ މަހިބަދޫ ސްޕޯރޓްސް އާ ދެކޮޅަށެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން މި މުބާރާތް ކުރިއަށް ދާއިރު ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ހަތަރު ޓީމެވެ.

ގްރޫޕް 1

  • ކުޑަ ހެންވޭރު ޔުނައިޓެޑް
  • ބީޖީ ސްޕޯޓްސް
  • ކްލަބު ޕީކޭ
  • ދިވެހި ސިފައިންގެ ކްލަބު

ގްރޫޕް 2

  • ކްލަބު ޒެފްރޯލް
  • ދަ ގްރޭންޑް އަމީގޯސް ނިއު ޖެނެރޭޝަން
  • ޖޭޖޭ ސްޕޯޓްސް ކްލަބު
  • މަހިބަދޫ ސްޕޯޓްސް ކްލަބު

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *