ބަންގްލަދޭޝް މުބާރާތުން ނަބީ އާއި ނަބާގެ ޕެއާ ލޯ މެޑަލް ހޯދައިފި

Advertisement

ބަންގްލަދޭޝް މުބާރާތުން ނަބީ އާއި ނަބާގެ ޕެއާ ލޯ މެޑަލް ހޯދައިފި

ޢަލީ ޝަހީމް
މޮރިޝަސް ސީރީސްގައި 2019 ވަނަ އަހަރު ހޯދި ލޯ މެޑަލްއާ އެކު ނަބީ އަދި ނަބާ. މި ދެކުޅުންތެރިން ވަނީ ބަންގްލަދޭޝް މުބާރާތުން ލޯ މެޑަލް ހާސިލްކޮށްފައި

ބަންގްލަދޭޝްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ބައިން ރާއްޖޭގެ ހުނަރުވެރި ދެ ބެޑްމިންޓަން ތަރިން ކަމަށްވާ އާމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ލޯ މެޑަލް ހޯދައިފި އެވެ.

ދެބެންގެ ޕެއާ މުބާރާތުން ވަކިވާން ޖެހުނީ ސެމީ ފައިނަލުގައި އިންޑިއާގެ ޕެއާއާ ވާދަކޮށް ބަލިވުމުންނެވެ. އެ މެޗުގެ ސެޓުތައް އިންޑިއާގެ ކުޅުންތެރިން ގެންދިޔައީ 21-14 އާއި 21-02 އިންނެވެ.

Advertisement

ނަބާ އާއި ނަބީގެ ޕެއާ ބެޑްމިންޓަން ޑަބަލްސްގައި ރާއްޖެއަށް ބައިނަލްއަގްވާމީ 10 މެޑަލް ވަނީ ހޯދައިދީފައެވެ. އެއީ ފަސް ލޯ މެޑަލް އާއި ހަތަރު ރިހި މެޑަލް އަދި އެއް ރަން މެޑަލް އެވެ. ރަން މެޑަލް ހޯދީ 2019 ވަނަ އަހަރު ޕާކިސްތާނުގައި އޮތް މުބާރާތެއްގަ އެވެ. ރިހި މެޑަލް ހޯދީ 2019 ވަނަ އަހަރުގެ އިންޑިއަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ދެކުނު އޭޝިއާގެ 21 އަހަރުގެ ދެ މުބާރާތެއްގެ އިތުރުން މޮރިޝަސް ބެޑްމިންޓަން ސީރީސްގަ އެވެ. 21 އަހަރުން ދަށުގެ ބައިން ރިހި މެޑަލް 2017 ވަނަ އަރަހާއި 2018 ވަނަ އަހަރު ހޯދިއިރު މޮރިޝަސް މުބާރާތުން ރިހި މެޑަލް ހޯދީ 2018 ވަނަ އަހަރު އެވެ.

މިފަހަރުގެ މުބާރާތުގެ އިތުރުން ލޯ މެޑަލް ހޯދީ 2017 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ މޮރިޝަސް ސީރީސްގެ އިތުރުން 2019 ވަނަ އަހަރު އޮތް ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތާއި 2018 ވަނަ އަހަރު ނޭޕާލްގައި އޮތް މުބާރާތުންނެވެ.

ބަންގްލަދޭޝް މުބާރާތުގެ މިކްސް ޑަބަލްސް ބައިގައި ރާއްޖޭގެ ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ އިއްޔެ ކުޅުނު ކުއާޓާ ފައިނަލް މެޗުން ވަނީ ބަލިވެފަ އެވެ. އިންޑިއާގެ ޕެއާއާ ވާދަކޮށް އެ މެޗުން ޒަޔާން އާއި ނަބާގެ ޕެއާ ބަލިވީ 21-23 އާއި 21-10 އިން ނެވެ.

ބަންގްލަދޭޝް މުބާރާތަށް ފަހު ނަބީ އާއި ނަބާގެ ޕެއާ ދެން ވާދަކުރާނީ މި މަހުގެ 12 އިން 19 އަށް ސްޕެއިންގައި އޮންނަ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގަ އެވެ. މިއީ ރާއްޖޭގެ ބެޑްމިންޓަންގެ ތާރީހުގައި ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކުޅުންތެރިން ތަމްސީލުކުރާނެ ފުރަތަމަ ފަހަރެވެ. މުބާރާތުގެ ފުރަތަމަ ބުރުގައި ނަބީ އާއި ނަބާގެ ޕެއާ ވާދަކުރާނީ ރަޝިއާގެ އެކަތެރީނާ މަލްކޯވާ އާއި އެލީނާ ޑަވްލެޓޯވާއާ އެވެ. ދުނިޔޭގެ މުބާރާތަށް މި ދެކުޅުންތެރިން ކޮލިފައިވީ އެންމެ ފަހުން ނެރުނު ބެޑްމިންޓަން ރޭންކިންގެ ޑަބަލްސް ބައިން ދުނިޔޭގެ 117 ވަނައިގައި ހިމެނުމުންނެވެ. ނަބީ އާއި ނަބާއާ ދެކޮޅަށް ވޯލްޑް ޗެމްޕިއަންޝިޕްގައި ނުކުންނަ ޕެއާ ރޭންކް ކޮށްފައިވަނީ 34 ވަނަ އަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *