ކިރަން މާޒިޔާއާ އެކު އަލުން ދިވެހި ފުޓްބޯޅަ އަށް

Advertisement

ކިރަން މާޒިޔާއާ އެކު އަލުން ދިވެހި ފުޓްބޯޅަ އަށް

ޢަލީ ޝަހީމް
މާޒިޔާ އަށް ސޮއިކުރުމަށް ފަހު ކިރަން ޖާޒީ ދައްކާލަނީ. - ފޮޓޯ: މާޒިޔާ

ނޭޕާލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ކިރަން ކުމާރު ލިމްބޫ ކުރިއަށް އޮތް ސީޒަނަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ގުޅިއްޖެ އެވެ. ކިރަން މާޒިޔާއާ ގުޅުނުކަން އެ ކްލަބުން ރަސްމީކޮށް އާއްމުކުރީ އިއްޔެ އެވެ.

މާޒިޔާ އަކީ ކިރަން ރާއްޖޭގައި ކުރާ ދެ ވަނަ ތަޖުރިބާ އެވެ. ކިރަން އެންމެ ފުރަތަމަ ދިވެހި ފުޓްބޯޅައިން ފެނުނީ 2017 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބުންނެވެ. އެ ކްލަބުގައި ފުރަތަމަ ސީޒަން ހޭދަކުރުމަށް ފަހު ޖެހިގެން އައި އަހަރު ކިރަން ވަނީ އިންޑިއާގެ އައި ލީގުގެ ކްލަބް މިނާވާ ޕަންޖާބަށް ބަދަލުވެފަ އެވެ. އެ ކްލަބުގައި ގިނަ ދުވަސްތަކެއް ނުވެ 2018 ވަނަ އަހަރު ކިރަން އެނބުރި ޓީސީ ސްޕޯޓްސް ކްލަބަށް އައެ އެވެ. އެފަހަރު ޓީސީން ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު ކިރަން ވަނީ ލީގުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދައިފަ އެވެ. ޓީސީ ދޫކޮށްލުމަށް ފަހު 2019 އަދި 2020 ވަނަ އަހަރު ކިރަން ކުޅުނީ އިންޑިއާގެ އައި ލީގުގެ ކްލަބް ރައުންޑްގްލާސް ޕަންޖާބަށެވެ. އިންޑިއާގައި ކުޅުމަށް ފަހު މިއަހަރު ކިރަން ފެނުނީ ނޭޕާލުގެ ދާންގަދީ ފުޓްބޯޅަ ކްލަބުންނެވެ.

އުމުރުން 31 އަހަރުގެ ކިރަން އަކީ މި ސަރަހައްދުގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ކީޕަރެވެ. ނޭޕާލުގެ ގައުމީ ޓީމަށް 2008 ވަނަ އަހަރު ކުޅެން ފަށައި ކިރަން ވަނީ 78 މެޗު ގައުމީ ޖާޒީގައި ކުޅެފަ އެވެ. އަދި މިދިޔަ މަހު ރާއްޖޭގައި އޮފް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ނޭޕާލް ގެންގޮސްދިނުމުގައި ކިރަން މުހިއްމު ދައުރެއް އަދާކުރި އެވެ.

ކިރަން އަކީ އާ ސީޒަނަށް ތައްޔާރުވާން މާޒިޔާއިން ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ. މާޒިޔާގެ ކޯޗަކަށް އާ ސީޒަނުގައި ހުންނާނީ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *