ސީޒަން ނުނިމެނީސް ޕޮގްބާ ޔުނައިޓެޑް ދޫކޮށްލަނީ؟

Advertisement

ސީޒަން ނުނިމެނީސް ޕޮގްބާ ޔުނައިޓެޑް ދޫކޮށްލަނީ؟

ޢަލީ ޝަހީމް

މެންޗެސްޓަރ ޔުނައިޓެޑްގެ އެއްބަސްވުން އާނުކޮށް އެހެން ކްލަބަކާ އެކު އަންނަ ޖެނުއަރީ މަހު ޕައުލް ޕޮގްބާ އެއްބަސްވުމަކަށް އަތުވެދާނެކަމުގެ އިޝާރާތެއް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާދީފި އެވެ.

ޔުނައިޓެޑާ އެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ. ޖެނުއަރީގެ ކުރިން ޕޮގްބާގެ އެއްބަސްވުން ޔުނައިޓެޑަށް އާނުކުރެވިއްޖެ ނަމަ ފިނި މޫސުގެ ޓްރާންސްފާ ބާޒާރުގައި ޕޮގްބާ އަށް އެހެން ކްލަބަކާއެކު ޕްރީ-ކޮންޓްރެކްޓް އެއްބަސްވުމަކަށް އާދެވޭނެ އެވެ. އަދި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާގައި ކްލަބް ބަދަލުކުރުމުގެ ފުރުސަތު ޕޮގްބާ އަށް ލިބޭނެ އެވެ.

Advertisement

ޕޮގްބާ ހޯދުމަށް ޔޫރަޕްގެ މަޝްހޫރު ބައެއް ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެތެރޭގައި ހިމެނޭ އެއް ކްލަބަކީ ކުރީގެ ކްލަބް ޔުވެންޓަސް އެވެ. މީގެ އިތުރުން ރެއާލް މެޑްރިޑާއި ޕީއެސްޖީ ވެސް ޕޮގްބާ ގެންދަން ޝައުގުވެރިކަން ފާޅުކުރެ އެވެ. މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ނުފޫޒުގަދަ އޭޖެންޓް ރައިއޯލާ ބުނީ ޕޮގްބާގެ އެއްބަސްވުމުގެ ވާހަކަ ދައްކަން އަދި އަވަސް ކަމަށާއި، އެކަމަކު ކުޅުންތެރިއަކު ކުރާ އުއްމީދެއް އޭނާ އަށް ނުހުއްޓުވޭނެ ކަމަށެވެ.

ޔުނައިޓެޑްގެ ޔޫތު ޓީމުން ވިދާލި ޕޮގްބާ ޔުވެންޓަސް އަށް ބަދަލުވީ ސީނިއާ ޓީމުން އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބުމުންނެވެ. ޔުވެންޓަސްގައި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއަކަށް ބަދަލުވެ ޔުނައިޓެޑުން ޕޮގްބާ އަނބުރާ އެޓީމަށް ގެނައީ ދުނިޔޭގެ ރެކޯޑް އަގަކަށެވެ. އެކަމަކު ޔުނައިޓެޑަށް ބަދަލުވުމަށް ފަހު އެއް ފެންވަރެއްގައި ޕޮގްބާ އަށް ނުކުޅެވޭތީ އަބަދުވެސް ފާޑުކިއުން އަމާޒުވެ އެވެ.

އުމުރުން 28 އަހަރުގެ ފްރާންސް މިޑްފީލްޑަރު މިހާރު ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. މި ސީޒަނުގައި ޔުނައިޓެޑަށް މިހާތަނަށް ކުޅުނު 13 މެޗުގައި ޕޮގްބާ އަށް ލަނޑެއް ނުޖެހުނު ނަމަވެސް ފުރަތަމަ މެޗުތަކުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ޕޮގްބާ ތަނަވަސްކޮށްދިނެވެ. އަނިޔާ އަށް ފަހު ޕޮގްބާ އަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނީ ޑިސެމްބަރު ފަހުކޮޅު ނޫނީ ޖެނުއަރީ މަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *