މަޅި އެމްވީ އިން ކްލަބް މޯލްޑިވްސް ކަޕްގެ ޓީމުތަކަށް ހާއްސަ އޮފާ އެއް

Advertisement

މަޅި އެމްވީ އިން ކްލަބް މޯލްޑިވްސް ކަޕްގެ ޓީމުތަކަށް ހާއްސަ އޮފާ އެއް

ޢަލީ ޝަހީމް
މަޅި އެމްވީ އިން ތައްޔާރުކުރި ޖާޒީ ސެޓެއްގެ ޓީމް ފޮޓޯ އެއް. ކްލަބް މޯލްޑިވްސް ކަޕްގެ ޓީމުތަކުގެ ޖާޒީ ސެޓް ހަދައިދޭނެކަމަށް މަޅި އެމްވީ އިން ބުނޭ. - ފޮޓޯ: މަޅި އެމްވީ

މި މަހުގެ 20 ވަނަ ދުވަހު ފަށާ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ޖާޒީ ހާއްސަ ޑިސްކައުންޓަކާ އެކު ތައްޔާރުކުރަން ޖާޒީ ހެދުމުގެ ވިޔަފާރި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މަޅި އެމްވީ އިން ނިންމައިފި އެވެ.

ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ކްލަބް މޯލްޑިވްސް ކަޕް މިއަހަރު ވެސް އޮންނާނީ ހުޅުމާލޭ ރެހެންދި ފުޓްސަލް ޓާފް ދަނޑުގަ އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 32 ޓީމުން ވާދަކުރާއިރު ވިމެންސް ފުޓްސަލް ފިއެސްޓާގައި މިއަހަރު 8 ޓީމު ވާދަކުރާނެ އެވެ. މި ހުރިހާ ޓީމެއް ވެސް މިހާރު އަންނަނީ ވަރަށް ފޯރީގައި މުބާރާތައް ތައްޔާރުވަމުންނެވެ.

Advertisement

“ފަހުމިނެޓް” އަށް މައުލޫމާތުދެމުން މަޅި އެމްވީން ބުނީ ކްލަބް މޯލްޑިވްސް ކަޕަށް އެ ކުންފުނިން ހާއްސަ ސަމާލުކަމެއްދީ ހެޔޮ އަގެއްގައި ޖާޒީ ތައްޔާރުކޮށްދޭން ނިންމީ މިއީ ފުޓްސަލްގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް މުބާރާތަށްވެފައި މުބާރާތަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބޭތީ ކަމަށެވެ.

“ކްލަބް މޯލްޑިވްސް އަކީ ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތް. އެހެންވެ މި މުބާރާތުގެ ޓީމުތަކަށް ޑިސްކައުންޓް ތަކަކާ އެކު ޖާޒީ ތައްޔާރުކުރަން ނިންމީ. އޯޑަރު ދިނުމުން ރަނގަޅު ފެންވަރުގެ ޖާޒީ ކޮންމެ ޓީމަކަށް ވެސް މަޅި އެމްވީން ފޯރުކޮށްދޭނެ. އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ފަރާތްތަކަކަށް ވެސް ރަނގަޅު އަގެއްގައި ފެންވަރު ރަނގަޅު ރީތި ޖާޒީ ފޯރުކޮށްދޭން” މަޅި އެމްވީގެ އޮފިޝަލަކު ބުންޏެވެ.

މަޅި އެމްވީން ނިންމާފައިވަނީ ކޮންމެ ޖާޒީ ސެޓަކާ އެކު އެޓީމެއްގެ އޮފިޝަލް ކިޓް ހިލޭ ދިނުމަށެވެ.

މަޅި އެމްވީން ވަނީ މިދިޔަ މަހު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށްގެން ސަޕޯޓަރުންގެ ޖާޒީއެއް ވެސް ބާޒާރަށް ނެރެފަ އެވެ. މި ޖާޒީ އަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. އަދި، އާއްމުކޮށް ރާއްޖޭގައި ބާއްވާ ފުޓްސަލްގެ ހުރިހާ މުބާރާތްތަކަކަށް ވެސް މަޅި އެމްވީން ޖާޒީ ތައްޔާރުކުރެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *