ބޮޑު މޮޅެއް ހޯދައި ޗެލްސީން އިތުބާރު ބޮޑުކޮށްފި

Advertisement

ބޮޑު މޮޅެއް ހޯދައި ޗެލްސީން އިތުބާރު ބޮޑުކޮށްފި

ޢަލީ ޝަހީމް

އަމިއްލަ ދަނޑުގައި 0-7 ގެ ބޮޑު ތަފާތަކުން ނޯވިޗް ސިޓީ ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ޗެލްސީ ހަމަޖެހިލައިފި އެވެ.

އެއް ވަނައިގައި ޗެލްސީ އޮތީ ކުޅުނު ނުވަ މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. އަށް މެޗުން 18 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލް މާދަމާ ރޭ ނުކުންނާނީ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ. އެ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ޗެލްސީގެ މަގާމަށް ބަދަލެއް ނާންނާނެ އެވެ. ތިން ވަނައިގައި 17 ޕޮއިންޓާ އެކު އޮތް މެންޗެސްޓަރ ސިޓީ މިރޭ ނުކުންނާނީ 15 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ބްރައިޓަންއާ ދެކޮޅަށެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ޗެލްސީގެ މުހިއްމު ފޯވާޑުން ކަމަށްވާ ރޮމެލޫ ލުކާކޫ އާއި ޓިމޯ ވާނާ ހުރީ އަނިޔާގަ އެވެ. ޗެލްސީގެ ކުރި ބެލެހެއްޓީ މިޑްފީލްޑަރު ކައި ހަވާޓްޒް އެވެ. މެޗުގައި ޗެލްސީން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު މޭސަން މައުންޓް ވަނީ ހެޓްރިކް ހަދައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ޗެލްސީ ތިން ގޯލުގެ ލީޑެއްގައި އޮވެގެންނެވެ. މި ހާފުގައި އެޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މައުންޓާއި ކަލުމް ހަޑްސަން އޮޑޯއީގެ އިތުރުން ރީސް ޖޭމްސް އެވެ. ދެ ވަނަ ހާފުގައި ޗެލްސީގެ ހަތަރު ވަނަ ލަނޑު ޖެހީ ބެން ޗިލްވެލް އެވެ. މިއީ ލީގުގައި ޖެހިޖެހިގެން ޗިލްވެލް ލަނޑު ޖެހި ތިން ވަނަ މެޗެވެ. ޗެލްސީގެ ފަސް ވަނަ ލަނޑަކީ ހަޑްސަން އޮޑޯއީ ނަގައިދިން ހުރަހަކުން މެކްސް އާރޮންސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފަހު ދެ ލަނޑު ޖަހައި މައުންޓް ހެޓްރިކް ހެދީ 85 ވަނަ މިނެޓާއި އިތުރު ވަގުތުގަ އެވެ. މައުންޓް އެއް ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

މައުންޓަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ޗެލްސީން ހެޓްރިކް ހެދި 20 ވަނަ ކުޅުންތެރިޔާ އެވެ. ޗެލްސީ އަށް ވުރެ ގިނައިން ހެޓްރިކް ހަދާފައިވަނީ 21 ކުޅުންތެރިން ހެޓްރިކް ހެދި އާސެނަލެވެ.

ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު މިއީ އެޓީމުގެ ކޯޗުކަމާ ތޯމަސް ޓުކެލް މިދިޔަ ޖެނުއަރީ މަހު ހަވާލުވި ފަހުން ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. މި ސީޒަނުގެ ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން ޗެލްސީ މޮޅުވިއިރު 23 ގޯލު ވަނީ ޖަހައިފަ އެވެ. އެޓީމު ކޮޅަށް ވަނީ އެންމެ ތިން ގޯލެވެ.

ލީގުގައި މިރޭ ސިޓީ އިން ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ 9:30 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *