12 vana kulhuntheriyaage eheeaaeku amaazah vaasilveveyne: Suzain

Advertisement

އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސަޕޯޓަރުން: ސުޒޭން

ޢަލީ ޝަހީމް
ސުޒޭން ގައުމީ ޓީމުގެ ޕްރެކްޓިހުގައި. ސަޕޯޓަރުންގެ ހިތްވަރަށް ވަނީ ތައުރީފްކޮށްފައި. - ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ގައުމީ ޓީމު މާދަމާގެ މެޗުގައި އިންޑިއާއާ ދެކޮޅަށް ނިކުންނައިރު، 12 ވަނަ ކުޅުންތެރިޔާގެ ފަރާތުން ލިބޭ ހިތްވަރާއި ތަރުހީބާއެކު ޓީމުގެ ކުޅުންތެރިންގެ މޯޓިވޭޝަން އިތުރުވެ މި މުބާރާތުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލްވެވޭނެ ކަމަށް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މާދަމާގެ މެޗުތަކަށް އެންމެ ކުރީގައި އުޅޭ ހަތަރު ޓީމު ނިކުންނައިރު، ރާއްޖެ އާއި ނޭޕާލްގެ އިތުރުން އިންޑިއާ އަދި ބަންގްލަދޭޝް އަށް ވެސް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މިވަގުތު އެއް ވަނައިގައި އޮތް ނޭޕާލަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ރާއްޖެ ދެ ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު ދެ ޓީމު ބައްދަލުކުރި މެޗުގެ ނަތީޖާއިން ނޭޕާލަށް ކުރިލިބިފައިވާތީ އެވެ. ތިން ވަނައިގައި އޮތް އިންޑިއާ އަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި ބަންގްލަދޭޝް އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. މުބާރާތުން މިހާރު ކަޓާފައިވަނީ ހުރިހާ މެޗެއް ކުޅުނުއިރު ޕޮއިންޓެއް ލިބިފައިވާ ސްރީ ލަންކާ އެވެ.

މާދަމާ ރޭ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ ސަޕޯޓަރުން ދައްކުވައިދޭ ހިތްވަރާއި ދެމުންދާ ތަރުހީބާއެކު ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލްވެވޭނެ ކަމަށެވެ.

“ގާތްގަނޑަކަށް 18 ވަރަކަށް ގަޑިއިރު ވަންދެން ކިއޫގައި ހުރެގެން ޓިކެޓް ނަގައިގެން ދަނޑަށް ކުޅިބަލަން ވަނުމަށްޓަކައި އެ ދައްކުވައިދޭ ނަމޫނާ އިން ވެސް ޓީމުގެ ކުޅުންތެރިން ހިތްވަރު ލިބިގަންނަން ޖެހޭ” ސަޕޯޓަރުންގެ ފޯރިއަށް އިޝާރާތްކުރަމުން ސުޒޭން ބުންޏެވެ.

May be an image of 4 people, people standing and crowd

ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ތަރުހީބުދެނީ. – ފޮޓޯ: އެފްއޭއެމް

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ 1-0 އިން ނޭޕާލް އަތުން ބަލިވެފަ އެވެ. އެކަމަކު އޭގެފަހުން ބަންގްލަދޭޝް އަތުން 0-2 އިން މޮޅުވެ ލަންކާއާ ވާދަކޮށް މޮޅުވީ 0-1 އިންނެވެ. ފަހު ދެ މެޗުން މޮޅު ހޯދުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއްބަޔަކީ ސަޕޯޓަރުންނެވެ. އަނެއްކޮޅުން ޓީމުގައި އޮތް ރޫހަކީ މީގެ ކުރިން ގައުމީ ޓީމަކުން ފެނިފައިނުވާ އެއްބައިވަންތަކަމެއް ކަމަށް ލަންކާ މެޗަށް ފަހު ސުޒޭން ވަނީ ބުނެފަ އެވެ. ސުޒޭންގެ އަމާޒަކީ ރާއްޖެއަށް ނެގެން އޮތް ޕޮޒިޓިވް ހުރިހާ ކަމަކާ އެކު މާދަމާ ރޭ އިންޑިއާ ބަލިކުރުމެވެ.

“މި ހުރިހާ ކަމަކަށް ބަލާއިރު ކުރިއަށް އޮތް މެޗުގައި ސަޕޯޓަރުން މާޔޫސްނުވާނެ ފަދަ ނަތީޖާއެއް ނެރުމަށްޓަކައި ޓީމުގެ ކުޅުންތެރިން ގަދައަޅައި މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް.” ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ، ޕޮއިންޓް ތާވަލް މިހާރު އޮތްގޮތުން ނޭޕާލާއި ރާއްޖެ އަށް އެޑްވާންޓޭޖް ބޮޑުކަމަށް ފެނުނު ނަމަވެސް ޕޮއިންޓެއް ހޯދައިގެން ފަރުޖައްސާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އިންޑިއާއާ ދެކޮޅަށް ނިކުންނާނީ މެޗުން ތިން ޕޮއިންޓް ހޯދުމުގެ އަޒުމުގައި ކަމަށް ސުޒޭން ބުންޏެވެ.

“މި ދެ މެޗު މި ފެންނަނީ ދެ ސެމީ ފައިނަލް ކަހަލަ ގޮތަކަށް. އެހެންވިޔަސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެބައޮތް އެޑްވާންޓޭޖެއް. ނޭޕާލަށް ވެސް އެބައޮތް. އެއީ އިރާދަކުރެއްވިއްޔާ އެއްވަރުވިޔަސް އަޅުގަނޑުމެންނަށް ފައިނަލަށް ދެވޭނެ،” ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކޯޗު ސުޒޭން ބުންޏެވެ.

މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި، މާދަމާ ރޭ ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން 21:00 ގައެވެ. މާދަމާ ހަވީރު ނޭޕާލް އާއި ބަންގްލަދޭޝް ވާދަކުރާ މެޗު ފަށާނީ 4 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *