އިތުރު 1000 ޓިކެޓް ވިއްކަން އެފްއޭއެމުން ނިންމައިފި

Advertisement

އިތުރު 1000 ޓިކެޓް ވިއްކަން އެފްއޭއެމުން ނިންމައިފި

ޢަލީ ޝަހީމް
ޓިކެޓް ހޯދަން ކިއޫ ހަދާފައި. ފޮޓޯ: ނިޝާން އަލީ / މިހާރު

މާދަމާ ހަވީރު ރާއްޖެ އާއި ސްރީ ލަންކާ ވާދަކުރާ މެޗުގެ ޓިކެޓް ހުސްވެ އާއްމުން އިހުތިޖާޖް ކުރަމުން ދަނިކޮށް ދިވެހި ސަޕޯޓަރުންނަށް އިތުރު 1000 ޓިކެޓް ވިއްކަން އެފްއޭއެމުން ނިންމައިފި އެވެ.

އެފްއޭއެމުން ދެންމެ މީޑިއާތަކާ ހިއްސާކުރި ބަޔާނުގައި ބުނީ ކޮންމެ މީހަކަށް ޓިކެޓެއްގެ މަގުން 1000 ޓިކެޓް ވިއްކަން ފަށާނީ މިރޭ 8 ޖަހާއިރު ސޯޝަލް ސެންޓަރުގައި ކަމަށެވެ.

Advertisement

މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކަށް ގިނަވެގެން ވައްދަނީ 5000 ސަޕޯޓަރުންނެވެ. ކޮވިޑާ ގުޅިގެން ސަޕޯޓަރުން ދަނޑަށް ވައްދާ އަދަދު މަދުކޮށްފައިވާއިރު، ރާއްޖެ ކުޅޭ މެޗުތަކަށް ބޮޑު ޑިމާންޑެއް އޮވެ އެވެ. ރާއްޖެ އާއި ލަންކާ މެޗުގެ ޓިކެޓް މިއަދު 10 ޖަހާއިރު ވިއްކަން ހަމަޖެއްސިއިރު ފަތިހު 5:30 އިން ފެށިގެން އާއްމުން ދިޔައީ ކިއޫގައި ބައިވެރިވަމުންނެވެ. ޓިކެޓް ވިއްކަން 10 ޖަހާއިރު ފެށިތާ ކުޑައިރުކޮޅެއްތޭ ޓިކެޓް ހުސްވިކަމަށް ބުނެ ކައުންޓަރު ވަނީ ބަންދުކޮށްފަ އެވެ. އެކަމާ ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ދަނޑަށް ވަދެފަ އެވެ. އަދި ޓިކެޓް ނުލިބެނީސް ނުދާނެކަމަށް ބުނެ ބައެއް ސަޕޯޓަރުން ވަނީ އެތަނުގައި ކޭމްޕް ޖަހައިފަ އެވެ. މި މައްސަލަ ހޫނުވެފައިވަނިކޮށް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ވަނީ ސަޕޯޓަރުން ކެތްތެރިވުމަށް އިލްތިމާސްކޮށްފަ އެވެ.

ޓިކެޓް މައްސަލައިގައި އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނީ މެޗު ބެލުމަށް ކުޅުންތެރިންގެ އާއިލާ އާއި އެފްއޭއެމްގެ ސްޕޮންސަރުންނާއި ފުޓްބޯޅަ ކްލަބްތަކަށް ވިއްކުމަށް 2500 ޓިކެޓް ހަމަޖައްސާފައިވާކަމަށެވެ. މީގެ އިތުރުން ސަޕޯޓަރުންނަށް ވިއްކުމަށް ކަނޑައަޅާފައިވާ ހުރިހާ ޓިކެޓެއް މިހާރު ހުސްވެފައިވާކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ. އެކަމަކު ދިވެހިރާއްޖެ ކުޅޭ މި މެޗުގެ ކުޅިބަލަން ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެފްއޭއެމުން ނިންމީ ވީހާވެސް ގިނަ ބަޔަކަށް މެޗަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

“…މިގޮތުން ސްޕޮންސަރުންނާއި ކްލަބްތައް އަދި ކުޅުންތެރިންގެ އާއިލާތަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓްތަކުގެ ތެރެއިން އިތުރު 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކުމަށް މިހާރު ވަނީ ނިންމާފައި. މި 1000 ޓިކެޓް ވިއްކަން ފަށާނީ މީހަކަށް ޓިކެޓެއްގެ މަގުން މިރޭ 20:00 ގައި ސޯޝަލް ސެންޓަރުގައިކަން މައުލޫމާތަށްޓަކައި ދަންނަވަން” އެފްއޭއެމުން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

 

އިތުރު ތަފްސީލް އަންނަނީ……

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *