ސްކޯ ޕްރެޑިކްޝަން ބޮޑު އިނާމު: ލޮޓަސް ބައިކް ޝޮޕުން އިލެޓްރިކް ސްކޫޓަރެއް
މިއަދު ހަވީރު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާ ގުޅުވައިގެން “ފަހުމިނެޓް” އިން “ލޮޓަސް ބައިކް ޝޯޕް” އާ ގުޅިގެން އަގުބޮޑު އިނާމެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއީ ހަމައެކަނި ރާއްޖެ ހޯސްޓެއްގެ ގޮތުގައި ސާފް ޗެމްޕިއަންޝިޕް ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތުގައި ޖުމްލަ 12 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގައި ވާދަކުރަނީ ރާއްޖެ، ނޭޕާލް، ސްރީ ލަންކާ، ބަންގްލަދޭޝް، އަދި އިންޑިއާ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ލަންކާ އާއި ބަންގްލަދޭޝް ވާދަކުރާއިރު ދެ ވަނަ މެޗުގައި މިރޭ ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
މި މުބާރާތް ރާއްޖޭން ކާމިޔާބުކުރީ 2008 ވަނަ އަހަރާއި އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރު އެވެ. އެ ދެފަހަރު ވެސް ފައިނަލުގައި ރާއްޖެ މޮޅުވީ އިންޑިއާ އަތުންނެވެ.
ލޮޓަސް ބައިކް ޝޮޕާ ގުޅިގެން ފަހުމިނެޓުން ސްކޯ ޕްރެޑިކްޝަން ޗެލެންޖެއް ހުޅުވާލީ މި މުބާރާތް ދިވެހިންގެ މެދުގައި އިތުރަށް ފޯރިގަދަކުރުމުގެ ގޮތުންނެވެ. މިގޮތުން މިފަހަރު ހުޅުވާލި ފުރުސަތުގައި ކޮންމެ މެޗެއްގެ ސްކޯ ދިމާކޮށްގެން “ގިފްޓް ހެމްޕަރ” އެއް ހޯދުމުގެ ފުރުސަތާއި އެންމެ ގިނަ ސްކޯ ދިމާކުރާ ފަރާތަކަށް ލޮޓަސް ބައިކް ޝޮޕުން ސްޕޮންސާ ކޮށްފައިވާ އިލެކްޓްރިކް ސްކޫޓަރެއް ލިބޭނެ އެވެ.
ކޮންމެ މެޗެއްގެ ސްކޯ ދިމާކުރުމަށް ޖެހޭނީ ފަހުމިނެޓް ފޭސްބުކް ޕޭޖުން އަޕްލޯޑް ކުރާ މެޗް ޕޯސްޓަށް ކޮމެންޓް ކުރާށެވެ. ކޮންމެ މެޗެއް ފެށުމުގެ ކުރިން ކޮމެންޓްކުރަން ޖެހޭއިރު މެޗު ފެށުމުގެ ފަހުން ކުރާ ކޮމެންޓްތައް ބަލައެއްނުގަނެވޭނެ އެވެ. އެއް ފަރާތަށް ވުރެ ގިނައިން ސްކޯ ދިމާކޮށްފިނަމަ ގިފްޓް ހެމްޕަރ ލިބޭނެ ފަރާތެއް ކަނޑައަޅާނީ ގުރު ނަގައިގެންނެވެ. ލޮޓަސް ފިހާރައިން ސްޕޮންސާ ކުރާ މި ގިފްޓް ހެމްޕާގައި އަގުހުރި އިނާމުތަކެއް ހިމެނޭނެ އެވެ.
ގްރޭންޑް ޕްރައިޒް ލިބޭނީ މުބާރާތުގެ ކުޅޭ 12 މެޗުގެ ތެރެއިން އެންމެ ގިނަ ސްކޯ ދިމާކުރާ ފަރާތަކަށެވެ. އެފަރާތަކަށް ލިބޭނީ ލޮޓަސް ބައިކް ޝޮޕުން ބާޒާރަށް ނެރެފައިވާ އައިމާ މަލެން އިލެކްޓްރިކް ސްކޫޓަރެކެވެ. މިއީ ގާތްގަނޑަކަށް 16000 ރުފިޔާގެ އަގުހުރި އިނާމެކެވެ.
މެޗުތަކުގެ ސްކޯ ދިމާކުރުމުގެ ފުރުސަތު ސަޕޯޓަރުންނަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.
Advertisement
Leave a Reply