މަޅި އެމްވީ އިން ނެރުނު ސަޕޯޓަރުންގެ ޖާޒީ އަށް ބޮޑު ތަރުހީބެއް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޖާޒީ ވިޔަފާރިކުރާ މަޅި އެމްވީ އިން ސާފް ޗެމްޕިއަންޝިޕަށް ނެރުނު ސަޕޯޓަރުންގެ ޖާޒީ އަށް އާދިޔާހިލާފު ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް މަޅި އެމްވީ އިން ބުނެފި އެވެ.
މަޅި އެމްވީ އިން އަންނަނީ ފުޓްސަލާއި ފުޓްބޯޅައިގެ އިތުރުން އެހެނިހެން ކުޅިވަރުތަކަށް ވެސް ތަފާތު ޑިޒައިނުގެ ޖާޒީ ތައްޔާރުކުރަމުންނެވެ. އެ ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު ދިވެހި ގައުމީ ޓީމުގެ ސަޕޯޓަރުންގެ ޖާޒީ ގިނަ ބަޔަކު އަންނަނީ ގަންނަމުންނެވެ. އެގޮތުން މިރޭ ނޭޕާލާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ނެރުނު ސަޕޯޓަރުންގެ ޖާޒީ ސްޓޮކް މިހާރު ވަނީ ހުސްވެފަ އެވެ.
“ފުރަތަމަ މެޗުގެ ސްޓޮކް މިހާރު ހުސްވެއްޖެ. އިރާދަކުރެއްވިއްޔާ މި މަހުގެ ހަތް ވަނަ ދުވަހު ބަންގްލަދޭޝް މެޗުގެ ކުރިން އިތުރު ސްޓޮކެއް ބާޒާރަށް ނެރޭނަން” މަޅި އެމްވީގެ އޮފިޝަލަކު “ފަހުމިނެޓް” އަށް ބުންޏެވެ.
މަޅި އެމްވީ އިން ބާޒާރަށް ނެރުނީ ސަޕޯޓަރުންގެ ރަތް ޖާޒީ އަކާއި ހުދު ޖާޒީއެކެވެ. ބޮޑެތި މީހުންގެ ޖާޒީގެ އަގު 195 ގައި އުޅޭއިރު ކުޑަކުދިންނަށް ހާއްސަ ޖާޒީ ވިއްކަނީ 150 އަށެވެ. އެ ކުންފުނިން ބުނީ ބޭނުންވާ ސައިޒް މަޅި އެމްވީގެ ފޭސްބުކް ޕޭޖަށް އިންބޮކްސް ކޮށްލުމުން ޖާޒީ ގަނެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.
ސްކޯ ދިމާކޮށްގެން ސަޕޯޓަރުންގެ ޖާޒީއެއް ލިބުމުގެ ފުރުސަތު
މަޅި އެމްވީ އާއި ފަހުމިނެޓް ގުޅިގެން މިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވަނީ ސްކޯ ދިމާކޮށްގެން ޖާޒީ ލިބޭނެ ހަރަކާތެއް ކުރިއަށްގެންގޮސްފަ އެވެ. އަދި މިފަހަރު ވެސް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ މެޗުތަކުގެ ސްކޯ ދިމާކޮށްގެން ސަޕޯޓާސް ޖާޒީއެއް ލިބޭނެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ނޭޕާލް އާއި ރާއްޖެ މިރޭ 9 ޖަހާއިރު ބައްދަލުކުރާއިރު، މި މެޗުގެ ސްކޯ ޖެހުމުގެ ސުންގަޑިއަކީ ދެ ވަނަ ހާފު ފެށުމުގެ ކުރިންނެވެ. ސްކޯ ދިމާކޮށްގެން ހޮވޭ ނަސީބުވެރިއަކަށް ސަޕޯޓަރުންގެ ޖާޒީއެއް ލިބޭނެ އެވެ. ސްކޯ ޕްރެޑިކްޓް ކުރަންޖެހޭނީ ފަހުމިނެޓް ފޭސްބުކް ޕޭޖްގަ އެވެ. ކޮންމެ މީހަކަށް އެއް ކޮމެންޓް ކުރެވޭއިރު ކޮމެންޓް އެޑިޓް ކޮށްފިނަމަ އެ ކޮމެންޓެއް ބަލައެއް ނުގަނެވޭނެ އެވެ.
މިރޭ ކުޅޭ މެޗަށް ފަހު ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މި މަހުގެ ހަތް ވަނަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި މަހުގެ 10 ވަނަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅޭއިރު 13 ވަނަ ދުވަހު ކުޅޭނީ އިންޑިއާއާ އެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
Advertisement


Leave a Reply