އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރަން ޓީޓީ ޓީމު ގަތަރަށް

Advertisement

އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރަން ޓީޓީ ޓީމު ގަތަރަށް

ޢަލީ ޝަހީމް
ދޯހާގައި އަންގާރަ ދުވަހު ފަށާ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީޓީ ގައުމީ ޓީމް. - ފޮޓޯ: ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

25 ވަނަ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ޓޭބަލް ޓެނިސް ގައުމީ ޓީމު ރޭ ގަތަރުގެ ދޯހާ އަށް ގޮސްފި އެވެ.

މިއީ ކޮވިޑާ ގުޅިގެން ބައިނަލްއަގްވާމީ މުބާރާތްތަކަށް އައި މަޑުޖެހުމަށް ފަހު ރާއްޖޭގެ ޓީޓީ ޓީމު ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ޓީމު އެންމެ ފަހުން ވާދަކުރި ބައިނަލްއަގްވާމީ މުބާރާތަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގެ ކަތުމަންޑޫގައި އޮތް ސައުތު އޭޝިއަން ގޭމްސް އެވެ. ރާއްޖޭގައި މި އަހަރު ބާއްވަން ޝެޑިއުލްކުރި ބައިނަލްއަގްވާމީ ދެ މުބާރާތް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

Advertisement

ޓީމެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަނުކުރިނަމަވެސް ގައުމީ ޓީޓީ ޓީމުގައި ހިމެނޭ ފާތިމަތު ދީމާ އަލީ ވަނީ މިދިޔަ މަހު ޕޯޗުގަލްގައި އޮތް ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކޮށްފަ އެވެ. އެ މުބާރާތުގައި އުމުރުން 14 އަހަރުގެ ދީމާ ވާދަކުރީ 15 އަހަރުން ދަށުގެ ކެޓަގަރީގަ އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ އަންނަ އަންގާރަ ދުވަހު ދޯހާގައި ފަށާ މުބާރާތުގެ އެންމެ ބޮޑު އަމާޒަކީ ދެކުނު އެފްރިކާގައި މިއަހަރު ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ކޮލިފައިވުން ކަމަށެވެ.

ޓީޓީ ގައުމީ ޓީމުގައި ހިމެނެނީ ހަތަރު ފިރިހެން ކުޅުންތެރިންނާއި ހަތަރު އަންހެން ކުޅުންތެރިންނެވެ. ފިރިހެން ކުޅުންތެރިންނަކީ ޒީސްތު ނަސީމް، މޫސާ މުންސިފް، ޝައްފާން އިސްމާއީލް އައި އަކްޔާލް އެވެ. އަންހެން ހަތަރު ކުޅުންތެރިންނަކީ ދީމާގެ އިތުރުން އާއިޝަތު ރަފާ ނާޒިމް، ލައިސާ ފަތުހުﷲ އަދި މިޝްކާ މުހައްމަދު އިބްރާހީމް އެވެ. މިއީ އުމުރުން 13 އަހަރުގެ މިޝްކާ ގައުމީ ޓީމުގައި ހިމެނިގެން ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ޓޭބަލް ޓެނިސް ގައުމީ ޓީމުގެ ކޯޗަކީ ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *