ބޮޑު ކުރިމަތިލުމަކަށް ސިޓީން ލިވަޕޫލް ބަލިކުރަން ނިކުންނަނީ

Advertisement

ބޮޑު ކުރިމަތިލުމަކަށް ސިޓީން ލިވަޕޫލް ބަލިކުރަން ނިކުންނަނީ

ޢަލީ ޝަހީމް

ޗެމްޕިއަންސް ލީގް ސެމީ ފައިނަލުން މެންޗެސްޓަރ ސިޓީ އަށް ޖާގަ ލިބޭނީ މިރޭ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅޭ މެޗުން ލިވަޕޫލް އާ ވާދަކޮށް ތިން ލަނޑަށް ވުރެ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. މިރޭ މެޗު 0-3 ގެ ނަތީޖާއަކުން ނިމިއްޖެނަމަ އިތުރު ވަގުތުގެ ދެހާފްކުޅެ އެއްވަރުވެއްޖެނަމަ ޕެނަލްޓީ ޖަހާނެއެވެ.

މެންޗެސްޓަރ ސިޓީ ވަނީ މިހަފްތާގެ ޕްރިމިއަރ ލީގް މެޗުން ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާ ބައްދަލުކޮށް 2-3 ގެ ނަތީޖާއަކުން ބަލިވެފައެވެ. ޔުނައިޓެޑް ބަލިކޮށްގެން ސިޓީއަށް 3 ޕޮއިންޓާއެކު ލީގު ކަށަވަރުކުރެވެން އޮތް މިމެޗުގެ ފުރަތަމަ ހާފްގައި ސިޓީއިން ދެ ލަނޑު ޖަހާފައިވަނިކޮށް، ޔުނައިޓެޑުން ވަނީ ދެވަނަ ހާފުގެ 23 މިނެޓު ތެރޭގައި 3 ލަނޑު ޖަހާ ނަތީޖާ 2-3 އަށް ބަދަލުކޮށްލާފައެވެ. މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ މެނޭޖިން ކެރިއަރުގައި ޖެހިޖެހިގެން ދެމެޗުން އޭނާގެ ޓީމެއް ކޮޅަށް 3 ގޯލް ވަދެގެން ބަލިވި ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗަށް ނުކުންނައިރު ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ “ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން ލިވަޕޫލް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައިވިޔަސް، ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު ދޫކޮށެއްނުލާ ކަމުގައެވެ.”

ސިޓީއަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މިރޭގެ މެޗަށް ފޯވާޑް ސާޖިއޯ އަގުއޭރޯ ފިޓްވުމެވެ. ލިވަޕޫލުން މިރޭގެ މެޗަށް ނުކުންނައިރު، ފުރަތަމަ ލެގުގައި ލިބުނު އަނިޔާއަކަށްފަހު ބަދަލުކުރި މިސްރުގެ ކުޅުންތެރިޔާ މުޙައްމަދު ސަލާހް މިރޭގެ މެޗުގައި ކުޅޭނެ ކަމަށް ބެލެވެ އެވެ. ޕްރިމިއަރ ލީގުގައި ލިވަޕޫލުން އެންމެފަހުން އެވަޓަން އާ ދެކޮޅަށް ކުޅުނު ޑާބީ މެޗުގައި ސަލާހް ކުޅެފައެވެ ނުވެއެވެ. ނަމަވެސް، ޗެމްޕިއަންސް ލީގު މި ސީޒަންގައި މިހާތަނަށް 8 ގޯލް ކާމިޔާބުކޮށްފައިވާ ސަލާހް ވަނީ އިއްޔެގެ ފަރިތަކުރުން ތަކުގައި ބައިވެރިވެފައެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ގާޑިއޯލާ އަށް ވަރަށް ތަޢުރީފްކުރި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، ގާޑިއޯލާއަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗު ކަމަށެވެ.”

ލިވަޕޫލާ އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *