އެލްޓީ ސްޕޯޓްސް ކަޓުވާލުމަށް ފަހު ބިސްބުރު ފައިނަލަށް

Advertisement

އެލްޓީ ސްޕޯޓްސް ކަޓުވާލުމަށް ފަހު ބިސްބުރު ފައިނަލަށް

ފަހުމިނެޓް
ބިސްބުރު ސްޕޯޓްސް އިން މިރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު. -

ތިންވަނަ ޑިވިޝަން މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބިސްބުރު ސްޕޯޓްސް ހޯދައިފި އެވެ. ބިސްބުރު ސްޕޯޓްސް ފައިނަލުގެ ޖާގަ ހޯދީ މިރޭ އެފްއޭއެމް އެއް ނަންބަރު ޓާފުގައި ކުޅުނު ސެމީ ފައިނަލުގައި ލިޓްލް ޓައުން ސްޕޯޓްސް ކްލަބް (އެލްޓީ ސްޕޯޓްސް ކުލަބް) އާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.

ބިސްބުރު ސްޕޯޓްސް ސެމީފައިނަލަށް ދަތުރުކުރީ ގުރޫޕް އެކެއްގެ ދެވަނަ ހޯދައިގެން، ކުއާޓާ ފައިނަލުގައި ވަރުގަދަ ޓީނޭޖް ބަލިކޮށްގެންނެވެ. މިރޭގެ މޮޅާއެކު މުބާރާތުގެ ފައިނަލުން ބިސްބުރު ސްޕޯޓްސް ޖާގަ ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޖެހި ދެ ގޯލު ވެސް ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނިޓުގައި މުހައްމަދު ފައިހާން އިމްރާން ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު 42 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ މުހައްމަަދު ފާރިޝް ހަސަނެވެ. މިއީ ފާރިޝް މިމުބާރާތުގައި ކާމިޔާބުކުރި ހަވަނަ ގޯލެވެ.

މުބާރާތުގެ ފައިނަލުގައި އަންނަ ހޯމަ ދުވަހުގެ ރޭ 8:30 ގައި ބިސްބުރު ސްޕޯޓްސް ކުލަބް ނުކުންނާނީ މިހާތަނަށް މުބާރާތުގައި 31 ލަނޑު ކާމިޔާބު ކޮށްފައިވާ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *