ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޒޯން 6 ގެ ޗެމްޕިއަންކަން ތިމަރަފުށި ހޯދައިފި

Advertisement

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޒޯން 6 ގެ ޗެމްޕިއަންކަން ތިމަރަފުށި ހޯދައިފި

ޢަލީ ޝަހީމް

އެސް.ޓީ.އޯ މިނިވަން ޗެމްޕިއަންޝިޕް 2018 ޒޯން 6 ގެ ޗެމްޕިއަންކަން ތ.ތިމަރަފުށި ހޯދައިފިއެވެ.

ތިމަރަފުށި ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ތިމަރަފުށީ ދަނޑުގައި ލ.މާބައިދޫ އާ ބައްދަލުކުރި ފައިނަލް މެޗުގެ ދެވަނަ ލެގު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުން މިދިޔަ ބުރާސްފަތި ދުވަހު މާބައިދޫ ދަނޑުގައި ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ފައިނަލް މެޗުގެ ދެވަނަ ލެގުގައި މޮޅުވެގެން ކޮންމެ ޓީމަކަށްވެސް ޗެމްޕިއަންކަން ހޯދުމުގެ ފުރުޞަތު އޮތް މިމެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު މާބައިދޫއިން ވަނީ ތިމަރަފުށި ސިއްސުވާލާ ލީޑު ނަގާފައެވެ. ތިމަރަފުށީ ޓީމުގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މެޗުގެ 6 ވަނަ މިނެޓުގައި މާބައިދޫގެ ޖާޒީ ނަންބަރު 17 އަބްދުﷲ ފަރީޝް ވަނީ ކީޕަރު ކައިރިންވެސް ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ.

މާބައިދޫގެ މިލަނޑާއެކު ތިމަރަފުށިން ކުޅުން ރަނގަޅުކޮށް މެޗުގެ 13 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 21 އަޙްމަދު ރަޝީދެވެ. އަދި އޭގެ 12 މިނެޓުފަހުން ތިމަރަފުށީ ޓީމުގެ ޑިފެންޑަރު އަލީ ސަލާމް ވަނީ އިތުރު ލަނޑެއް ޖަހާ ތިމަރަފުއްޓަށް ލީޑު ނަގާ ދީފައެވެ.

މެޗުގެ ފުރަތަމަ ހާފް 1-2 ގެ ނަތީޖާއަކުން ތިމަރަފުށި ލީޑުގައި އޮވެ ނިންމާލިއިރު، ދެވަނަ ހާފު ފަށައިގެން މެޗުގެ ކުޜީކޮޅު ތިމަރަފުށީގެ ޖާޒީ ނަންބަރު 8 އަޙްމަދު މައުރޫފް ބޯޅަ ނެތީސް ކުރި ފައުލަކާ ގުޅިގެން ރެފްރީވަނީ އޭނާއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެކަކަު މަދުކޮށް ކުޅެ ދެވަނަ ހާފް ގައިވެސް ތިމަރަފުއްޓަށްވަނީ ގިނަ ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ. ތިމަރަފުއްޓަށް ޗެމްޕިއަންކަން ލިބުނީ 2-3 ގެ އެގްރިގޭޓުންނެވެ.

މިއީ ޒޯން ޗެމްޕިއަންކަން ވިދިވިދިގެން ތިމަރަފުށި ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.

ފައިނަލް ބުރުގައި ތިމަރަފުށި ދެން ވާދަކުރަން ޖެހޭނީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރަކުން ޖާގަ ހޯދި ޓީމުތަކާއި، މިއަހަރުގެ މުބާރާތުގެ ޒޯން ޗެމްޕިއަންކަން ހޯދާ ޓީމުތަކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *