ސަލާހް މޮޅު ކުޅެމެއް ދައްކައި ލިވަޕޫލްގެ ފެށުން ރަގަޅުކޮށްދީފި

Advertisement

ސަލާހް މޮޅު ކުޅެމެއް ދައްކައި ލިވަޕޫލްގެ ފެށުން ރަގަޅުކޮށްދީފި

ޢަބްދުﷲ އަޝްރަފް

ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހްގެ މޮޅު ކުޅުމާއެކު އާ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފި އެވެ. އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ނޯވިޗާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗް 0-3 އިން އެ ޓީމުން ކާމިޔާބުކުރި އިރު ސަލާހް ވަނީ ފަހު ގޯލް ޖަހައި ފުރަތަމަ ދެ ގޯލް ޖަހަން އެހީތެރިވެދީފަ އެވެ.

ލިވަޕޫލާއި ނޯވިޗް ބައްދަލުކުރި މެޗް ލިވަޕޫލުން ފރށީވެސް ބޮޑު ހިތްހަމަޖެހުމަކާއެކު އެވެ. ރޭގެެ މެޗަކީ އަނިޔާގެ ސަބަބުން 10 މަސްދުވަސްވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު ލިވަޕޫލްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެންޑައިކް ފުރަތަމަ ފަހަރަށް ކުޅެން ނުކުތް ވާދަވެރި މެޗެވެ. މެޗްގައި ލިވަޕޫލުން ޖެހި ފުރަތަމަ ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީވެސް އަނިޔާގެ ސަބަބުން މިދިޔަ ސީޒަންގައި ގިނަ މެޗްތަކެއް ގެއްލުނު ޕޯޝްގަލްގެ ފޯވާޑް ޑިއޮގޯ ޖޯޓާ އެވެ.

ލިވަޕޫލުން ރޭގެ މެޗްގައި ލީޑް ނެގުމާ ހަމައަށް އަމިއްލަ ދަނޑުގައި ކުޅެމުން އައި ނޯވިޗުން އައީ ރަގަޅު ކުޅުމެއް ދައްކަމުންނެވެ. މެޗްގެ ލީޑް ހޯދުމާ ގާތަށްވެސް އެމީހުން ދިޔަ އެވެ. އެކަމަކު މެޗްގެ ކުރީކޮޅު ނޯވިޗްގެ ފޯވާޑް ޓީމޫ ޕޫއްކި ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލަށް ނުވަދެ ސަލާމަތްވީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން އެ ބޯޅަ މަތަކުރުމުންނެވެ. އެކަމަކު ލިވަޕޫލުން ފުރަތަމަ ހާފްގެ މެދަކާ ހަމައިން ގޯލްޖެހުމާއެކު ނޯވިޗަށް ކުރިން ކުޅުނު ކުޅުމަށް އެނބުރި އާދެވޭ ވަރެއް ނުވި އެވެ.

ރޭގެ މެޗްގައި ލިވަޕޫލުން ޖެހި ދެވަނަ ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި ކާމިޔާބުކުރީ އޭގެ ހަތަރު މިނެޓްކުރިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރެޒިލްގެ ރޮބާޓް ފިރްމީނޯ އެވެ. ލލިވަޕޫލުން ދެވަނަ ލަނޑު ކާމިޔާބުކުރުމުގެ ކުރިން މެޗްގެ ފަހު ހާފު ފަށައިގެން ހަވަނަ މިނެޓްގެ ތެރޭގައި ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލަށް ނުވަދެ ސަލާމަތްވީ ހަމަ ކިރިޔާ އެވެ. އެ ބޯޅަ ދިފާއުކުރީ ނޯވިޗްގެ ޑިފެންޑަރު މެކްސް އާރޮންސް އެވެ.

މެޗްގައި ލިވަޕޫލުން ޖެހި ފަހު ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ސަލާހް ޖެހީ އެ ޓީމަށް ލިބުނު ކޯނަރެއް ގޯލް ކުރިމައްޗަށް ހުރަސްވި ވަގުތު ނޯވިޗްގެ ޑިފެންޑަރުންނަށް ރަގަޅަށް ސާފުކޮށް ނުލެވި އުޅެނިކޮށް އޭގެ ފައިދާ ނަގައިގެން ހޯދި ބޯޅައެއް ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. މި ލަނޑާއެކު ސަލާހް ވެފައިވަނީ ޖެހިޖެހިގެން ފަސް ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގު ހުޅުވި ހަފްތާ ބަންދުގައި ގޯލް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *