ޖެހިޖެހިގެން ތިންވަނަ ފަހަރަށް ތ.އަތޮޅުގެ ޗެމްޕިއަންކަން ތިމަރަފުށި ހޯދައިފި

Advertisement

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ތ.އަތޮޅުގެ ޗެމްޕިއަންކަން ތިމަރަފުށި ހޯދައިފި

ޢަލީ ޝަހީމް

އެސް.ޓީ.އޯ މިނިވަން ޗެމްޕިއަންޝިޕްގެ ތ. އަތޮޅުގެ ޗެމްޕިއަންކަން ތިމަރަފުށިން ހޯދައިފިއެވެ.

ތިމަރަފުށި ޗެމްޕިއަންކަން ހޯދީ އެއަތޮޅު ވަންދޫ އާ ބައްދަލުކުރި ފައިނަލް މެޗުގެ ދެވަނަ ލެގު 1-1 ގެ ނަތީޖާ އަކުން އެއްވަރުކޮށް 3-5 ގެ އެގްރިގޭޓުންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ލެގު ވަންދޫ ފުޓުބޯޅަ ދަނޑުގައި ފަސޭހަކަމާއެކު ތިމަރަފުށިން ކާމިޔާބުކުރީ 2-4 ގެ ނަތީޖާއަކުންނެވެ.

ތިމަރަފުށީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ ދެވަނަ ލެގުގައި ތިމަރަފުއްޓަށް ލީޑު ނަގައިދިނީ މެޗުގެ 10 ވަނަ މިނެޓުގައި އަހުމަދު ތޯހިރު ކާމިޔާބުކޮށްދިން ގޯލުންނެވެ. މި ގޯލާއެކު މެޗުގެ ފުރަތަމަ ހާފް 0-1 ގެ ނަތީޖާއަކުން ތިމަރަފުށި ކުރީގައި އޮވެ ނިންމާލި އިރު، ދެވަނަ ހާފްގައި ވަންދޫއިން ވަނީ މެޗަށް އަނބުރާ އައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، މެޗު ނިމެން 5 މިނެޓަށް ވެފައިވަނިކޮށް ވަންދޫއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަހުމަދު ޝަބީނެވެ.

މިއީ ތިމަރަފުށި ތ.އަތޮޅުގެ ޗެންޕިއަންކަން ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ. ތިމަރަފުށިން ވަނީ 2015 ވަނަ އަހަރު މިނިވަންޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލްގައިވެސް ކުޅެފައެވެ. އެ އަހަރު ފައިނަލްގައި ބ.އޭދަފުށްޓާ ވާދަކޮށް ތިމަރަފުށި ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ތ. އަތޮޅުން ވާދަކުރީ ވަންދޫއާއި ތިމަރަފުއްޓެވެ. ދެޓީމު ބައިވެރިވެފައިވުމުން ތ. އަތޮޅު ބުރުގައި ކުޅެފައިވަނީ ހޯމް އަދި އަވޭ އުސޫލުން ދެމެޗެވެ.

ތ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައި، ތިމަރަފުށި ވަނީ ޒޯން ހަތެއްގެ ޒޯން ބުރަށް ކޮލިފައިވެފައެވެ. ޒޯން ބުރުގައި ތިމަރަފުށި ވާދަކުރަން ޖެހޭނީ ލ. އަތޮޅުގެ ޗެމްޕިއަނުން މާބައިދުއާއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *