ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ނިންމުމާއެކު ރައީސަށް ބޮޑު އުފަލެއް

ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށް ވިދާޅުވެ އެކަމުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ އެކު މަސައްކަތްކުރި ހުރިހާ ފަރާތްތަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފި އެވެ. ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމުގެ އުފާ ރައީސް ހިއްސާކުރެއްވީ ސޯޝަލް މީޑިއާގައި އިއްޔެ ކުރެއްވި ޕޯސްޓެއްގަ އެވެ.
ސާފުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ރާއްޖެ އަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުނީ ބައިވެރިވި މެމްބަރު ހުރިހާ ގައުމެއްގެ ތާއީދު ލިބިގެންނެވެ. މިއީ ރާއްޖޭގައި ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބާއްވާނެ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ބޭއްވީ ސްރީ ލަންކާއާ ގުޅިގެން 2008 ވަނަ އަހަރު އެވެ. އެ އަހަރު ރާއްޖެ ހިމެނުނު ގްރޫޕް ސްޓޭޖުގެ މެޗުތައް ގަލޮޅު ދަނޑުގައި ކުޅުނުއިރު ލަންކާ ގްރޫޕުގެ މެޗުތައް ކުޅުނީ އެގައުމުގަ އެވެ. މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ފުރަތަމަ ފަހަރަށް ހޯދީ އެފަހަރު ލަންކާގައި ކުޅުނު ފައިނަލުގައި 1-0 އިން އިންޑިއާ ބަލިކޮށްގެންނެވެ.
Exciting news! Maldives has been selected as the hosts for this year’s SAFF Football Championship to be held in October.
My congratulations to @MaldivesFA and others in the sports fraternity who worked hard to make this possible.
— Ibrahim Mohamed Solih (@ibusolih) August 9, 2021
13 ވަނަ ސާފް ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވަން ހަމަޖެއްސީ ޕާކިސްތާނުގަ އެވެ. އެކަމަކު ބަންގްލަދޭޝްގެ އެދުމުގެ މަތިން އެގައުމުގައި މިދިޔަ އަހަރު މުބާރާތް ބާއްވަން ނިންމި އެވެ. ބަންގްލަދޭޝްގައި މުބާރާތް ނުބޭއްވުނީ ކޮވިޑާ ހެދި އެގައުމުގެ މާލީ ނިޒާމަށް ބުރަވެ މުބާރާތް ބާއްވަން ރަނގަޅު ސްޕޮންސަރުން ލިބޭގޮތް ނުވުމުންނެވެ. ބަންގްލަދޭޝުން މުބާރާތް ނުބޭއްވޭނެކަމަށް އިއުލާން ކުރުމުން ބިޑް ކުރަން އަލުން ހުޅުވާލި ފުރުސަތުގައި ރަސްމީކޮށް ބިޑް ހުށަހެޅީ ނޭޕާލާ ރާއްޖެ އިންނެވެ.
Alhamdhulillahi ????????
We have won the bid to host the 13th edition of SAFF Championship 2021. Much needed event for our nation & citizens.
Special thanks to HEP @ibusolih for the support & encouragement. Minister @AhmedMahloof for the invaluable support throughout the bidding. pic.twitter.com/Kef0IrjJoX
— Bassam Adeel Jaleel (@bassam_jaleeI) August 9, 2021
މިފަހަރުގެ މުބާރާތް ކުރިއަށްދާނީ އޮކްޓޫބަރު 1 އިން 13 ގެ ނިޔަލަށެވެ. މުބާރާތުގައި ވާދަކުރާނެކަމުގެ ޔަގީންކަން ލިބިފައިވަނީ ފަސް ގައުމަކުންނެވެ. އެއީ ރާއްޖެ އާއި އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ލަންކާ އިންނެވެ. ޕާކިސްތާން ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުން އެގައުމަށް މިފަހަރު ވާދައެއްނުކުރެވޭނެ އެވެ. ކޮވިޑާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ބޫޓާނަށް ކުރިމަތިވެފައިވާ ހުރަސްތަކާ އެކު އެގައުމުން އެންމެ ފުރަތަމަ ނިންމީ މިފަހަރު ވާދަނުކުރާ ގޮތަށެވެ. އެކަމަކު އޮކްޓޫބަރު މަހު ބާއްވާ މުބާރާތުގައި ވާދަކުރުމާ މެދު އެގައުމުން މިހާރު ވަނީ ދެ ވަނަ ވިސްނުމަކަށް ގޮސްފަ އެވެ. އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަސްތެރޭ މުބާރާތުގައި ބައިވެރިވުމާ މެދު ބޫޓާނުން ގޮތެއް ނިންމާނެ އެވެ.
Very Happy that ???????? has won the bid to host the 13th SAFF Championship.
Congratulations @MaldivesFA & Pres. @bassam_jalee for the amazing work they’ve done to win the bid. Special thanks to HEP @ibusolih for the invaluable support. Looking forward to an exciting tournament. pic.twitter.com/Bro9MChWk4
— Ahmed Mahloof (@AhmedMahloof) August 9, 2021
ސާފް ސުޒުކީ ކަޕްގެ ނަމުގައި އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ފައިނަލުގައި 2-1 އިން އިންޑިއާ ބަލިކޮށް ހޯދީ ރާއްޖޭންނެވެ.
މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ރާއްޖެ އަށް ލިބުމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށާއި ރައީސަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި މިނިސްޓަރު މަހުލޫފް ވަނީ ބިޑް ކާމިޔާބުކުރުމުގައި އެފްއޭއެމުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް މަރުހަބާ ދަންނަވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެދެއްވާ އެއްބާރުލުން މަހުލޫފް ފާހަގަކުރައްވާފަ އެވެ. ރާއްޖެއަށް ލިބުނު މި ފުރުސަތާ އެކު ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެފްއޭއެމުން ކުރި ބުރަ މަސައްކަތަށް ޝުކުރުއަދާކުރައްވާފަ އެވެ.
Advertisement


Leave a Reply