ޕީއެސްޖީ އަށް ސޮއިކުރަން އުޅޭކަމުގެ އިޝާރާތެއް މެސީ ދީފި

Advertisement

ޕީއެސްޖީ އަށް ސޮއިކުރަން އުޅޭކަމުގެ އިޝާރާތެއް މެސީ ދީފި

ޢަލީ ޝަހީމް

މަޖުބޫރުވެގެން ބާސެލޯނާ ދޫކޮށްލުމަށް ފަހު މިވަގުތު އެއްވެސް ކްލަބެއް ނެތި ހުރި ލިއޮނަލް މެސީ ފްރާންސްގެ ޕީއެސްޖީއާ ގުޅޭނެކަމުގެ އިޝާރާތެއް އޭނާ މިއަދު ދީފި އެވެ.

މެސީ މި މޭރުމުން ވާހަކަދެއްކީ ބާސެލޯނާއާ އަލްވަދާއު ކިޔުމުގެ ގޮތުން މިއަދު އެ ކްލަބުގެ ސްޓޭޑިއަމްގައި އޮތް ޕްރެސް ކޮންފަރެންސްގަ އެވެ.

“އެއީ ޕޮސިބިލިޓީ އެއް. އެކަމަކު އަހަރެން އަދި އެއްވެސް ޓީމަކާ އެކު އެއްބަސްވުމަކަށް ނާންނަން. އެކި ކްލަބްތަކުން ޝައުގުވެރިކަން ފާޅުކޮށްފި. އެއްވެސް ކަމެއް ކަށަވަރެއް ނުވޭ އަދި. އެކަމަކު ޕީއެސްޖީއާ މިދަނީ ވާހަކަދައްކަމުން” މެސީ ދެން ފެންނާނެ ކްލަބަކާ ގުޅޭގޮތުން ޕްރެސްގައި ސުވާލުކުރުމުން ޖަވާބުގައި މެސީ ބުންޏެވެ.

Cury: Neymar, Messi will be reunited at Barcelona

މެސީ ބާސެލޯނާގައި ނޭމާއާ އެކު. އަނެއްކާވެސް މި ދެކުޅުންތެރިން އެއް ޓީމަކުން ފެނުމުގެ ފުރުސަތު ބޮޑު

މެސީގެ އެއްބަސްވުން ޖުލައި މަހު ހަމަވުމުން އޭނާ ހުރީ ފްރީ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރެވޭ ގޮތަށެވެ. އެކަމަކު މެސީ ބާސެލޯނާގައި މަޑުކުރަން ނިންމައި ކްލަބާ އެކު ފަސް އަހަރުގެ ދުވަހުގެ އެއްބަސްވުމަކަށް ދާން ހުރިހާ ކަމެއް އޮތީ ހަމަޖެހިފަ އެވެ. ފަހުވަގުތު ބާސެލޯނާ އިން މެސީ ދޫކޮށްލަން ޖެހުނީ ސްޕެނިޝް ލީގުގެ އުސޫލުތަކާ އެއްގޮތައް މެސީގެ މުސާރައިގެ ކަންކަން ހަމަޖެއްސެން ނެތުމުންނެވެ.

އެއްބަސްވުމުގެ ފަހު އަހަރަށް ދިއުމުގެ ކުރިން މެސީ ވަނީ މިދިޔަ އަހަރު ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަމަށް ބުނެފަ އެވެ. އެކަމަކު ފަހު ވަގުތު މެސީ ބޭނުންވީ ކްލަބުގައި މަޑުކުރާށެވެ. މިދިޔަ އަހަރު މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން ހާމަކުރުމާއެކު އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅުކުރީ ޕީއެސްޖީ އާއި އިނގިރޭސި ކްލަބް މެންޗެސްޓަރ ސިޓީ އިންނެވެ. އެކަމަކު ސިޓީން މިހާރު މެސީ ގެންދިއުމުގެ ޝައުގުވެރިކަން ނެތުމުން މިފަހަރުގެ ރޭހުގެ އެންމެ ކުރި ޕީއެސްޖީ އަށް ވަނީ ލިބިފަ އެވެ.

ޕީއެސްޖީ އަށް މެސީ ބަދަލުވާނެކަމަށް ބެލެވޭއިރު އެ ކްލަބުގައި މިހާރު ވެސް ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިން އެބަތިއްބެވެ. އޭގެތެރޭގައި ކިލިއަން އެމްބާޕޭ އާއި ނޭމާގެ އިތުރުން ޑިފެންޑަރު ސާޖިއޯ ރާމޯސް ހިމެނެ އެވެ.

ފްރާންސްގެ މަޝްހޫރު ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މެސީ މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި ޕީއެސްޖީގެ މެޑިކަލް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީޑިއާ ރިޕޯޓުތަކާ ހަވާލާދޭއިރު މެސީ އަންނަ ސީޒަނުގައި ފެންނާނީ ޕީއެސްޖީން ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އަދި ނުސީދާކޮށް ޕީއެސްޖީގެ ވާހަކަ މެސީ ބުނުމާ އެކު މިހާރު މެސީގެ ޓްރާންސްފާ ގާތްގަނޑަކަށް ވަނީ ޔަގީންވެފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *