ތިންވަނަ ޑިވިޝަން: ގުރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިއަދު

Advertisement

ފަހުމިނެޓް
ރޭގެ މެޗުގެ ކުރިން ލޮރެންޒޯ ސްޕޯޓްސްގެ ޓީމު ފޮޓޯއަކަށް އެތުރިގެން. ލޮރެންޒޯ ކުއާޓާ ފައިނަލަށް ދަތުރުކުރީ ގުރޫޕް 2 ގެ އެއްވަނައިގެ ގޮތުގައި. - ފޮޓޯ: ލޮރެންޒޯ ސްޕޯޓްސް ކްލަބް

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ކުޅުން މިއަދު ނިމޭނެ އެވެ. މެދުކެނޑުމަކަށް ފަހު މުބާރާތުގެ ކުޅުން ކުރިއަށް ދާއިރު މިއަދު ކުޅޭނީ ގުރޫޕް 3 އަދި 4 ގެ ފަހު މެޗެވެ.

ހަވީރު 4 ޖަހާއިރު މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް 3 ގެ އެލްޓީ ސްޕޯޓްސް ކުލަބާއި ބުރު ސްޕޯޓްސް ކުލަބެވެ. ތިން ޓީމު ހިމެނޭ މި ގުރޫޕުން، މި ދެޓީމު ވެސް ވަނީ ކުއާޓާ ފައިނަލުން ޖާގަ ޔަގީން ކޮށްފި އެވެ. ސްޕޯޓްސް ކުލަބް ހޮސްކޯވޯ ކުޅުން ދެމެޗުން ވެސް ބަލިވެ، މުބާރާތުން ކެޓިއިރު، މިވަގުތު ފައިދާ ހަތް ގޯލާ އެކު އެއްވަނައިގައި އޮތީ ބުރު ސްޕޯޓްސް އެވެ. ފައިދާ އެއް ގޯލާ އެކު އެލްޓީ ސްޕޯޓްސް އޮތީ ދެވަނައިގަ އެވެ.

Advertisement

މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ 08:30 ގައި ވާދަކުރާނީ ގުރޫޕް 4 ގެ ކްލަބް އޯވަންއޯ އާއި ރޭޖް ސްޕޯޓްސް ކުލަބެވެ. މި ގުރޫޕުގައި ވެސް ތިން ޓީމު ހިމެނޭއިރު، ކުލަބް ޓީނޭޖް ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާ އެކު، ކުއާޓާގެ ޖާގަ ޔަގީން ކޮށްފަ އެވެ. އޯވަންއޯ އާއި ރޭޖް ސްޕޯޓްސް އަށް އަދި ޕޮއިންޓެއް ނުލިބޭއިރު، މިރޭގެ މެޗު ކާމިޔާބު ކޮށްގެން ދެޓީމަށް ވެސް ކުއާޓާފައިނަލަށް ދިޔުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް މެޗު އެއްވަރު ވެއްޖެ ނަމަ، ފައިދާ ގޯލުގެ ތަފާތުން ކުއާޓާއަށް ދަތުރުކުރާނީ ކުލަބް އޯވަންއޯ އެވެ.

ގުރޫޕް 1 އަދި 2 ގެ ކުޅުން އިއްޔެ ނިމުނުއިރު، ފުރަތަމަ މެޗުގައި ބިސްބުރު ސްޕޯޓްސް ވަނީ 6-0 އިން ސީބީއެލް ސްޕޯޓްސް ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. މިމެޗުގައި ބިސްބުރުގެ މުހައްމަދު ފާރިޝް ހަސަން ހަތަރު ގޯލު ޖެހިއިރު އަނެއް ދެ ލަނޑު ޖަހައިދިނީ އަހުމަދު ރިއުމާން މުހައްމަދެވެ. ތިން މެޗަށް ފަހު ބިސްބުރު ސްޕޯޓްސް އިން، އެއްވަނައިގައި އޮތް ޓެންޓް ސްޕޯޓްސްއާ އެއްވަރަށް ހަތް ޕޮއިންޓާއި ފައިދާ ހަތް ގޯލު ހަމަކުރި ނަމަވެސް ބިސްބުރަށް ގުރޫޕުގެ ދެވަނަ ލިބެނީ ޓެންޓް ސްޕޯޓްސް އަށް ވުރެ ޖެހި ގޯލު މަދުވީމަ އެވެ. ޓެންޓުން 11 ގޯލު ޖެހިއިރު ބިސްބުރުން ޖެހީ 9 ގޯލެވެ.

ގުރޫޕް 2ގެ ފަހު މެޗުގައި ރޭ ބައްދަލުކުރީ ލޮރެންޒޯ ސްޕޯޓްސް ކުލަބާއި ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބެވެ. މިމެޗު 1-1 އިން އެއްވަރުވިއިރު، ދެޓީމު ވެސް ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދާފަ އެވެ. މެޗުގެ 66 ވަނަ މިނިޓުގައި އާދަމް ނުޒައިރު ލޮރެންޒޯ އަށް ލީޑު ނަގައިދިން އިރު ކެޕިޓަލް ސިޓީ އަށް ނަތީޖާ އެއްވަރު ކޮށްދިނީ 83 ވަނަ މިނިޓުގައި ޒާހިދު އިބްރާހިމް އެވެ. ލޮރެންޒޯ ސްޕޯޓްސް އަށް ފަސް ޕޮއިންޓާ އެކު ގުރޫޕުގެ އެއްވަނަ ލިބޭއިރު، ކެޕިޓަލް ސްޕޯޓްސް ކުއާޓާއަށް ދިޔައީ ހަތަރު ޕޮއިންޓާއި ފައިދާ އެއް ގޯލާ އެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ބެންޗް ސްޕޯޓްސް އަށް ވެސް ހަތަރު ޕޮއިންޓް ލިބުނުއިރު އެޓީމު ގުރޫޕް ތިންވަނައިގައި ނިންމީ ފައިދާ ގޯލު ނެތުމުންނެވެ.

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ކުޅުން މިއަދު ނިމޭނެ އެވެ. މެދުކެނޑުމަކަށް ފަހު މުބާރާތުގެ ކުޅުން ކުރިއަށް ދާއިރު މިއަދު ކުޅޭނީ ގުރޫޕް 3 އަދި 4 ގެ ފަހު މެޗެވެ.

ހަވީރު 4 ޖަހާއިރު މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް 3 ގެ އެލްޓީ ސްޕޯ÷ޓްސް ކުލަބާއި ބުރު ސްޕޯޓްސް ކުލަބެވެ. ތިން ޓީމު ހިމެނޭ މި ގުރޫޕުން، މި ދެޓީމު ވެސް ވަނީ ކުއާޓާ ފައިނަލުން ޖާގަ ޔަގީން ކޮށްފި އެވެ. ސްޕޯޓްސް ކުލަބް ހޮސްކޯވޯ ކުޅުން ދެމެޗުން ވެސް ބަލިވެ، މުބާރާތުން ކެޓިއިރު، މިވަގުތު ފައިދާ ހަތް ގޯލާ އެކު އެއްވަނައިގައި އޮތީ ބުރު ސްޕޯޓްސް އެވެ. ފައިދާ އެއް ގޯލާ އެކު އެލްޓީ ސްޕޯޓްސް އޮތީ ދެވަނައިގަ އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ 08:30 ގައި ވާދަކުރާނީ ގުރޫޕް 4 ގެ ކްލަބް އޯވަންއޯ އާއި ރޭޖް ސްޕޯޓްސް ކުލަބެވެ. މި ގުރޫޕުގައި ވެސް ތިން ޓީމު ހިމެނޭއިރު، ކުލަބް ޓީނޭޖް ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާ އެކު، ކުއާޓާގެ ޖާގަ ޔަގީން ކޮށްފަ އެވެ. އޯވަންއޯ އާއި ރޭޖް ސްޕޯޓްސް އަށް އަދި ޕޮއިންޓެއް ނުލިބޭއިރު، މިރޭގެ މެޗު ކާމިޔާބު ކޮށްގެން ދެޓީމަށް ވެސް ކުއާޓާފައިނަލަށް ދިޔުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް މެޗު އެއްވަރު ވެއްޖެ ނަމަ، ފައިދާ ގޯލުގެ ތަފާތުން ކުއާޓާއަށް ދަތުރުކުރާނީ ކުލަބް އޯވަންއޯ އެވެ.

ގުރޫޕް 1 އަދި 2 ގެ ކުޅުން އިއްޔެ ނިމުނުއިރު، ފުރަތަމަ މެޗުގައި ބިސްބުރު ސްޕޯޓްސް ވަނީ 6-0 އިން ސީބީއެލް ސްޕޯޓްސް ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. މިމެޗުގައި ބިސްބުރުގެ މުހައްމަދު ފާރިޝް ހަސަން ހަތަރު ގޯލު ޖެހިއިރު އަނެއް ދެ ލަނޑު ޖަހައިދިނީ އަހުމަދު ރިއުމާން މުހައްމަދެވެ. ތިން މެޗަށް ފަހު ބިސްބުރު ސްޕޯޓްސް އިން، އެއްވަނައިގައި އޮތް ޓެންޓް ސްޕޯޓްސްއާ އެއްވަރަށް ހަތް ޕޮއިންޓާއި ފައިދާ ހަތް ގޯލު ހަމަކުރި ނަމަވެސް ބިސްބުރަށް ގުރޫޕުގެ ދެވަނަ ލިބެނީ ޓެންޓް ސްޕޯޓްސް އަށް ވުރެ ޖެހި ގޯލު މަދުވީމަ އެވެ. ޓެންޓުން 11 ގޯލު ޖެހިއިރު ބިސްބުރުން ޖެހީ 9 ގޯލެވެ.

ގުރޫޕް 2ގެ ފަހު މެޗުގައި ރޭ ބައްދަލުކުރީ ލޮރެންޒޯ ސްޕޯޓްސް ކުލަބާއި ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބެވެ. މިމެޗު 1-1 އިން އެއްވަރުވިއިރު، ދެޓީމު ވެސް ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދާފަ އެވެ. މެޗުގެ 66 ވަނަ މިނިޓުގައި އާދަމް ނުޒައިރު ލޮރެންޒޯ އަށް ލީޑު ނަގައިދިން އިރު ކެޕިޓަލް ސިޓީ އަށް ނަތީޖާ އެއްވަރު ކޮށްދިނީ 83 ވަނަ މިނިޓުގައި ޒާހިދު އިބްރާހިމް އެވެ. ލޮރެންޒޯ ސްޕޯޓްސް އަށް ފަސް ޕޮއިންޓާ އެކު ގުރޫޕުގެ އެއްވަނަ ލިބޭއިރު، ކެޕިޓަލް ސްޕޯޓްސް ކުއާޓާއަށް ދިޔައީ ހަތަރު ޕޮއިންޓާއި ފައިދާ އެއް ގޯލާ އެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ބެންޗް ސްޕޯޓްސް އަށް ވެސް ހަތަރު ޕޮއިންޓް ލިބުނުއިރު އެޓީމު ގުރޫޕް ތިންވަނައިގައި ނިންމީ ފައިދާ ގޯލު ނެތުމުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *