ވަންދޫ ބަލިކޮށް ތ. އަތޮޅު މުބާރާތުގެ ފުރަތަމަ މެޗު ތިމަރަފުއްޓަށް

Advertisement

ވަންދޫ ބަލިކޮށް ތ. އަތޮޅު މުބާރާތުގެ ފުރަތަމަ މެޗު ތިމަރަފުއްޓަށް

ޢަލީ ޝަހީމް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތ. އަތޮޅު ބުރުގެ ފުރަތަމަ މެޗު ތިމަރަފުށި ކާމިޔާބު ކޮށްފިއެވެ. އެ އަތޮޅުން މިފަހަރު ބައިވެރިވީވެސް މި ދެޓީމު އެކަންޏެވެ. މިއަދު ހަވީރު ވަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ތިމަރަފުށި މޮޅުވީ 4-2 އިންނެވެ.

ޒުވާން ޓީމަކާއެކު ހުސް ރަށު ކުޅުންތެރިން ނިސްބަތްވާ ތިމަރަފުށީގެ ހަތަރު ލަނޑުވެސް މިއަދު ޖަހައިދިނީ 23 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. މިއަދުގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ވަންދޫ ޓީމުންނެވެ. މި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ޖެހީ އެޓީމުގެ އަހްމަދު ޝަބީން އެވެ. ފުރަތަމަ ހާފު ނިމެން 7 މިނެޓަށް ވެފައި ވަނިކޮށް ތިމަރަފުށި ޓީމުން އެއްވަރުކުރީ އަމީން ޝާހް ޖަހައިދިން ލަނޑުންނެވެ. ތިމަރަފުށިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 62 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ޒަޔާން މުލާޒް އެވެ. އެޓީމުގެ ތިންވަނަ ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޖެހީ އަހްމަދު ހައިލަމް އެވެ. މެޗުގެ އިތުރު ވަގުތުގައި ވަންދޫ ޓީމުގެ ދެވަނަ ލަނޑު ޖެހީވެސް ފުރަތަމަ ލަނޑު ޖެހި އަހްމަދު ޝަބީން އެވެ. އިތުރު ވަގުތުގެ ފަހު މިނެޓުގައި ތިމަރަފުށި ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ އަލީ އިލްމާން އެވެ.

Advertisement

މި ދެޓީމު ވާދަކުރާ ދެވަނަ މެޗު އަންނަ އާދިއްތަ ދުވަހު ކުޅޭނީ ތިމަރަފުށީގައެވެ. އަތޮޅު ޗެމްޕިއަންކަން ލިބޭނީ ދެމެޗުގެ އެގްރިގޭޓުން ކުރި ލިބޭ ޓީމަކަށެވެ. މޮޅުވާ ޓީމެއް ވާދަކުރާނީ ލ. އަތޮޅު ޗެމްޕިއަން ޓީމާއެކު ޒޯން ބުރުގައެވެ. ތިމަރަފުއްޓަކީ މިދިޔަ އަހަރުވެސް ޒޯން މުބާރާތް ކާމިޔާބުކޮށް 2016 ވަނަ އަހަރު މި މުބާރާތުގެ ދެވަނަ ހޯދި ޓީމެކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *