ޔުނައިޓެޑުން ވަކިކުރިފަހުން ހުސްކޮށްހުރި ވެން ހާލްއާ ނެދަލެންޑްސް ޓީމު ހަވާލުކޮށްފި

Advertisement

ޔުނައިޓެޑުން ވަކިކުރިފަހުން ހުސްކޮށްހުރި ވެން ހާލްއާ ނެދަލެންޑްސް ޓީމު ހަވާލުކޮށްފި

ޢަލީ ޝަހީމް

ހުސްވެފައިވާ ނެދަލެންޑްސް ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެޓީމަށް އިރުޝާދުދީފައިވާ ލުއީ ވެން ހާލް ހަވާލުވެއްޖެ އެވެ.

އުމުރުން 69 އަހަރުގެ ނެދަލެންޑްސް އަށް އުފަން ތަޖުރިބާކާރު ކޯޗު އެންމެ ފަހުން އެޓީމަށް އިރުޝާދުދިނީ 2012 އިން 2014 އަށެވެ. އޭގެ ކުރިން ވެން ހާލް ވަނީ 2000 އިން 2002 އަށް ވެސް ނެދަލެންޑްސް އަށް ކޯޗުކަން ކޮށްދީފަ އެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ނެދަލެންޑްސްގެ ކޯޗުކަން ދޫކޮށް ވެން ހާލް ދެން ހަވާލުވީ މެންޗެސްޓަރ ޔުނައިޓެޑާ އެވެ. ޔުނައިޓެޑުން 2016 ވަނަ އަހަރު ވެން ހާލް ވަކިކުރިފަހުން އޭނާ މިދިޔަ ފަސް އަހަރު ދުވަހު ހުރީ އެއްވެސް ޓީމަކާ ނުގުޅި އެވެ.

Advertisement

ނެދަލެންޑްސްއާ އެކު ކުރި ފުރަތަމަ ތަޖުރިބާގައި ވެން ހާލްގެ ރެކޯޑް ރަނގަޅެއް ނޫނެވެ. އެފަހަރު އޭނާ މަގާމް ދޫކޮށްލީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައި ނުވުމުންނެވެ. އެކަމަކު 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގައި ވެން ހާލް ވަނީ ނެދަލެންޑްސް އަށް ތިން ވަނަ ހޯދައިދީފަ އެވެ. އަދި ޔުނައިޓެޑްގެ ކޯޗުކަމުގައި އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކުރި އެވެ. ކޯޗިން ކެރިއަރުގައި 20 ތަށި ހޯދާފައިވާ ވެން ހާލްގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ އަޔަކްސް އަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމެވެ. މީގެ އިތުރުން ބާސެލޯނާ އަދި ބަޔާން މިއުނަކަށް ވެން ހާލް ވަނީ ލީގު ތަށި ހޯދައިދީފަ އެވެ.

އަލުން ނެދަލެންޑްސްއާ ހަވާލުވެ ވެން ހާލް އެންމެ ފުރަތަމަ ނުކުންނާނީ އަންނަ މަހު ކުޅޭ ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކަށެވެ. ވެން ހާލް ބުނީ ނެދަލެންޑްސް ފުޓްބޯޅަ ގުޅިފައި އޮންނަނީ އޭނާގެ ހިތާ ކަމަށާއި، އެޓީމާ އަލުން ހަވާލުވުމަކީ ލިބުނު ފަހުރެއް ކަމަށެވެ.

ނެދަލެންޑްސް ފުޓްބޯޅަ އެސޯސިއޭޝަންގެ ޑިރެކްޓަރ ނިކޯ-ޔަން ހޫގްމާ ބުނީ އަންނަ މަހު ކޮލިފައިންގައި ކުޅެން ޖެހޭ ތިން މެޗުގެ ކުރިން އެޓީމަށް މާ ގިނަ ވަގުތެއް ނުލިބޭނެ ކަމަށާއި، ވެން ހާލްއާ ކޯޗުކަން ހަވާލުކުރީ އެންމެ މަތީ ފަންތީގައި ރެކޯޑް ރަނގަޅުވުމުންކަމަށެވެ.

2014 ވަނަ އަހަރު ވެން ހާލް ނެދަލެންޑްސް ޓީމު ދޫކޮށްލި ފަހުން މިދިޔަ ހަތް އަހަރެއްހާ ދުވަހު އެޓީމަށް ހަތް ކޯޗުން ވަނީ ހަމަޖައްސާފަ އެވެ. އޭގެތެރޭގައި ގުސް ހިޑިންކާއި ޑެނީ ބްލިންޑް، ޑިކް އެޑްވޮކާޓް އަދި ރޮނާލް ކޫމަން ހިމެނެ އެވެ. ނެދަލެންޑްސް އަށް އެންމެ ފަހުން ކޯޗުކޮށްދިނީ އެޓީމުގެ ކުރީގެ ތަރި ފްރޭންކް ޑި ބޮއާ އެވެ. އެކަމަކު މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގައި ޗެކް ރިޕަބްލިކް އަތުން ބަލިވުމުން ޑި ބޮއާ މަގާމް ދޫކޮށްލީ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *