މުޅި 2021 ޖޮކޮވިޗް ރަނަށް ހަދަނީ

Advertisement

މުޅި 2021 ޖޮކޮވިޗް ރަނަށް ހަދަނީ

ޢަބްދުﷲ އަޝްރަފް

ދުނިޔޭގައި ބޭއްވޭ އެންމެ ޝަރަފްވެރި ޓެނިސް މުބާރާތްތައް ކަމަށްވާ ގްރޭންޑް ސްލޭމް ހުރިހާ މުބާރާތެއްގެ ޗެމްޕިއަންކަން އެއް އަހަރެއްގެ ތެރޭގައި ހޯދުމުގެ އިތުރުން އޮލިމްޕިކް ގޭމްސްގެ ފިރިހެން ސިންގަލްސް އިވެންޓުން ރަން މެޑަލް ހޯދުމުގެ އަޒުމުގައި މަސައްކަތްކުރަމުން އަންނަ ސާބިއާގެ ނޮވާކް ޖޮކޮވިޗް ޓޯކިޔޯ އޮލިމްޕިކްސްގައި ވާދަކުރަމުން އަންނަ ފިރިހެނުންގެ ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި މިވަގުތު ހުރި އުމުރުން 34 އަހަރުގެ ޖޮކޮވިޗް ވަނީ މިއަހަރުގެ ތެރޭގައި މިހާތަނަށް ބޭއްވުނު ގްރޭންޑް ސްލޭމް ތިން މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަންގެ އިތުރުން އިނގިރޭސި ވަލާތުގައި ބާއްވާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަންވެސް މިއަހަރު ހޯދައިފަ އެވެ. މި ތިން ތަށްޓާއެކު ޖޮކޮވިޗް ވަނީ އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރުމުގެ ރެކޯޑް އޮތް ފިރިހެން ދެެ ކުޅުންތެރިންކަމަށްވާ ސްވިޒަލޭންޑްގެ ރޮޖާ ފެޑެރާ އާއި ސްޕެއިން ރަފައެލް ނަޑާލް އާ އަރާ ހަމަކޮށްފަ އެވެ. މި ތިން ކުޅުންތެރިންވެސް ވަނީ މިހާތަނަށް 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ.

މިއަދު ކުޅުނު ފިރިހެން ސިންގަލްސް ކުއާޓާ ފައިނަލް މެޗްގައި ޖޮކޮވިޗް ވާދަކޮށްފައިވަނީ ޖަޕާންގެ ކެއި ނިޝިކޯރީ އާއެވެ. މި މެޗް ޖޮކޮވިޗް ކާމިޔާބުކޮށްފައިވަނީ 2-6 އަދި 0-6 އިންނެވެ. މާދަމާ ކުޅޭ ސެމީ ފައިނަލްގެ މެޗްގައި ޖޮކޮވިޗް ވާދަކުރަން ހަމަޖެހިފައިވަނީ ޖަރުމަނުގެ އެލެގްޒެންޑާ ޒްވެރޭވް އާ އެވެ.

އެއް އަހަރެއްގެ ތެރޭގައި ގްރޭންޑް ސްލޭމް ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އޮލިމްޕިކް ގޯލްޑެއް ހަމަ އެއ އަހަރުގެ ތެރޭގައި ހޯދުމަކީ އަދި މިވީހާތަނަށް އެއްވެސް ކުޅުންތެރިއަކަށް ކުރެވިފައި އޮތް ކަމެއް ނޫނެވެ. މިއަހަރު ދެން ބާކީ އޮތް ހަމައެކަނި ގްރޭންޑް ސްލޭމް މުބާރާތަކީ ސެޕްޓެމްބަރު މަހު އޮންނަ ޔޫއެސް އޯޕަން އެވެ.

ޓޯކިޔޯ އޮލިމްޕިކްސްގައި ކުރިއަށްދާ ޓެނިހުގެ އަންހެން ސިންގަލްސްގެ އިވެންޓް މިހާރު އޮތީ ފައިނަލާ ހަމައިގަ އެވެ. ހޮނިހިރު ދުވަހު ކުޅެން ހަމަޖެހިފައިވާ މި ފައިނަލް މެޗުގައި ވާދަކުރާނީ ސްވިޒަލޭންޑްގެ ބެލިންޑާ ބެންސިކް އާއި ޖަޕާންގެ ތަރި ނައޯމީ އޮސާލާ މުބާރާތުން ކަޓުވާލި ޗެކް ރިޕަބްލިކްގެ މާކެޓާ ވޮންޑްރޮސޯވާ އެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *