ބާސެލޯނާ މެޗުގެ ކުރިން ޔުވެންޓަސް އައިސޮލޭޝަނަށް
ޔުވެންޓަސް އަށް ކުޅެމުން އަންނަ ޓިއުނީޝިއާގެ މިޑްފީލްޑަރު ހަމްޒާ ރަފިއާ ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އަންނަ މަހުގެ 8 ވަނަ ދުވަހު ބާސެލޯނާ އާ ދެކޮޅަށް ޔުވެންޓަސް ކުޅެން ހަމަޖެހިފައިވާ މެޗަށް ތައްޔާރުވަމުން އަންނަ އެ ޓީމްގެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިން އައިސޮލޭޓްވާން ޖެހިއްޖެ އެވެ.
ކޮވިޑް 19 ފެތުރުން ކޮންޓްރޯލއް ކުރުމުގެ ގޮތުން އިޓަލީޯގައި އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، ސީޒަން ފެށުމުގެ ކުރިން ބާެސލޯެނާއިން އިންތިޒާމްކުރާ ޖޯން ގެމްޕާ ޓްރޮފީ މެޗްގައި ވާދަކުރާ ޔުވެންޓަސް ޓީމުގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކަށް ޓީމްގައި ހިމެނޭ ކުޅުންތެރިން ފިޔަވައި އެހެން އެއްވެސް މީހަކާ ބައްދަލުކުރުން މަނާވާނެ އެވެ. ކަންމިހެން އޮތް ނަމަވެސް ކުޅުންތެރިން އައިސޮލޭޓްވެގެން ތިބީ ފެސިލިޓީގައި ޓީމްގެ ފަރިތަކުރުންތައް ކުރިއަށްގެންދިއުމަކަށް ހުރަހެއް ނެތެވެ.
ކޮވިޑް 19 އަށް ޕޮޒިޓިވްވި އުމުރުން 22 އަހަރުގެ ރަފިއާ 10 ދުވަސްދެން ކަރަންޓީނުގައި ހުންނާނީ ޓީމާ ވަކިންނެވެ. އޭނާއަށް އެނބުރި އައިސް ޓީމުގެ އެހެން ކުޅުންތެރިންނާ ގުޅުމުގެ ފުރުސަތު ލިބޭނީ 10 ދުވަސް ހަމަކުރުމަށްފަހު ނަގާ ސާމްޕަލްގެ ނަތީޖާ ނެގެޓިވްވުމުންނެވެ.
ޔުވެންޓަސްގެ ކުޅުންތެރިން އައިސޮލޭޓްވާން ޖެހުނު ނަމަވެސް އިތުރު ކުޅުންތެރިންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވެ ހާލަތު ގޯސްވެގެން ނުގޮސްފި ނަމަ ރޭވިފައި އޮތް ގޮތަށް ބާސެލޯނާ އާއި ޔުވެންޓަސްގެ މެޗް ކުރިއަށްދާނެ އެވެ.
Advertisement
Leave a Reply